ހުވަދުއަތޮޅު އުތުރުބުރީ ދާންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޖަމާޢަތްތެރިކަމު ކޯސް

މި ކައުންސިލާއި ޒިކުރާ އިންޓަރނޭޝަނަލް ކޮލެޖާއި ގުޅިގެން، އަންހެން ބޭފުޅުންނާއި ފިރިހެން ބޭފުޅުންނަށް އަމާޒުކޮށްގެން މިރަށުގައި ޖަމާޢަތްތެރިކަމުގެ ކޯހެއް ހިންގުމަށް ވަނީ ހަމަޖެހިފައެވެ. މިކޯހުގެ މުއްދަތަކީ 15 ދުވަހެވެ. މިކޯސް ފުރިހަމަ ކުރައްވާ ފަރާތްތަކަށް ކޯސްފުރިހަމަ ކުރެއްވިކަމުގެ ހަނދާނީ ލިޔުމެއް ދެވޭނެއެވެ. އަދި މީގެ އިތުރުން ކޯހުގެ ބައިވެރިންނަށް ކީރިތި ޤުރްއާނާއި ބެހޭ ޤައުމީ މަރުކަޒުން ކަމާއި ގުޅޭ ހުއްދަ ހޯދައިދެވޭނެއެވެ. މި ކޯހުގެ ކިޔެވުން ފެށޭނީ 06 ފެބުރުއަރީ 2024 އިން ފެށިގެންނެވެ.

ވީމާ، މިކޯހުގައި ބައިވެރިވުމަށް އެދޭ 16 އަހަރުން މަތީގެ ފަރާތްތަކުން 10 ޖެނުއަރީ 2024ވަނަ ދުވަހުގެ 14:00ގެ ކުރިން މިކައުންސިލަށް ފޯމް ހުށަހެޅުއްވުން އެދެމެވެ. ފޯމް ލިބިވަޑަގަންނަވާނީ މިކައުންސިލްގެ އިދާރާއިންނެވެ. ނުވަތަ މި ލިންކުން މި ފޯމް ފުރައިގެންނެވެ. އިތުރުމަޢުލޫމާތު އޮޅުން ފިލުވުމަށް ގުޅުއްވާނީ 7830720 އަށެވެ.

މިހެންވެ މިވާހަކަ ޢާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

03 ޖަނަވަރީ 2024
ހޯދާ