މިނިސްޓްރީ އޮފް ހައުސިންގ، ލޭންޑް އެންޑް އަރބަން ޑިވެލޮޕްމަންޓް
ދިވެހިރާއްޖެ
ބިންވެރިޔާ ސްކީމްގެ ދަށުން ގޯތި ލިބިލައްވާފައިވާ ފަރާތްތަކަށް ގޯތީގެ އެއްބަސްވުމުގައި ސޮއިކުރުމާއި ބިން ޙަވާލުކުރުމާގުޅޭ

           ބިންވެރިޔާ ސްކީމުގެ ދަށުން މާލެ ސަރަހައްދުން ގޯއްޗަށް އެދި ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ގޯތީގެ އެއްބަސްވުމާއި ގޯތީގެ ރަޖިސްޓަރީ ހަވާލުކުރެވިފައި ނުވާ ފަރާތްތަކަށް، ގޯތީގެ އެއްބަސްވުމުގައި ސޮއި ކުރުމާއި ރަޖިސްޓަރީ ޙަވާލުކުރުމުގެ އިތުރުން ބިން ޙަވާލުކުރުން 03 ޖަނަވަރީ 2024 އިން ފެށިގެން މި މިނިސްޓްރީން ކުރިޔަށް ގެންދާނޭ ވަހަކަ ދަންނަވަމެވެ. އަދި އެއްބަސްވުމުގައި ސޮއިކުރުމަށް ހަމަޖެހިފައިވާ ފަރާތްތަކަށް މި މިނިސްޓްރީން ފޯން އަދި އެސް.އެމް.އެސްގެ ޒަރިއްޔާއިން ހާޟިރުވާނެ ތާރީޚާއި ގަޑި އަދި ތަން އަންގާނެ ވާހަކަވެސް ދެންނެވީމެވެ.

           މީގެ އިތުރުން މިހާތަނަށް ޙަވާލުކުރެވިފައިވާ ގޯތީގެ ރަޖިސްޓްރީ ނުވަތަ އެއްބަސްވުމުގައި މައްސަލައެއް ފާހަގަ ކުރެވޭނަމަ މި މިނިސްޓްރީއަށް ހުށަހެޅުމުން އެކަން އިސްލާޙްކުރެވޭނޭ ވާހަކަ ދެންނެވީމެވެ.

           މިހެންވެ، މިކަން އާއްމުކޮށް އަންގާ އިޢުލާނުކުރީމެވެ.

03 ޖަނަވަރީ 2024
ހޯދާ