މުލަކަތޮޅު މުލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މ.މުލީ ރަސްމީ ފާލަން އަދި މުލީގެ ނަން އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

އިޢުލާން

މ.މުލީ ރަސްމީ ފާލަން އަދި މުލީގެ ނަން އެޅުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

  1. މ.މުލީ ކައުންސިލްގެ އިދާރާއިން މ. މުލީގައި އެޅުމަށް ހަމަޖެހިފައިވާ ރަސްމީ ފާލަން އަދި މުލީގެ ނަން އެޅުމުގެ މަސައްކަތް  ކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެއެވެ. ވީމާ، މިއިދާރާއިން ދޭ ކުރެހުމާއި މަޢުލޫމާތުގެ މައްޗަށް ބިނާކޮށް އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރެއްވުމަށް  ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލަމެވެ.
  2. ބީލަމުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން ރަޖިސްޓްރޭޝަން ފުރިހަމަ ކުރުމަށް  10 ޖެނުއަރީ 2024 ވާ ބުދަ ދުވަހުގެ 13:00 ގެ ކުރިން  މި އިދާރާގެ   ([email protected])އަށް ރިކުއެސްޓްކޮށް، އެފަރާތުގެ ތަފްޞީލާއިއެކު (ކުންފުނީގެ ނަމާއި އެޑްރެސް/ ފޯން ނަންބަރު/ އީމެއިލް އެޑްރެސް) މެއިލް ކުރެއްވުން އެދެމެވެ.
  3. މިކަމާއި ގުޅިގެން މަޢުލޫމާތު ދިނުމަށް ބާއްވާ ބައްދަލުވުން އޮންނާނީ  11 ޖެނުއަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައި މ. މުލީ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ. މައުލޫމާތު ދިނުމުގެ ސެޝަންގައި ބައިވެރިނުވާ ފަރާތްތަކަށް މައުލޫމާތު ޝީޓް މެއިލްކުރެވޭނެއެވެ.
  4. ބީލަމުގައި ރަޖިސްޓްރީ ވެވޭނީ، ކަނޑައެޅިފައިވާ މުއްދަތުގައި އީމެއިލް ފޮނުވާ ފަރާތްތަކަށެވެ. ބީލަމުގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެއެވެ.
  5. ބީލަންތައް ބަލައިގަތުމާއި، އަދި ބީލަން ހުޅުވުން އޮންނާނީ 21 ޖެނުއަރީ 2024 ވާ އާދީއްތަ ދުވަހުގެ ހެނދުނު 11:00 ގައި މ.މުލީ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައެވެ.

  އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

 މ.މުލީ ކައުންސިލްގެ އިދާރާ

 ޑޭޒީމަގު، މ. މުލި، 11050، ދިވެހިރާއްޖެ.

  ފޯން:  6720508

   އީމެއިލް: [email protected]

  ވީމާ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

03 ޖަނަވަރީ 2024
ހޯދާ