މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވޭސްޓް މެނޭޖްމަންޓް އޮފިސަރަކް ހޯދުން:

ވޭސްޓް މެނޭޖްމަންޓް އޮފިސަރަކު ހޯދުމަށް  މިއިދާރާއިން ކޮށްފައިވާ ނަމްބަރ. (IUL)315-HR/315/2023/130 އިޢުލާނަށްއެދި އެއްވެސް ފަރާތަކުން ހުށައަޅާފައި ނުވާތީ އެފުރުޞަތު އަލުން ހުޅުވާލަމެވެ.

ވަޒީފާގެ ފުރުޞަތު

މަޤާމް

ވޭސްޓް މެނޭޖްމަންޓް އޮފިސަރ

ބޭނުންވާ ޢަދަދު

1 (އެކެއް)

މަޤާމުގެ ގިންތި

ކޮންޓްރެކްޓް

މަޤާމުގެ ރޭންކް

އެސް.އެސް 2

މަޤާމުގެ ކްލެސިފިކޭޝަން

ސަޕޯޓް ސްޓާފް ގްރޭޑް 2

ވަޒީފާ އަދާކުރަންޖެހޭ ތަން

މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫ ކައުންސިލްގެ އިދާރާ

މުސާރަ

-/3470 ރުފިޔާ (މަހަކު)

ސަރވިސް އެލަވަންސް

-/1000 ރުފިޔާ (މަހަކު)

ސަޕޯޓިންގް އެލަވަންސް

-/1200 ރުފިޔާ (މަހަކު)

މިނިމަމްވޭޖް އެލަވަންސް

-/1828 ރުފިޔާ (މަހަކު)

އެހެނިހެން އެލަވަންސް

      ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ

 

ވަޒީފާގެ މުއްދަތު

ވަޒީފާގެ އެއްބަސްވުމުގައި ސޮއިކުރާ ތާރީޚުން ފެށިގެން ޕިކަޕް ޑްރައިވަރެއް ހަމަޖެހެންދެން. (ވަޒީފާގެ އެއްބަސްވުމުގެ މުއްދަތު ހަމަވި ނަމަވެސް، މުވައްޒަފު ގެންގުޅެންޖެހޭ ހާލަތު ދެމިއޮވެ، ބަޖެޓް ހަމަޖެހިފައިވާ ނަމަ، އިތުރު އިޢުލާނެއް ކުރުމަކާ ނުލައި ވަޒީފާގެ އެއްބަސްވުމުގެ ޖުމުލަ މުއްދަތު 2 (ދޭއް) އަހަރުދުވަހަށް ވުރެ އިތުރުނުވާ ގޮތަށް، އެއްބަސްވުމުގެ މުއްދަތު އިތުރުކުރެވޭނެއެވެ.)

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ، އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހައި ކަންތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރުގެ ލަފަޔާ އިރުޝާދުގެ މަތިން ކުރުން.
  2. ކައުންސިލް އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާއިގުޅޭ އެންމެހައި ކަންކަމުގައި ކައުންސިލަށާއި ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  3. އިދާރާއިން އަންގާގޮތުގެ މަތިން ކުނި މެނޭޖްކުރުމުގެ އެންމެހާ މަސައްކަތްކުރުން.
  4. ކައުންސިލް އިދާރާގެ ޕިކަޕްގައި ކަނޑައެޅި ފައިވާ އުޞޫލާ އެއްގޮތަށް ކުރަންޖެހޭ ދަތުރުތައް ކުރާކަން ކަށަވަރުކުރުން.
  5. ޕިކަޕްގައި ކުރާ އެންމެހާ ދަތުރުތަކުގެ ލޮގް ކޮންމެ ދުވަހަކު ބެލެހެއްޓުން.
  6. ދަތުރުތަކުގެ ބިލް ފޮނުވަންޖެހޭ ފަރާތްތަކުގެ މައުލޫމާތު ކޮންމެ ދުވަހަކު ކައުންސިލް އިދާރާއަށް ފޮނުވުން.
  7. ޑްރައިވަރު ނެތް ހާލަތްތަކުގައި ޕިކަޕް ދުއްވުން.
  8. ޕިކަޕް ގަރާޖް އަދި ކުނި މެނޭޖްކުރާ މަރުކަޒު ތަރުތީބުކޮށް ބެލެހެއްޓުން.
  9. ކައުންސިލްގެ އިދާރާގެ ވެހިކަލް ގަވާއިދުން ދޮވެ ސާފުކޮށް ބެލެހެއްޓުން.
  10. ކައުންސިލް އިދާރާގެ ފަރާތުން ގޭގެއިން ނަގަންޖެހޭ ކުނި ނަގައި އެކުނި ވޭސްޓް މެނޭޖްމަންޓް ސެންޓަރަށް ގެންދިއުން.
  11. ކައުންސިލްއިދާރާގެ ބެލުމުގެ ދަށުގައި ހުރި ވޭސްޓް މެނޭޖްމަންޓް  ސެންޓަރުން  އުފުލަންޖެހޭ  ކުނި  އުފުލުމުގައި  ވޭސްޓް މެނޭޖްމަންޓް  ސެންޓަރުގެ މުވައްޒަފުންނަށް  އެހީތެރިވުން.
  12. ކައުންސިލް އިދާރާގެ ބެލުމުގެ ދަށުގައިހުރި ވޭސްޓް މެނޭޖްމަންޓް ސެންޓަރުގައި އިތުރުވާ ކުނިތައް ކައުންސިލުން ކަނޑައަޅާ ގޮތެއްގެ މަތިން، ކަނޑު އުޅަނދު ފަހަރަށް އެރުވުން.
  13. ވެހިކަލް އަޑީތެޔޮ ބަދަލުކުރުމަށް އޮންނަ މުއްދަތުގައި އަޑީތެޔޮ ބަދަލުކުރުމާއި، ވެހިކަލްއަށް ޤަވާއިދުން ޕެޓްރޯލް / ޑީސަލް އެޅުމަށް ސަމާލުކަން ދިނުމާއި އަދި ތެލުގެ ރެކޯޑް ބެލެހެއްޓުން ޕިކަޕް ދަތުރުތަކުގެ ލޮގް ބެލެހެއްޓުން.
  14. ޕިކަޕަށް ބޭނުންވާ ތަކެތި ހޯދުމަށް ސުޕަވައިޒަރަށް ނުވަތަ ކަމާއި ގުޅޭ ސެކްޝަނަށް ހުށަހެޅުން.
  15. ވެހިކަލް ދުއްވޭފަދަ ޙާލަތެއްގައި ބޭއްވުމަށްޓަކައި ވެހިކަލަށް ދޭންޖެހޭ ސާރވިސްތައް ދިނުމާއި ކުދިކުދި މަރާމާތުތައް ކުރުން. އަދި އަމިއްލައަށް ނުކުރެވޭ ވަރުގެ މަރާމާތެއް ކުރަން ވެއްޖެނަމަ ކަމާބެހޭ ސެކްޝަނަށް މައުލޫމާތުދިނުން.
  16. ވަކި މުނާސަބަތަކާއި ގުޅިގެން ކައުންސިލުން ކުރުމަށް އަންގަވާ ދަތުރުތައް ދޭ އިރުޝާދުތަކާ އެއްގޮތަށް ކުރުން.
  17. ކައުންސިލް އިދާރާއަށް ގެންނަ ތަކެތި ކައުންސިލަށް ގެނެސް ގުދަންކުރުން.
  18. ކައުންސިލް އިދާރާގެ ހުރިހާ މުވައްޒަފުން ޝާމިލްވެގެން ކުރަންޖެހޭ ކަންތައްތަކާއި އަދި ދިމާވާ މުހިންމު ކަންކަމާއި ގުޅިގެން ކުރަންޖެހޭ އެހެނިހެން ރަސްމީ މަސައްކަތްތައް ކުރުން.

މަޤާމްގެ ޝަރުޠު

  1. ލިޔަންކިޔަން އެނގުން.
  2. އުމުރުން 18 އަހަރު ފުރި 60 އަހަރު ފުރިފައި ނުވުން.
    1. ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ އަދި ފުރިހަމަ ޞިއްޙަތެއްގައި ހުރި މީހަކަށްވުން.

 

މަޤާމުގެ މަސައްކަތުގެ ދާއިރާތައް

- ކުނި މެނޭޖްކުރުން

- އެޑްމިނިސްޓްރޭޝަން

ހުށަހަޅަންޖެހޭ ލިޔުންތައް

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  http://www.csc.gov.mv/dv/downloads/15151 
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް( ދެ ފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު
  4. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ.
  5. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ލިޔުން.

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް

  1. ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީން. %40
  2. މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ. %40
  3. ޤާބިލުކަން ކަށަވަރުކުރުމަށް އިންޓަރވިއުކޮށްގެން. %20

ނޯޓް: މަޤާމަށް އައްޔަންކުރެވޭނީ، ވަޒީފާއަށް އެދިފައިވާ ފަރާތަށް ކްރައިޓީރިއާގެ ހުރިހާ ބަޔަކުން އެއްކޮށް އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތަކަށެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 11 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން ކެންދޫ ކައުންސިލް އިދާރާގެ ކައުންޓަރަށް ނުވަތަ އީމެއިލް ([email protected]) މެދުވެރިކޮށެވެ. އަދި އިޢުލާންގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ އެކަނޑައަޅާ ދުވަހެއްގެ ޢަދަދަށް ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ބަލައިގަނެވޭނެއެވެ.

އިންޓަވިއު އޮންނާނެ ތަނާއި މުއްދަތު

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 14 ޖަނަވަރީ 2024 އާއި 16 ޖަނަވަރީ 2024 އާއި ދެމެދުގައި ކެންދޫ ކައުންސިލް އިދާރާގައެވެ.

 

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅުއްވާނީ 6600004 ނަންބަރު ފޯނާއެވެ. އީ.މެއިލް ކުރައްވާނީ [email protected] އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާއި ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރިވިސް ކޮމިޝަނުގެ ވެބްސައިޓްގެ ޑައުންލޯޑްސްގެ "އައްޔަނުކުރުމުގެ އުޞޫލާގުޅޭ" (http://www.csc.gov.mv.dv.recruitment-usoolu) އިން ލިބެން ހުންނާނެއެވެ.  

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

04 ޖަނަވަރީ 2024
ހޯދާ