ހުވަދުއަތޮޅު ދެކުނުބުރީ ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ތެލުގެ ވިޔަފަރިކުރުމަށް ބިން ކުއްޔަށް ދިނުމާއި ގުޅޭ

ފަރެސްމާތޮޑާ ބަނދަރު ސަރަހައްދުއްން ވައިކިންގ ފިހާރައިގެ އުތުރު ފަރާތުގައި އޮތް 50x50 ފޫޓްގެ ހުސްބިން ތެލުގެ ވިޔަފާރިކުރުމަށް ކުއްޔަށް ދޫކުރުމަށް ބޭނުންވެއެވެ.

ވީމާ މި ބިން ކުއްޔަށް ހިފުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 10 ޖަނަވަރީ 2024މ ދުވަހުގެ 13:00އަށް ފަރެސްމާތޮޑާ ކައުންސިލްގެ އިދާރާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 16 ޖަނަވަރީ 2024 ވާ އަންގާރަ ދުވަހުގެ 13:00 ޕްރޮޕޯސަލް ހުށަހެޅުއްވުން އެދެމެވެ.

ޕްރޮޕޯސަލް ހުށަހަޅަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ހުށަހަޅާފަރާތުގެ ނަމާއި، " ވައިކިންގ ފިހާރައިގެ އުތުރު ފަރާތުއޮތް ހުސްބިން ކުއްޔަށް ހިފުން" މިހެން ލިޔެފައި އޮންނަންވާނެއެވެ.

މަޢުލޫމާތު ސާފުކުރުމަށް ބައިވެރިނުވާ ފަރާތްތަކާއި، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލެޕްމަންޓް ގައި ވިޔަފާރި ރަޖިސްޓްރީ ކޮށްފައިނުވާ ފަރާތްތަކުން ހުށަހަޅާ ޕްރޮޕޯސަލް އާއި، ގަޑި ޖެހުމަށްފަހު ހުށަހަޅާ ޕްރޮޕޯސަލް  ބަލައިނުގަނެވޭނެއެވެ.

މިހެންވެ މިކަން ޢާންމުކޮށް އެންގުމައްޓަކައި އިޢުލާން ކުރީމެވެ.

21 ޖުމާދުލްއާޚިރު 1445

03 ޖަނަވަރީ    2024

03 ޖަނަވަރީ 2024
ހޯދާ