ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ
ދިވެހިރާއްޖެ
ޓްރެއިނިންގ ޕްރޮގްރާމެއްގެ އިންތިޒާމުތައް ހަމަޖައްސައިދޭނެ ފަރާތެއް ހޯދުމަށް

އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު

އޭޕެކް/އެފްއާރޓީއައި ރެގިއުލޭޝަން އެންޑް ސުޕަރވިޝަން އޮފް އިންވެސްޓްމަންޓް ފަންޑްސް ޕްރޮގްރާމް 2015

ABDގެ APEC ފައިނޭންޝިއަލް ރެގިއުލޭޓަރސް ޓްރެއިނިންގ އިނިޝިއޭޓިވްސްއާއި ސީ.އެމް.ޑީ.އޭ އާ ގުޅިގެން 5 ދުވަހުގެ މުއްދަތަށް “އޭޕްކް/ އެފްއާރޓީއައި ރެގިއުލޭޝަން އެންޑް ސުޕަރވިޝަން އޮފް އިންވެސްޓްމަންޓް ފަންޑްސް ޕްރޮގްރާމް 2015" ގެ ނަމުގައި ޓްރެއިނިންގއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މި ޓްރެއިނިންގ ކުރިއަށްދާނީ އޮގަސްޓު މަހުގެ 10 ން 14 ގެ ނިޔަލަށެވެ. ޖުމުލަ 50 ފަރާތަކުން ބައިވެރިވާގޮތަށް ހަމަޖެހިފައިވާ މިޓްރެއިނިންގ ޕްރޮގްރާމްގައި ރާއްޖޭން ބޭރުގެ 35 ފަރާތެއް ބައިވެރިވާނެއެވެ.

މަތީގައި ދަންނަވާފައިވާ ޓްރެއިނިންގ ޕްރޮގްރާމްގެ އިންތިޒާމުތައް ހަމަޖައްސައިދޭނެ ފަރާތެއް ބޭނުންވެއެވެ. މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 31 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ 11:00އަށް މި އޮތޯރިޓީއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 07 އެޕްރީލް 2015 ވާ އަންގާރަދުވަހުގެ 11:30 އަށް މިއޮތޯރިޓީއަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދޭވޭނީ މަޢުލޫމާތު ސެޝަނަށް ވަޑައިގަންނަވާ ފަރާތްތަކަށެވެ.

04 ޖުމާދަލްއާޚިރާ 1436

24 މާރިޗު 2015
ހޯދާ