އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
ނީލަން ކިޔުމާ ގުޅޭ

ނަންބަރު: (IUL)123-A/123/2024/1

            

އިޢުލާނު

ނީލަން ކިޔުމާ ގުޅޭ

                                                ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތިގެން ދައުލަތުގެ މުދާ ނީލަން ކިޔުމާއި ނައްތައިލުމުގައި ޢަމަލު ކުރާނެ ގޮތުގެ އުޞޫލުގެ ދަށުން، މި ކޮމިޝަނުގައި ބޭނުންކުރަމުން އައި ބައެއް ތަކެތި ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. ވީމާ، މި ނީލަމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 14 ޖަނަވަރީ 2024 ވާ އާދިއްތަ ހެނދުނު 11:00ގެ ކުރިން ސިޓީން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.  

            މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު ޝީޓް އަދި ސިޓީން އަގު ހުށަހަޅާ ފޯމް އެއްހީރަސް ކުރެވިފައި ވާނެއެވެ. މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މިކޮމިޝަނުގެ ނަންބަރު 3015223  ފޯނަށް ގުޅުއްވުމަށް ދަންނަވަމެވެ.


22 ޖުމާދުލްއާހިރާ 1445
04 ޖަނަވަރީ  2024

04 ޖަނަވަރީ 2024
ހޯދާ