ދިވެހިރާއްޖޭގެ ބާ ކައުންސިލު
ދިވެހިރާއްޖެ
ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަން 2024 ގައި އިލެކްޓްރޯނިކް ނިޒާމް މެދުވެރިކޮށް ވޯޓުލުމަށްޓަކައި ރަޖިސްޓްރީވުމަށް ހުޅުވައިލުން

23  ޖެނުއަރީ 2024 ވާ އަންގާރަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ދިވެހިރާއްޖޭގެ ބާ ކައުންސިލުގެ އެގްޒެކެޓިވް ކޮމިޓީއަށް މެންބަރަކު ހޮވުމަށް ބާއްވާ ބައި-އިލެކްޝަންގައި ވޯޓުލުމަށް ރަޖިސްޓްރީވުމުގެ ފުރުޞަތު 5 ޖެނުއަރީ 2024 ވާ ހުކުރު ދުވަހުން ފެށިގެން 12 ޖެނުއަރީ 2024 ވާ ހުކުރު ދުވަހުގެ ނިޔަލަށް ހުޅުވާލައިފީމެވެ.

އެހެންކަމުން، ވޯޓުލުމުގެ ޙައްޤު ލިބިފައިވާ ޤާނޫނީ ވަކީލުން އިންތިޚާބުގައި ވޯޓުލުމަށް ރަޖިސްޓްރީވުމަށްޓަކައި، ކަނޑައެޅިފައިވާ ފޯމް:https://forms.gle/7hRAsP2GP4EVvR7G8 މެދުވެރިކޮށް، 12 ޖެނުއަރީ 2024 ވާ ހުކުރު ދުވަހުގެ 23:59 ގެ ކުރިން ރަޖިސްޓަރީ ކުރެއްވުން އެދެމެވެ.

05 ޖަނަވަރީ 2024
ހޯދާ