ތިލަދުންމަތީ އުތުރުބުރީ އިހަވަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވިޔަފާރި ކުރުމަށް މިރަށު ކުޑަކުދިންގެ ޕާކުގައި އިމާރާތް ކޮށްފައިވާ ކެފޭ ކުއްޔަށް ދޫކުރުމާއި ގުޅޭ

އިޢުލާން

 

ވިޔަފާރި ކުރުމަށް މިރަށު ކުޑަކުދިންގެ ޕާކުގައި އިމާރާތް ކޮށްފައިވާ ކެފޭ ކުއްޔަށް ދޫކުރުމާއި ގުޅޭ

ވިޔަފާރި ކުރުމުގެ މަސައްކަތްކުރުމަށް މިރަށު ކުޑަކުދިންގެ ޕާކުގައި އިމާރާތް ކޮށްފައިވާ ކެފޭ، 10 އަހަރު ދުވަހަށް ކުއްޔަށް ދިނުމަށްވަނީ ނިންމާފައެވެ.

     ވީމާ، މި އިމާރާތް ކުއްޔަށް ހިފުމަށް ޝައުޤުވެރިވާ ފަރާތްތަކުން 17 ޖަނަވަރީ 2024 ވާ ބުދަ ދުވަހުގެ 13:00 އަށް މިއިދާރާއަށް ދުރުވެ ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ. ޕްރޮޕޯސަލް ހުށައަޅާނީ މިއިޢުލާނާއެކު ދެވިފައިވާ މަޢުލޫމާތާއި އެއްގޮތަށެވެ.

 #

ތަން

ދުވަސް

ތާރީޙް

ގަޑި

ޕްރޮޕޯސަލް ހުށަހެޅުން

އިހަވަންދޫ ކައުންސިލްގެ އިދާރާ

ބުދަ

17 ޖަނަވަރީ   2024

13:00

 

މިކަމަށް އެދި މައުލޫމާތު ސާފުކޮށް ޕްރޮޕޯސަލް ހުށައެޅޭނީ ކުންފުނި، ޕާޓްނަރޝިޕް، ލޯކަލް އިންވެސްޓްމަންޓް، ފަރުދީ ވިޔަފާރި ކުރުމުގެ ހުއްދަ ލިބިފައިވާ ފަރާތްތަކަށެވެ. ޕްރޮޕޯސަލް ހުށަހަޅުއްވަންވާނީ، ސިޓީއުރައަށް ލައި ބަންދުކޮށް "ކުޑަކުދިންގެ ޕާކު ކެފޭ އިމާރާތް ކުއްޔަށް ހިފުން" ޕްރޮޕޯސަލްކަން އެނގޭ ގޮތަށް ސިޓީއުރައިގެ ބޭރުގައި ލިޔުއްވާފައެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާނަމަ މިއިދާރާއަށް ދުރުވެ އަދި މިއިދާރާގެ ނަންބަރު 6500252 ނަންބަރާއި ގުޅުއްވައިގެން ސާފުކުރެއްވުން އެދެމެވެ.

 

 މިހެންވެމިކަން ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

‏                                     22 ޖުމާދަލްއާޚިރާ‏ 1445

04 ޖަނަވަރީ 2024
ހޯދާ