ހުވަދުއަތޮޅު އުތުރުބުރީ ނިލަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ނަމާދަށް އަޙުލުވެރިކުރުމުގެ ޕްރޮޤްރާމްއާއި ގުޅޭ

ކައުންސިލުން އިސްނަގައިގެން ކުދިންނަށް އަމާޒުކޮށްގެން ނަމާދަށް އަހުލުވެރުކުރުމުގެ ޕްރޮގްރާމެއް ހިންގުމަށް ވަނީ ނިންމާފައެވެ. މިޕްރޮގްރާމަކީ ނިލަންދޫ ކައުންސިލުން ކޮންމެ ކުއްޖަކީވެސް 5 ނަމާދު ޤާއިމުކުރާ ކުއްޖަކަށް ހެދުމުގެ މަޤްޞަދުގައި ހިންގޭ ޕްރޮގްރާމެކެވެ. އެގޮތުން ކުދިންނަށް މިޕްރޮގްރާމް ނިމޭއިރު، ވުޟޫކުރުމާއި، ނަމާދުގައި ކިޔާތަކެތި ދަސް ކޮށްދިނުމާއި، ޚުތުބާ ކިޔަން ދަސްކޮއްދިނުމާއި، ޤުރުއާނުން ކޮންމެވެސް މިންވަރެއް ހިތުން ދަސްކުރުވުމާއި އަދި ނަމާދުގެ ޙަރަކާތްތައް ދަސްކޮށް ދިނުމަކީ މިޕްރޮގްރާމްގެ ބޭނުމެވެ. މީގެ އިތުރުން މިޕްރޮގްރާމް ނިމޭއިރު މިކުދިންނަކީ 5 ނަމާދު އާދަކޮށް ކުރާ ކުދިންނަށް ވެގެންދިއުމަކީ މިކައުންސިލްގެ އުއްމީދެވެ. މިޕްރޮޤްރާމް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ14  ޖެނުއަރީ 2024 އިން ފެށިގެން 40 ދުވަހުގެ މުއްދަތަށެވެ. މިޕްރޮޤްރާމްގައި ބައިވެރިވެވޭނީ ޢުމުރުން 9 އަހަރާއި 16 އަހަރާ ދެމެދުގެ ފިރިހެން ކުދިންނަށެވެ.

 

          ވީމާ މިޕޮރޮޤްރާމްގައި ބައިވެރިވުމަށް ޝައުޤުވެރިވާ ކުދިން 10 ޖެނުއަރީ 2024 ވާ ބުދަ ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން ފޯމް މިއިދާރާއަށް ހުށަހެޅުއްވުން އެދެމެވެ. މިޕްރޮޤްރާމްގައި ބައިވެރިވުމަށް އެދޭ ފޯމް މިއިދާރާއިން ލިބެން ހުންނާނެ ވާހަކަ ދަންނަވަމެވެ. އަދި މިމުއްދަތުގެ ފަހުން އެއްވެސް ފޯމެއް ބަލައިނުގަނެވޭނެ ވާހަކަވެސް މިފުރުސަތުގައި ފާހަގަކޮއްލަމެވެ. އަދި މިޕްރޮޤްރާމްގެ އުސޫލް އެއްކަރުދާސް ކުރެވިފައިވާނެއެވެ.

 

ނޯޓް: މިޕްރޮޤްރާމް ފުރިހަމަކުރާ ކޮންމެ ކުއްޖަކަށް ބައިސްކަލެއް ހަދިޔާކުރުމަށް ކައުންސިލުން ވަނީ ނިންމާފެއެވެ.

04 ޖަނަވަރީ 2024
ހޯދާ