ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ގްރޭޑް 1)

މަޤާމް: އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ގްރޭޑް 1)

ބޭނުންވާ ޢަދަދު: 01 (އެކެއް)

މުސާރަ: -/6,185 ރުފިޔާ

ލިވިންގ އެލަވަންސް: -/3,000 ރުފިޔާ

ރިސްކް އެލަވަންސް: -/1,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން: މާލެ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: 

1- ދައުލަތުގެ މާލިއްޔަތު ގަވާއިދާ އެއްގޮތަށް އޮފީހުގެ ހަރުމުދަލުގެ ރަޖިސްޓަރީ ބެލެހެއްޓުން.

2- އޮފީހުގެ ގޮފިތަކަށް އިދާރީގޮތުން ބޭނުންވާތަކެތި ފޮނުވުން.

3- އޮފީހުގެ ސްޓޮކުން ސެކްޝަންތަކުން އެދޭ ތަކެތި ދޫކުރުމަށްފަހު ސްޓޮކް ލިސްޓް ދުވަހުން ދުވަހަށް އަޕްޑޭޓްކޮށް ބެލެހެއްޓުން އަދި ސްޓޮކުން ތަކެތި މަދުވުމުން ސްޓޮކް ރިކުއެއްސްޓް ޕްރޮކިއޮމަންޓާއި ހަވާލުކުރުން.

4- އެޑްމިނިސްޓްރޭޓިވް ސެކްޝަނުން ލިޔަންޖެހޭ ސިޓީ/ލިޔުންތައް ލިޔެ ރައްދުކުރަންޖެހޭ ފަރާތްތަކަށް ރައްދުކޮށް ފައިލް ކުރަންޖެހޭ ތަކެތި ފައިލްކޮށް ބެލެހެއްޓުން.

5- މުދަލާއި ޚިދުމަތް ހޯދާފައިވާ ތަކެތި ލިބުމުން، ސެޕް ސިސްޓަމް މެދުވެރިކޮށް ގްޑްސް ރިސީވް ކުރުން.

6- އޮފީހުގެ މަރާމާތާއިގުޅޭ އެންމެހާ ކަންކަން ބެލެހެއްޓުން.

7- އޮފީހުން އިދާރީގޮތުން ކުރަންޖެހޭ ދަތުރުތަކުގެ އިންތިޒާމުތައް ހަމަޖެއްސުން.

8- އެޑްމިނިސްޓްރޭޓިވް ސެކްޝަންގެ ސްޓެޓިސްޓިކްސް ލިސްޓު ބެލެހެއްޓުން.

9- މީގެ އިތުރުންވެސް އޮފީހުގެ މަސައްކަތާއި ގުޅިގެން ޙަވާލުކުރާ އެހެނިހެން މަސައްކަތްކުރުން.

ފެންވަރު ނުވަތަ ޝަރުޠު: ޖީ.ސީ.އީ. އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، އެސް.އެސް.ސީ އިމްތިޙާނުން "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

އިތުރު އެލަވަންސް: މި މަޤާމަށް ލީގަލް ސަޕޯޓް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 35 އިންސައްތަ އާއި، ޙާޟިރީ އެލަވަންސްގެ ގޮތުގައި އޮފީހަށް ޙާޟިރުވާ ކޮންމެ ދުވަހަކަށް -/120 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ  ލިބޭނެއެވެ.

ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 15 ޖަނަވަރީ 2024 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.

ލިންކް: https://online.pgo.mv/applications/jobs

ނޯޓް:

1- މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

2- މި މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 16 ޖަނަވަރީ 2024 – 15 ފެބުރުވަރީ 2024 އާ ދެމެދު މާލޭގައެވެ.

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

1- ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުންނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ކޮޕީ) ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

2- މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

3- ވަނަވަރު

4- ދރއ. ކާޑުގެ ކޮޕީ

5- ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން

 

22 ޖުމާދަލްއާޚިރާ 1445

 

 

04 ޖަނަވަރީ 2024
ހޯދާ