މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ބ ގޮއިދޫ މެޖިސްޓްރޭޓް ކޯޓްބިލްޑިންގ ޢިމާރާތްކޮށްދޭނެ ފަރާތެއް ހޯދުން

                    މިކައުންސިލުންދޭކުރެހުމަކާއެއްގޮތަށް މިރަށުގެ މެޖިސްޓްރޭޓް ކޯޓް ބިލްޑިންގ ޢިމާރާތް ކޮށްދޭނެ ފަރާތެއް ހޯދުމަށްކުރި މިކައުންސިލްގެ ނަންބަރ (IUL)325-A/325/2023/42 ( 1އޯގަސްޓް 2023 ) އިޢުލާން ބާތިލުކުރެވިފައިވާތީ އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވެއެވެ.

                    ވީމާ ، ބީލަމުގެ އުޞޫލުން އަމިއްލަ ތަކެތީގައި މިމަސައްކަތް ކުރުމަށް ޝައުޤުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ދަޢުވަތު މާޅޮސްމަޑުލު ދެކުނުބުރީ ގޮއިދޫ ކައުންސިލުން އަރުވަމެވެ.

              މި ބިމުގެ ބީލަންފޮތް 7 ޖަނަވަރީ 2024  ވާ އާދިއްތަ ދުވަހުންފެށިގެން 15 ޖަނަވަރީ 2024 ވާ ހޯމަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދުނޫން ކޮންމެ ދުވަހަކު ހެނދުނު 9.00 ން 12.00 އާދެމެދު މިކައުންސިލްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. ބީލަން ފޮތެއްގެ އަގަކީ 150.00 ( ސަތޭކަ ފަންސާސް ) ރުފިޔާއެވެ. އޮންލައިންކޮށް ބީލަންފޮތް ގަންނަން ބޭނުންވާ ފަރާތްތަކުން https://forms.gle/5QDJmDY9zuCBSWQK9 މިލިންކްގައިވާ ގޫގުލް ފޯރމް ފުރިހަމަ ކުރުމަށްފަހު ސަބްމިޓްކުރުމުން ބީލަންފޮތް ގަނެވޭނެ އިންތިޒާމް ހަމަޖައްސައިދެވޭނެ އެވެ. މިބީލަމުގައި ބައިވެރިވެވޭނީ ، ވިޔަފާރި ރަޖިސްޓްރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރިއެއް ރަޖިސްޓްރީ ކުރެވިފައިވާ ކުންފުނި ، ޕާރޓްނަރޝިޕް، އަދި ކޯޕަރޭޓިވް ސޮސައިޓީތަކަށާއި ، އަމިއްލަ ފަރުދުންގެ ވިޔަފާރިތަކަށެވެ.

               މި ބީލަމާބެހޭ މުޢާމަލާތްތައް  ކުރިޔަށް ގެންދާނޭގޮތް  މިބީލަމުގެ ބީލަންފޮތުގައި ތަފްޞީލްކޮށް ބަޔާންކުރެވިފައިވާނެއެވެ. މިބީލަމުގެ ސުންގަޑި ހަމަވާނީ  31 ޖަނަވަރީ 2024 ވާ ބުދަ  ދުވަހުގެ  10.00 އެވެ.                         

އިތުރު މަޢުލޫމާތު ސާފުކުރުން

އިތުރު މައުލޫމަތެއް ސާފުކުރަން ބޭނުން ފުޅުވާނަމަ ތިރީގައިވާ އީމެއިލްގެ ޒަރީޢާއިން ނުވަތަ ފޯނު ނަމްބަރަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

އީމެއިލް އެޑްރެސް[email protected]

ފޯން : 6600005

03 ޖަނަވަރީ 2024
ހޯދާ