ށ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ށ. އަތޮޅު ހޮސްޕިޓަލާއި، ޞިއްޙީމަރުކަޒުތަކަށް ރެޖިސްޓަރޑް ނާރސް ގެ މަގާމަށް ދިވެހިން ހޯދުމާގުޅޭ

ށ. އަތޮޅު ހޮސްޕިޓަލާއި ށ. އަތޮޅުގެ ޞިއްޙީމަރުކަޒުތަކުގައި މަސައްކަތް ކުރުމަށް ބޭނުންވާ ފަރާތްތަކަށް މަރުޙަބާ ދަންނަވަމެވެ. މިވަޒީފާއަށް ބޭނުންވަނީ މަސައްކަތައް ޝައުޤުވެރިކަން ހުރި މަސައްކަތައް ޤާބިލު މުވައްޒަފުންނެވެ.

މަޤާމު

ރެޖިސްޓަރޑް ނާރސް

މަޤާމުގެ ނަމްބަރު:

-

ބޭނުންވާ އަދަދު:

17 ( ސަތާރަ ) – ށ. އަތޮޅު ހޮސްޕިޓަލް

02 ( ދޭއް ) – ށ. ނޫމަރާ ޞިއްޙީމަރުކަޒު

01 ( އެކެއް ) – ށ. ގޮއިދޫ ޞިއްޙީމަރުކަޒު

01 ( އެކެއް ) – ށ. ފޭދޫ ޞިއްޙީމަރުކަޒު

02 ( ދޭއް ) – ށ. ފީވައް ޞިއްޙީމަރުކަޒު

01 ( އެކެއް ) – ށ. ނަރުދޫ ޞިއްޙީމަރުކަޒު

02 ( ދޭއް ) – ށ. މަރޮށީ ޞިއްޙީމަރުކަޒު

03 ( ތިނެއް ) – ށ. ޅައިމަގު ޞިއްޙީމަރުކަޒު

02 ( ދޭއް ) – ށ. ކޮމަންޑޫ ޞިއްޙީމަރުކަޒު

01 ( އެކެއް ) – ށ. މާއުނގޫދޫ ޞިއްޙީމަރުކަޒު

މަޤާމުގެ ގިންތި:

ދާއިމީ

ވަޒީފާ އަދާކުރަންޖެހޭ ތަން:

ށ. އަތޮޅު ހޮސްޕިޓަލް ، ށ. ނޫމަރާ ޞިއްޙީމަރުކަޒު، ށ. ގޮއިދޫ ޞިއްޙީމަރުކަޒު، ށ. ފޭދޫ ޞިއްޙީމަރުކަޒު، ށ. ފީވައް ޞިއްޙީމަރުކަޒު، ށ. ނަރުދޫ ޞިއްޙީމަރުކަޒު، ށ. މަރޮށީ ޞިއްޙީމަރުކަޒު، ށ. ޅައިމަގު ޞިއްޙީމަރުކަޒު، ށ. ކޮމަންޑޫ ޞިއްޙީމަރުކަޒު، ށ. މާއުނގޫދޫ ޞިއްޙީމަރުކަޒު

އެހެނިހެން އެލަވަންސް:

1. ދިވެހިރާއްޖޭގެ ޕެންޝަނާއިބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

2. ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން އިނާޔާތްތައް.

3. މީގެ އިތުރުން މަޤާމަށް ކަނޑައެޅިފައިވާ އިނާޔަތްތައް.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

1. ބަލިމީހުންނަށް ބޭނުންވާ ޖިސްމާނީ، އިޖްތިމާއީ އަދި ނަފްސާނީ ފަރުވާ ދިނުމުގައި ނަރސިންގ ކެއަރގެ ޕްލޭން އެހެން ޞިއްޙީ ޕްރޮފެޝަނަލުންނާއެކު ވިލަރެސްކޮށްގެން ރާވައި އެ ޕްލޭނާ އެއްގޮތަށް ފަރުވާ ދިނުން.

2. ބަލިމީހުންނަށް ބޭނުންވާ ހޯލިސްޓިކް ނަރސިންގ ކެއަރ ޑޮކްޓަރުންގެ އިރުޝާދާ އެއްގޮތަށް ދެވޭނެގޮތް އިންތިޒާމްކޮށް، ރައްކާތެރިކަމާއެކު ޚިދުމަތްދީ، ދެވޭ ޚިދުމަތްތައް މޮނިޓަރކުރުމާއި އިވެލުއޭޓް ކުރުން.

3. ފަރުވާދޭ މާހައުލުގައާއި މުޖުތަމަޢުގައި ހިންގާ ނަރުހުންނަށް އުނގަންނައިދިނުމުގެ ހަރަކާތްތަކާއި ޞިއްޙީ ހޭލުންތެރިކަމާއި ޞިއްޙަތު ކުރިއެރުވުމަށް ހިންގާ ޕްރޮގްރާމްތައް ރޭވުމުގައާއި ހިންގުމުގައި ބައިވެރިވުން.

4. ބަލިމީހާއާއި ބަލިމީހާގެ ޢާއިލާތަކުން ބަލިން ރައްކާތެރިވުމާއި ފަރުވާކުރުމާއި ކެއަރއާ ބެހޭގޮތުން ކުރާ ސުވާލުތަކަށް ޖަވާބުދީ އޮޅުންފިލުވައި ދިނުން.

5. އެހެން ނަރުހުންނާއި ބަލި މީހުންނަށް ޕަރސަނަލް ކެއަރދޭ އެހެން ޞިއްޙީ ޚިދުމަތްތެރިން ސުޕަވައިޒްކޮށް އެފަރާތްތަކުގެ މަސައްކަތްތައް ވިލަރެސް ކުރުން.

6. ބަލިމީހުންނަށް ލިޔެދީފައި ހުންނަ ޑޮކްޓަރީ ބޭހާ އެއްގޮތަށް ފަރުވާދީ، އެ ފަރުވާއަށް ބަލިމީހާގެ ހާލަތު ބަދަލުވަމުން އަންނަ ގޮތް ބަލަމުން ގެންދިއުމާއި ބަލިމީހާއަށް ޚާއްޞަ ޞިއްޙީ ޕްރޮފެޝަނަލުންގެ ޚިދުމަތް ބޭނުންވާ ހާލަތްތަކުގައި އެކަންތައްތައް ފެސިލިޓޭޓް ކޮށްދިނުން.

7. ބަލިމީހާގެ ޞިއްޙީ މައުލޫމާތާއި ދެވުނު ބޭސްފަރުވާގެ މައުލޫމާތު ރެކޯޑްކުރާ ނިޒާމުގައި ލިޔެ އަދާހަމަ ކުރުން

8. ޞިއްހީ އެމަރޖެންސީތަކާ، ޕެންޑަމިކް އަދި ކާރިސާތަކުގައި ކުރަންޖެހޭ މަސައްކަތުގައި އަމަލީގޮތުން ބައިވެރިވުން

13. އޮފީހުގެ ރަސްމީ މަސައްކަތްތަކާ ގުޅޭގޮތުން ހަވާލުކުރެވޭ އެންމެހައިކަންތައްތައް ކުރުން.

މަޤާމުގެ ނަން:

 

ޕަބްލިކް ސަރވިސް ރޭންކް

އަސާސީ ޝަރުތު

މަޤާމުގެ އަސާސީ މުސާރަ، މަހަކު (ރުފިޔާ)

މަޤާމުގެ އެލަވަންސް މަހަކު (ރުފިޔާ)

ހާޒިރީ އިނާޔަތް ،މަސައްކަތަށް ހާޟިރުވާ ދުވަހަކަށް (ރުފިޔާ)

ރެޖިސްޓަރޑް ނާރސް

7

މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ، ނަރސިންގ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަ ނޑުގެ ލެވެލް 7 ނުވަތަ 8 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

-/13057ރ

-/6094ރ

-/165ރ

މަޤާމުގެ ނަން:

 

ޕަބްލިކް ސަރވިސް ރޭންކް

އަސާސީ ޝަރުތު

މަޤާމުގެ އަސާސީ މުސާރަ، މަހަކު (ރުފިޔާ)

މަޤާމުގެ އެލަވަންސް މަހަކު (ރުފިޔާ)

ހާޒިރީ އިނާޔަތް ،މަސައްކަތަށް ހާޟިރުވާ ދުވަހަކަށް (ރުފިޔާ)

ރެޖިސްޓަރޑް ނަރސް

5

މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލް ގަބޫލުކުރާ، ނަރސިންގ ދާއިރާއަކުން ޤައުމީ ސަނަދުތަކުގެ އޮނިގަ ނޑުގެ ލެވެލް 5 ނުވަތަ 6 ގެ ސަނަދެއް ހާސިލްކޮށްފައިވުން.

-/11428ރ

-/5333ރ

-/144ރ

މަޤާމަށް އައްޔަންކުރާއިރު ބޭނުންވާ ލައިސަންސްތަކާއި ފުރިހަމަކުރުން ލާޒިމު ތަމްރީނުތައް:

މޯލްޑިވްސް ނަރސިންގ އެންޑް މިޑްވައިފަރީ ކައުންސިލްގައި ރަޖިސްޓްރީކޮށް، އަދާހަމަ ޕްރެކްޓިސިންގ ލައިސަންސް ލިބިފައިވުން.

 

މަޤާމުގެ ތަޢުލީމީ ރޮނގުތައް:

ނާރސިންގ، ނަރސިންގ އެންޑް މިޑްވައިފްރީ، ނަރސިންގެ ޚާއްސަ (ސްޕެޝަލިސްޓް) ދާއިރާތައް.

 

ގުޅޭ ވަޒީފާގެ ދާއިރާތައް:

ނާރސިންގ

ހުށައަޅަންޖެހޭ ލިޔުންތައް

 

 

1. ފުރިހަމަކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓުން އަދި ހޮސްޕިޓަލްގެ އޮފީހުންނާއި ތިރީގައިވާ ލިންކުން ލިބެން ހުންނާނެއެވެ. )

https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx

2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެސް ހިމެނޭގޮތަށް)

3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ( މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، އަދި ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ ކާޑު ގެއްލިފައިވާނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓް، ޕާސްޕޯޓު ނުވަތަ ޑްރައިވިންގ ލައިސަންސް.

4.  ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއް ނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން

5. ލިބިފައިވާ ހުރިހާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ.

(ހ) މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ލެވެލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން  ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓްތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓް ކޮޕީ؛ ނުވަތަ: ސެޓްފިކެޓް ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓް ކޮޕީ.

 

 (ށ) ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަ ކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންކްރިޕްޓްގެ ކޮޕީ. ( މޯލްޑިވްސް ނެޝަނަލް ޔުނިވަރސިޓީ އަދި އިސްލާމިކް ޔުނިވަރސިޓީ އޮފް  މޯލްޑިވްސް ފިޔަވައި، ދިވެހިރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒުތަކުން ދޫކުރާ ކޯސް ފުރިހަމަކުރިކަމުގެ ލިޔުން (ކޯސް ކޮމްޕްލީޝަން ލެޓަރ) ބަލައިގަނެވޭނީ، ލިޔުމުގައި މޯލްޑިވްސް ކޮލިފިކޭޝަން  އޮތޯރިޓީން "ބެޗް ވެލިޑޭޓް" ކޮށް  ދަރިވަރުންނަށް ސަނަދު ދިނުމުގެ ހުއްދަ އެމަރުކަޒަށް ދީފައިވާ ހުއްދަ ނަމްބަރު ހިމަނާފައިވާ ނަމައެވެ).

 

6.  މަސައްކަތު ތަޖުރިބާ އަންގައިދޭ ތިރީގައިވާ  މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ) ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި( އަހަރާއި  މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް)ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ) ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން http://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިނުމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި ( އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއްއިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ) އަމިއްލަ ކުންފުންޏެއްގެ ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

 

(ރ) ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން ( މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށައަޅަން ވާނެއެވެ).

 

(ބ) ދަޢުލަތުގެ އުވާލާފައިވާ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ އަމިއްލަ ކުންފުންޏެއް  ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވާލާފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާނަމަ،  އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެން ނެތްނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ " ވަޒީފާއަށް އެދޭފަރާތުގެ ރެފަރެންސް ޗެކް ފޯމު".

7. މުއްދަތު ހަމަނުވާ ރެޖިސްޓްރޭޝަން އަދި ލައިސަންސްގެ ކޮޕީ

 

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

1.ހާސިލްކޮށްފައިވާ ތަޢުލީމާއި، ތަމްރީނަށް ބަލައިގެން.

 

2.މަސައްކަތުގެ ދާއިރާއިން ލިބިފައިވާ ތަޖުރިބާ ބަލައިގެން.

 

3.ޤާބިލްކަން ކަށަވަރުކުރުމަށް އިންޓަރވިއު ކޮށްގެން

 

 

މަޤާމު

ރޭންކް

މާކްސް

މިނިމަމް ކްރައިޓީރިއަރ

އަސާސީ ޝަރުތު ހަމަވުން

ރެޖިސްޓަރޑް ނާރސް

ޕަބްލިކް ސަރވިސް ރޭންކް 5

30

55

ރެޖިސްޓަރޑް ނާރސް

ޕަބްލިކް ސަރވިސް ރޭންކް 7

35

55

ތަޖުރިބާ

 

15

 

އިންޓަރވިއު އަދި ޕްރެޒެންޓޭޝަން

 

50

 

މަޤާމަށް އައްޔަންކުރެވޭނީ އަންނަނިވި 2 މިންގަނޑު ފުރިހަމަވާ ފަރާތެކެވެ.

1. އިންޓަރވިއު އާއި ޕްރެޒެންޓޭޝަނަށް ކަނޑައަޅާފައިވާ ޖުމުލަ ޕޮއިންޓްގެ ތެރެއިން މަދުވެގެން 25 )ފަންސަވީސް) ޕޮއިންޓް ލިބުން،  އަދި  

2. މަޤާމަށް ކަނޑައަޅާފައިވާ ކްރައިޓީރިއަރގެ ހުރިހައި ބަޔަކުން ލިބެންޖެހޭނެކަމަށް ބަޔާންކޮށްފައިވާ މިނިމަމް ކްރައިޓީރިއާއަށް ކަނޑައަޅާފައިވާ ޖުމުލަ ޕޮއިންޓް ލިބުން.

 

 

މަޤާމަށް އެދެންވީގޮތާއި ސުންގަނޑި:

މަޤާމަށް އެދި ހުށައަޅަންޖެހޭ ތަކެތި ހުށައަޅާނީ 09 ޖެނުއަރީ 2024 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން ށ. އަތޮޅު ހޮސްޕިޓަލްގެ އޮފީހަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް ([email protected]) މެދުވެރިކޮށްވެސް ބަލައި ގަނެވޭނެއެވެ. އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފިނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.   

ނޯޓް: އެޕްލިކޭޝަން ފޯމާއެކު ހުރިހާ ޑޮކިއުމަންޓެއް އެއް ފައިލްއަކަށް ޕީ.ޑީ.އެފް ކުރުމަށްފަހު، ފައިލުގައި އެޕްލިކޭޝަން ހުށަހަޅާ ފަރާތުގެ ނަމާއި މަޤާމުގެ ނަން ޖެހުމަށް ދަންނަވަމެވެ.

 

ޝޯޓް ލިސްޓްކުރުން:

މިވަޒީފާއަށް އެދި ހުށައަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން މާކްސް ލިބޭ  ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނެއެވެ.

 

އިންޓަރވިއު އޮންނާނެ ތަނާއި، މުއްދަތު:

މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަރވިއު، އެސެސްމަންޓް ( އިމްތިހާނު ނުވަތަ ޕްރެކްޓިކަލްސް( އޮންނާނީ،  2024 ޖެނުއަރީ އާއި 2024 ފެބުރުއަރީ އާ ދެމެދު ށ. އަތޮޅު ހޮސްޕިޓަލްގަ އެވެ. ވުމާއެކު މިވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، މި މުއްދަތުގައި އިންޓަވިއު، އެސެސްމަންޓަށް ހާޒިރުވުމަށް ތައްޔާރުވެގެން ތިބުން އެދެމެވެ.

 

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ފޯމު)" އާއްމުކުރުން

އިންޓަރވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން ގެޒެޓްގައި އާންމު ކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓް ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދުނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށައަޅަންވާނެއެވެ.

 

އިތުރު މަޢުލޫމާތު

މި އިޢުލާނާއި ގުޅިގެން މަޢުލޫމާތު ސާފުކުރައްވަން ގުޅުއްވާނެ ނަމްބަރަކީ 6540205 އެވެ. އީ-މެއިލް ކުރާނީ [email protected])) އަށެވެ. ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި ޢައްޔަނުކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހާ ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަންގެ ވެބްސައިޓްގެ އުސޫލުތައް > "ރެކްރޫޓްމަންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

 

03 ޖަނަވަރީ 2024
ހޯދާ