ދިވެހިބަހުގެ އެކެޑަމީ
ދިވެހިރާއްޖެ
ވާހަކަދެއްކުމުގެ 37ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު

އިޢުލާނު

 

             2024ވަނަ އަހަރުގެ އަދަބީ ކަލަންޑަރުގައި މި އެކެޑަމީން ކަނޑައަޅައިފައިވާ އަލްއުސްތާޛު އިބްރާހީމް ޝިހާބުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަދެއްކުމުގެ 37ވަނަ ޤައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވައިލައިފައެވެ.

 

      (ހ) މި މުބާރާތް ބެހިފައިވަނީ ތިރީގައި މި ވާ 2 ބަޔަށެވެ.

 

  1. ވާހަކަދެއްކުމުގެ ބައި

 1.1 އިސްކޫލުތަކުގެ ބައި

   ހ. ދަށު ސާނަވީ ގިންތި     (ކީ ސްޓޭޖް 3)

   ށ. ސާނަވީ ގިންތި        (ކީ ސްޓޭޖް 4)

   ނ. މަތީ ސާނަވީ ގިންތި     (ކީ ސްޓޭޖް 5)

 

1.2 އަމިއްލަ ފަރާތްތަކުގެ ބައި

  ހ. 18 އަހަރުން ދަށުގެ އުމުރުފުރާ

  ށ. 18 އަހަރުން މަތީގެ އުމުރުފުރާ

 

2. ބަހުސްކުރުމުގެ ބައި (16 އަހަރުން މަތި)

 2.1 އޮފީސް/ ކުންފުނި/ ކުލަބު/ ޖަމުޢިއްޔާ/ ޖަމާޢަތްތައް/ ޔުނިވަރސިޓީ/ ކޮލެޖު/ އިންސްޓިޓިއުޓް/ އެކެޑަމީ/ އަމިއްލަ ޓީމުތަކުގެ ބައި

 

(ށ) މި މުބާރާތް ބޭއްވުމަށް ތާވަލުކުރެވިފައިވާ ތާރީޚަކީ 2024 ފެބުރުވަރީ 10އިން ފެށިގެންނެވެ.

(ނ) މުބާރާތުގެ ދާއިރާތަކުން ވާހަކަދައްކާނެ މައުޟޫޢުތައް މުބާރާތް ފެށުމުގެ މަދުވެގެން 7 ދުވަސް ކުރިން އެކެޑަމީގެ ވެބްސައިޓުން ލިބެން ހުންނާނެއެވެ.

(ރ) މި މުބާރާތުގައި ބައިވެރިވާން އެދޭ ފަރާތްތަކުން އެ ކަމަށް އެދި، ތިރީގައިވާ ލިންކުތަކުން ފޯމު ފުރިހަމަކުރުމަށް ފަހު 2024 ފެބުރުވަރީ 1 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ހުށަހަޅަންވާނެއެވެ.

 

މުބާރާތުގެ އެކި އުމުރުފުރާތަކުގެ ބައިވެރިވާން އެދޭ ފޯމުގެ ލިންކުތައް؛

  1. އިސްކޫލުތަކުގެ ބައި:

(ހ) ދަށު ސާނަވީ ގިންތި (ކީ ސްޓޭޖް 3)

https://forms.gle/cZRuSBNdEeDa3YEB7

(ށ) ސާނަވީ ގިންތި (ކީ ސްޓޭޖް 4)

https://forms.gle/etct9LG5FXcmwg8S7

(ނ) މަތީ ސާނަވީ ގިންތި (ކީ ސްޓޭޖް 5)

https://forms.gle/ukZE1RwhfWuvAyRY8 

  1. އަމިއްލަ ފަރާތްތަކުގެ ބައި:

(ހ) 18 އަހަރުން ދަށުގެ އުމުރުފުރާ

https://forms.gle/xNzZomUQhUS6FCA96

(ށ) 18 އަހަރުން މަތީގެ އުމުރުފުރާ

https://forms.gle/HDRknKZZGzoTmVTSA

  1. އޮފީސް/ ކުންފުނި/ ކުލަބު/ ޖަމުޢިއްޔާ/ ޖަމާޢަތްތައް/ޔުނިވަރސިޓީ/ ކޮލެޖު/ އިންސްޓިޓިއުޓް/ އެކެޑަމީ/ އަމިއްލަ ޓީމުތަކުގެ ބައި

https://forms.gle/jcHrCfMyhDVtpstF8

 

(ބ) މުބާރާތާ ގުޅޭ އިތުރު މައުލޫމާތު ހޯއްދެވުމަށް މެއިލްކުރައްވާނީ [email protected] އަށެވެ.

 

(ޅ) މި މުބާރާތުގެ ގަވާއިދާއި މުބާރާތާ ގުޅުން ހުރި އެހެނިހެން ލިޔެކިޔުންތައް، މި އެކެޑަމީންނާއި މި އެކެޑަމީގެ ވެބްސައިޓް www.dhivehiacademy.edu.mv ން ލިބެން ހުންނާނެއެވެ. އަދި އިތުރު މަޢުލޫމާތު މި އެކެޑަމީގެ ނަންބަރު 7986230ން ލިބޭނެއެވެ.

04 ޖަނަވަރީ 2024
ހޯދާ