އަރިއަތޮޅު އުތުރުބުރީ މަތިވެރީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަތިވެރީ ވޭސްޓް މެނޭޖްމަންޓް ސެންޓަރުން ކުނި ނެގުމާއިބެހޭ އާންމު އުސޫލަށް ގެނެވުނު އިސްލާޙަށް ޢަމަލުކުރަން ފެށުން

އިޢުލާން

 

މަތިވެރީ ވޭސްޓް މެނޭޖްމަންޓް ސެންޓަރުން ކުނި ނެގުމާއިބެހޭ އާންމު އުސޫލަށް ގެނެވުނު އިސްލާޙަށް ޢަމަލުކުރަން ފެށުން:

                 މި ކައުންސިލުން ފާސްކޮށްފައިވާ، ކުނި އުކާލުމާއި ކުނި ނައްތާލުމާބެހޭ ގަވާއިދު (ނަންބަރު2013/R- 1235 :) ގެ 13 ވަނަ މާއްދާގެ ދަށުން އެކުލަވާލެވިފައިވާ "މަތިވެރީ ވޭސްޓް މެނޭޖްމަންޓް ސެންޓަރުން ކުނި ނެގުމާއިބެހޭ އާންމު އުސޫލް އަށް ގެނެވުނު 1 ވަނަ އިޞްލާހު ވަނީ މި ކައުންސިލްގެ 4 ވަނަ ދައުރުގެ 150 ވަނަ އާންމު ބައްދަލުވުމުން ފާސްކޮށްފައެވެ. މި ގޮތުން ގެނެވުނު އިޞްލާހަކީ ހަފްތާގެ ހުކުރު ފިޔާވާ ހުރިހާ ދުވަހަކު ފަތްކުނި ނެގުމެވެ. މި އުސޫލަށް އަމަލުކުރަން ފަށާނީ 04 ޖަނަވަރީ 2024 ވަނަ ދުވަހުން ފެށިގެންނެވެ.

              އެހެންކަމުން މި އިޢުލާނާއެކު 04 ޖަނަވަރީ 2024 ވަނަ ދުވަހު އަމަލުކުރުމަށް ފާސްކޮށްފައިވާ "މަތިވެރީ ވޭސްޓް މެނޭޖްމަންޓް ސެންޓަރުން ކުނި ނެގުމާއިބެހޭ އާންމު އުސޫލް" ގެނެވިފައިވާ އިޞްލާހާއި އެކު އާއްމު ކުރެވިފައިވާނެއެވެ.

              މިހެންވެ މިކަން ޢާއްމުކޮށް އެންގުމަށްޓަކައި އިޢުލާނު ކުރީމެވެ.

03 ޖަނަވަރީ 2024
ހޯދާ