ނިލަންދެއަތޮޅު އުތުރުބުރީ ބިލެތްދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތަކެތި ހޯދައި ސަޕްލައިކޮށްދޭނޭ ފަރާތެއް ހޯދަން

 

 

މިއިދާރާއިން ދޭ ސްޕެޝިފިކޭޝަނާ، މައުލޫމާތާއި އެއްގޮތަށް ތިރީގައި މިވާ ތަކެތި ހޯދައި ސަޕްލައިކޮށްދޭނޭ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ.

  • 1- ފިންގަރ ޕްރިންޓް ކެޕްޗަރ ޑިވައިސް،
  • 1- ސިގްނޭޗަރ ޕެޑް
  • 2- ކޮމްޕިއުޓަރ ސިސްޓަމް
  • 1- ސްކޭނަރ
  • 1- ޑިޖިޓަލް ކެމެރާ
  • 1- މޮނިޓަރ
  • 4- ޔޫ.އެސް.ބީ އޮޕްޓިކަލް މައުސް
  • 1- އޭ.ޑީ.އެސް އެލް ރައުޓަރ
  • 2- ޔޫ.ޕީ.އެސް

 

ވީމާ، މި މިތަކެތި އިދާރާއިން ދޭ މަޢުލޫމާތާއި އެއްގޮތަށް ހޯއްދަވައިދިނުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން 5 އޭޕްރީލް 2015ވާ އާދިއްތަ ދުވަހު 11:30ށް މި އިދާރާއަށް ދުރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު 09  އޭޕްރިލް 2015 ވާ ބުރާސްފަތި ދުވަހު 11:30ށް މި އިދާރާއަށް ދުރުވެ އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

 އަންދާސީ ހިސާބު ހުށަހަޅަންވާނީ ސިޓީ އުރައެއްގައި ބަންދުކޮށް ސިޓީއުރައިގެ ބޭރުގައި " ބިލެއްދޫ ކައުންސިލް އިދާރާއަށް ބޭނުންވެގެން ހޯދާ ތަކެތީގެ އަންދާސީ ހިސާބު" މިހެން ލިޔުމަށްފަހުގައެވެ.

 

ތިރީގައިމިވާ ހާލަތްތަކުގައި އަންދާސީ ހިސާބު ބަލައި ނުގަނެވޭނެ ވާހަކަ ދަންނަވަން:

   - މަޢުލޫމާތު ސާފްކުރުމަށް ހާޟިރުނުވާ ބޭފުޅުންގެ އަންދާސީ ހިސާބުތައް

   - ފެކްސް މެދުވެރިކޮށް ހުށަހަޅާ އަންދާސީ ހިސާބުތައް

   - ގަޑިޖެހުމަށްފަހު ގެންނަ އަންދާސީ ހިސާބުތައް

   - މަޢުލޫމާތު ފުރިހަމަނުވާ އަންދާސީ ހިސާބުތައް

   - މަޢުލޫމާތު ފުރިހަމަކޮށް ސޮއިކޮށްފައިނުވާ އަންދާސީ ހިސާބުތައް

   - މިއޮފީހުން އަންދާސީ ހިސާބު ހުށަހެޅުމަށް ދޫކުރާ ފޯމުގައި ނޫންގޮތަކަށް ހުށަހަޅާ އަންދާސީ ހިސާބު

23 މާރިޗު 2015
ހޯދާ