މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ
ދިވެހިރާއްޖެ
ވަރކް ޕަރމިޓަށް އެދޭއިރު މެޑިކަލް ހެއްދުމާގުޅޭ

`

 

 

މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ

                  މާލެ، ދިވެހިރާއްޖެ                                                                       

                   

(IUL)10-H/10/2024/01: ނަންބަރު

އިޢުލާން

 

                   ކޮވިޑް-19 ބަލިމަޑުކަމާއި ގުޅިގެން ރާއްޖޭގައި ވަޒީފާއަދާކުރުމަށް ގެނެވޭ ބިދޭސީން، ރާއްޖެ އައުމަށްފަހު ވަރކް ޕަރމިޓް ހެއްދުމަށްޓަކައި ހަދަންޖެހޭ "ވަރކް ޕަރމިޓް މެޑިކަލް" ހެއްދުމުގައި ވަޒީފާ ދޭ ފަރާތްތަކަށް ދިމާވި ދަތިތަކުގެ ސަބަބުން ވަރކް ޕަރމިޓް ހެއްދުމަށް ބޭނުންވާ މެޑިކަލް އާ ނުލައި ވަރކް ޕަރމިޓް ދޫކުރަމުން ގެންގޮސްފައިވެއެވެ. ނަމަވެސް، 2024 ޖަނަވަރީ 04 ވަނަ ދުވަހުން ފެށިގެން ވަރކް ޕަރމިޓް އެންޓްރީ ޕާސްގެ ދަށުން ރާއްޖެ އެތެރެވެފައިވާ ފަރާތްތަކަށް ވަރކް ޕަރމިޓް ދޫކުރެވޭނީ އަދި ވަރކް ޕަރމިޓް ދޫކުރެވިފައިވާ ފަރާތްތަކަށް އެ ޕަރމިޓްގެ މުއްދަތު އިތުރުކުރުމަށް ވަރކް ޕަރމިޓް ފީ ދެއްކޭނީ، މި މިނިސްޓްރީގައި ރަޖިސްޓްރީ ކޮށްފައިވާ ވަރކް ޕަރމިޓް މެޑިކަލް ޚިދުމަތް ފޯރުކޮށްދޭ ފަރާތަކުން ހަދާފައިވާ " ވަރކް ޕަރމިޓް މެޑިކަލް" ރިޕޯޓް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް ހުށަހެޅުމުންކަމުގައި ދެންނެވީމެވެ.

އަދި، ވަރކް ޕަރމިޓް އެންޓްރީ ޕާސްގެ ދަށުން ރާއްޖެ އެތެރެވާ ފަރާތްތަކަށް 15 (ފަނަރަ) ދުވަހުގެ ތެރޭގައި ވަރކް ޕަރމިޓް މެޑިކަލް ރިޕޯޓް ހުށަހަޅަންޖެހޭނެކަމުގައި ދެންނެވީމެވެ.

އަދި، މިވަގުތު ވަރކް ޕަރމިޓް މުއްދަތު ހަމަވެފައިވާ ބިދޭސީއެއް ރާއްޖެއިން ބޭރުގައި ހުރި ނަމަ، އެ ފަރާތަކަށް ވަރކް ޕަރމިޓްގެ މުއްދަތު އިތުރުކޮށް، ރާއްޖެ އެތެރެވެވޭނީ، ރާއްޖެއިން ބޭރުން މެޑިކަލް ރިޕޯޓެއް ހައްދައި، އެކްސްޕެޓް ސިސްޓަމަށް ހުށަހަޅައިގެންނެވެ. މިގޮތަށް ހުށަހަޅާ މެޑިކަލް ރިޕޯޓްތަކުގައި، މިނިސްޓްރީ އޮފް ހެލްތުން ކަނޑައަޅާފައިވާ ހުރިހާ ޓެސްޓުތަކެއް ހިމެނެންޖެހޭނެކަމުގައި ދެންނެވީމެވެ.

އަދި، ވޭތުވެދިޔަ މުއްދަތުގެ ތެރޭގައި ވަރކް ޕަރމިޓަށް ބޭނުންވާ މެޑިކަލް އާ ނުލައި ވަރކް ޕަރމިޓް ދޫކޮށްފައިވާ ފަރާތްތަކުގެ މެޑިކަލް އެކްސްޕެޓް ސިސްޓަމް މެދުވެރިކޮށް 2024 ޖުލައި 04 ގެ ނިޔަލަށް ހުށަހަޅަން ޖެހޭނެކަމުގައި ދެންނެވީމެވެ. އަދި މި މުއްދަތާއި ހަމައަށް ވަރކް ޕަރމިޓް މެޑިކަލް ހުށަހަޅާފައި ނުވާ ފަރާތްތަކަށް، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ޤަވާއިދު (2023/R111) ގެ ދަށުން ފިޔަވަޅު އެޅޭނެކަމުގައިވެސް ދެންނެވީމެވެ.

                   އަދި ދަންނަވަމެވެ. 2024 ފެބްރުއަރީ 04 ވަނަ ދުވަހުގެ ފަހުން ފުރައިގެންދާ ފަރާތްތަކުގެ ވަރކް ޕަރމިޓް ކެންސަލް ކުރެވޭނީ، ވަރކް ޕަރމިޓް މެޑިކަލް ރިޕޯޓަށް އެކްސްޕެޓް ސިސްޓަމްގައި ދެވިފައިވާ މުއްދަތު ހަމަނުވާނަމައެވެ. މިމުއްދަތު ހަމަވެފައިވާނަމަ، ވަރކް ޕަރމިޓް މެޑިކަލްގެ މުއްދަތު ހަމަވެފައިވާ ކޮންމެ އަހަރަކަށް، ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ޤަވާއިދު (2023/R-111) ގެ ދަށުން 2,000/- ރުފިޔާއިން ޖޫރިމަނާ ކުރެވޭނެއެވެ.

ވީމާ، މިކަން އާންމުކޮށް އަންގައި އިއުލާން ކުރަމެވެ.

 

21 ޖުމާދަލްއާޚިރާ 1445 ހ.

03 ޖެނުއަރީ    2024 މ.

 

 

 

 

 

                                                

03 ޖަނަވަރީ 2024
ހޯދާ