ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އިމާމުވެ ޙިފްޡުކޮށް ތަރާވީޙު ނަމާދު ކުރާނެ ޙާފިޡުން ހޯދުމާއި ބެހޭ

1445 ވަނަ އަހަރު ރަމަޟާން މަހު ފަރެސްމާތޮޑާގައި ޙިފްޡުކޮށް ތަރާވީސް ނަމާދުކުރާނެ 02 ޙާފިޡުން ރާއްޖެއިން ބޭރުން ގެންނަން ބޭނުންވެއްޖެއެވެ.

މި މަސައްކަތަށް ޝަޢުޤުވެރިވާ ފަރާތްތަކުން 11 ޖަނަވަރީ 2024މ ބުރާސްފަތި ދުވަހުގެ 13:00 އަށް ފަރެސްމާތޮޑާ ކައުންސިލް އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، 17 ޖަނަވަރީ 2024މ ބުދަ ދުވަހުގެ 13:00އަށް މިއިދާރާއަށް ވަޑައިގެން އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް ބައިވެރިނުވާ ފަރާތްތަކާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލެޕްމަންޓް ގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކުން ހުށަހަޅާ އަންދާސީހިސާބާއި، ގަޑި ޖެހުމަށްފަހު ހުށަހަޅާ އަންދާސީހިސާބު ބަލައިނުގަނެވޭނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމައްޓަކައި އިޢުލާން ކުރީމެވެ.

21 ޖުމާދުލްއާޚިރު 1445

03 ޖަނަވަރީ    2024

03 ޖަނަވަރީ 2024
ހޯދާ