މާލެއަތޮޅު ދިއްފުށީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޙިފުޡްކޮށް ތަރާވީޙް ނަމާދުކޮށްދޭނޭ މީހަކު ހޯދުން

ޙިފުޡްކޮށް ތަރާވީޙް ނަމާދުކޮށްދޭނޭ މީހަކު ހޯދުން

1445 ވަނަ އަހަރުގެ ރަމަޟާންމަހު މަސްޖިދުއްޛިކުރާގައި އިމާމްވެ ޙިފްޡުކޮށް ތަރާވީޙް ނަމާދު ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން، ނުވަތަ ރާއްޖޭން ބޭރުން ޙާފިޡަކު ގެންނަވައިގެން ތަރާވީޙް ނަމާދު އިމާމްވެ ޙިފްޡުކޮށް ކުރުވުމުގެ މަސައްކަތް ކޮށްދެއްވުމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން، 2024 ޖަނަވަރީ 25 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން މިކަން ކޮށްދެވޭނެ އަގަކާއިއެކު ލިޔުމަކުން މިއިދާރާގެ އީމެއިލް [email protected] މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. ޙާފިޡު ގެންނަފަރާތުން ތިރީގައިދަންނަވާފައިވާ ކަންތައްތައް ހަމަޖައްސަންވާނެއެވެ.

  • ޙާފިޡު ގެނައުމަށް ބޭނުންވާ އެންމެހައި ހުއްދަ ހޯދުން.
  • ޙާފިޡު ރާއްޖެ ގެނައުމަށް ބޭނުންވާ ވިސާ ހަމަޖެއްސުން.
  • ޙާފިޡު ރާއްޖެ ގެނައުމާއި ރަށާއިހަމައަށް ގެންގޮސްދިނުން.
  • ރަމަޟާން މަސް ނިމުމުން،ޙާފިޡު އަނބުރައި އޭނައިގެ ޤައުމަށް ފޮނުވާލުން.
  • ޙާފިޡަށް ދޭންޖެހޭ އެލަވަންސް އެފަރާތަށް ދިނުން.
  • ޙާފިޡު އިންޝުއަރެންސް ކުރަންޖެހޭނަމަ އިންޝުއަރކުރުން.

މިކަމުގައި ޢަމަލުކުރާނީ މިނިސްޓްރީ އޮފް އިސްލާމިކް އެފެއަރޒުން ޢާއްމުކުރައްވާފައިވާ ތިރީގައިވާ އިޢުލާނާއި އެއްގޮތްވާ ގޮތުގެ މަތިންނެވެ.

* ބިދޭސީ ޙާފިޘުންނަމަ، ނަންބަރު: (IUL)142-B1/142/2023/219 (03 ޑިސެންބަރު 2023) އިޢުލާން

* ދިވެހި ޙާފިޘުންނަމަ، ނަންބަރު: (IUL)142-B1/142/2023/218 (03 ޑިސެންބަރު 2023) އިޢުލާން

މިކަމާއިގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންވެލައްވާނަމަ މިއިދާރާގެ ނަންބަރު: 6640071 ނުވަތަ 7730071 ފޯނާ ގުޅުއްވުން އެދެމެވެ. މިހެންވެ މިކަން ޢާންމުކޮށް އަންގާ އިޢުލާން ކުރީމެވެ.

03 ޖަނަވަރީ 2024
ހޯދާ