އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
މާލެ ސިޓީ ކައުންސިލްގެ މޭޔަރު، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މެދުހެންވޭރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާނެ އޮފިޝަލުން ހޯދުން

 (IUL)38-BB/38/2024/1:ނަންބަރު

 

އިޢުލާން

މާލެ ސިޓީ ކައުންސިލްގެ މޭޔަރު، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މެދުހެންވޭރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާގެމެންބަރު އިންތިޚާބުކުރުމަށް ބާއްވާ ބައި-އިލެކްޝަންގައި ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާނެ އޮފިޝަލުން ހޯދުން

އޮފިޝަލުން ހޯދުމަށް ކޮށްފައިވާ ނަންބަރު: IUL)38-BB/38/2023/527) (20 ޑިސެންބަރު 2023) އިޢުލާނަށް އެކަށީގެ ންވާވަރަށް މީހުން ކުރިމަތިލާފައިނުވާތީ، މިމަޤާމަށް މީހުން ހޯދުމަށް އަލުން އިޢުލާނު ކުރީމެވެ.

 2024 ޖަނަވަރީ 13 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މާލެ ސިޓީ ކައުންސިލްގެ މޭޔަރު، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުނު ދާއިރާ، މެދުހެންވޭރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު  އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަންގެ ވޯޓުލާ މަރުކަޒުތަކުގައި ޙަރަކާތްތެރިވާނެ އޮފިޝަލުން ހޯދުމަށް ކޮށްފައިވާ ނަންބަރު: IUL)38-BB/38/2023/527) (20 ޑިސެންބަރު 2023) އިޢުލާނުގެ މުއްދަތު އިތުރުކުރީމެވެ. އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވުމަށް ޝައުޤުވެރިވާ ފަރާތްތަކުން ތިރީގައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ.

 https://my.elections.gov.mv

 ޝަރުތު:

  •  ޢުމުރުން 18 އަހަރު ފުރިފައިވާ މީހެއްކަމުގައިވުން.
  • އެއްވެސް ސިޔާސީ ޕާޓީއެއްގެ އިސް މަޤާމެއް އަދާކުރަމުންދާ ފަރާތެއް ކަމުގައި ނުވުން.
  • އެއްވެސް ކެންޑިޑޭޓެއްގެ ކެމްޕޭން ޙަރަކާތްތަކުގައި ޢަމަލީ ގޮތުން ބައިވެރިވާ މީހަކު ކަމުގައި ނުވުން.
  • އޮފިޝަލަކަށްވުމަށް އެދި ފޯމު ހުށަހެޅި ދާއިރާ / ރަށަށް ކުރިމަތިލާ ކެންޑިޑޭޓެއްގެ މަންމައެއް، ބައްޕައެއް، ދަރިއެއް، އަންބެއް، ފިރިއެއް، އެއްބަނޑުއެއްބަފާ، އެއްބަނޑު ނުވަތަ އެއްބަފާ މީހަކަށް ނުވުން.
  • އޮފިޝަލެއްގެ މަސައްކަތް ކުރެވޭނެ ތަޢުލީމާއި ތަޖުރިބާ ހުރުން.
  • މިފަދަ މަސައްކަތަކަށް ޞިއްޙީ ގޮތުން ޤާބިލު މީހަކު ކަމުގައިވުން.
  • ޖިނާއީ ކުށެއްގެ ޙުކުމް ތަންފީޒުކުރަމުންދާ މީހަކު ކަމުގައި ނުވުން.

އުޖޫރަ:

މަޤާމު

ދެވޭ އުޖޫރަ

 ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފިނަމަ

-/1800ރ (އަށާރަސަތޭކަ ރުފިޔާ) ހަމައެކަނި ވޯޓުލާދުވަހު.

 ވޯޓުލާ މަރުކަޒުގެ ވެރިޔާގެ އެހީތެރިޔަކަށް ހަމަޖައްސައިފިނަމަ

-/1600ރ (ސޯޅަސަތޭކަ ރުފިޔާ) ހަމައެކަނި ވޯޓުލާދުވަހު.

ވޯޓުލާ މަރުކަޒެއްގެ އޮފިޝަލެއްގެ ގޮތުގައި ހަމަޖައްސައިފިނަމަ

-/1500ރ (ފަނަރަސަތޭކަ ރުފިޔާ) ހަމައެކަނި ވޯޓުލާދުވަހު.

ރިޒާވް އޮފިޝަލަކަށް ހަމަޖައްސައިފިނަމަ

-/500ރ  (ފަސް ސަތޭކަ ރުފިޔާ) ހަމައެކަނި ވޯޓުލާދުވަހު.

  •  އުޖޫރައިގެ އިތުރުން ވޯޓުލާދުވަހުގެ ހެނދުނު ސައި ކޮމިޝަނުން ހަމަޖައްސައިދޭނެއެވެ. އަދި މަސައްކަތްކުރާ ވަގުތަށް ބަލައި އެހެން ގަޑިތަކުގެ ކެއުމާއި ސަޔަށްވާ ފައިސާ މާލިއްޔަތު ޤަވާޢިދުގައިވާ ރޭޓުން އޮފިޝަލް އެލަވަންސްއާއެކު ޖަމާކުރެވޭނެއެވެ.
  • ވޯޓުލާ މަރުކަޒުގެ ވެރިޔަކަށް ހަމަޖައްސައިފިނަމަ ފޯނު އެލަވަންސްގެ ގޮތުގައި -/100ރ (ސަތޭކަ ރުފިޔާ) ލިބޭނެއެވެ.
  • މި މަސައްކަތަށް ކުރިމަތިލާ ފަރާތްތަކުން މިމަސައްކަތަށް ޚާއްސަކޮށްގެން ހިންގޭ ތަމްރީނު ޕްރޮގްރާމެއް ފުރިހަމަކުރަން ޖެހޭނެއެވެ. ތަމްރީން ޕްރޮގްރާމް ފުރިހަމަކޮށް އޮފިޝަލެއްގެ ގޮތުގައި މަސައްކަތް ފުރިހަމަ ކުރުމުން ޓްރޭނިންގ އެލަވަންސްގެ ގޮތުގައި -/300ރ (ތިންސަތޭކަ ރުފިޔާ) ލިބޭނެއެވެ.
  • މި ތަމްރީނު ފުރިހަމަނުކުރާ ފަރާތްތަކުން އޮފިޝަލަކަށް ވުމަށް އެދި ފޯމު ހުށަހެޅި ނަމަވެސް ފުރުޞަތު ނުދެވޭނެއެވެ.
  • މި ތަމްރީނު ޕްރޮގްރާމް ކުރިއަށް ގެންދެވޭނީ 2024 ޖަނަވަރީ 07 އާއި 11 އާ ދެމެދުގައެވެ.
  • އޮފިޝަލަކަށް ވުމަށް އެދި ފޯމު ހުށަހަޅާ ފަރާތަކީ 2024 ޖަނަވަރީ 07 އިން 13 އަށް މާލޭގައި ހުންނަ ފަރާތަކަށް ވާންވާނެއެވެ.

 ނޯޓް:

  1. ވޯޓުލާ މަރުކަޒުގެ އޮފިޝަލަކަށް ވުމަށް އެދި އެޕްލިކޭޝަން ހުށަހަޅާފައިވާ ފަރާތަކުން ، އޮބްޒާވަރ، މޮނިޓަރ، އަދި ކެންޑިޑޭޓްގެ މަންދޫބަކަށް ވުމަށް އެދި ފޯމު ހުށަހަޅާ ފާސް ދޫކުރެވިއްޖެނަމަ، އެ ފަރާތަކުން އޮފިޝަލުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާފައިވާ ފޯމު ބާތިލުވާނެއެވެ.
  2. އޮފިޝަލުން ނެގުމަށް ހަމަޖެހިފައިވަނީ އިންތިޚާބަށް ބޭނުންވާ އަދަދަށެވެ. މި އަދަދު ހަމަވުމުން އިތުރަށް އޮފިޝަލުން ނުނަގާނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި:

  • ހާސިލްކޮށްފައިވާ އެންމެ މަތީ ތަޢުލީމީ ސެޓްފިކެޓުގެ ކޮޕީ
  • ވަނަވަރު
  • ވަޒީފާގައި އުޅޭނަމަ އެކަން އަންގައިދޭ ލިޔުން

 ސުންގަޑި:

  • އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާން ޝައުޤުވެރިވާ ފަރާތްތަކުން 2024 ޖަނަވަރީ 4 ވާ ބުރާސްފަތި ދުވަހުގެ 15:00 ކުރިން އެޕްލިކޭޝަން ހުށަހެޅުއްވުން އެދެމެވެ.
  • ބޭނުންވާ ޢަދަދަށް މަސައްކަތަށް އެކަށޭނަ މީހުން ނުލިބޭނަމަ، އޮފިޝަލުން ހަމަވަންދެން ފޯމް ބަލައިގަންނާނެކަމުގައި ދެންނެވީމެވެ.

 ނޯޓް: އޮފިޝަލުން ހޯދުމަށް ކޮށްފައިވާ ނަންބަރު:IUL)38-BB/38/2023/527) (20 ޑިސެންބަރު 2023) އިޢުލާނަށް އެޕްލިކޭޝަން ހުށަހަޅުއްވާފައިވާ ފަރާތްތަކުން އަލުން ހުށަހަޅުއްވަން ނުޖެހޭނެކަމާއި އޮފިޝަލުންގެ އުޖޫރަ އިސްލާހުކުރެވިފައިވާ ކަމުގައި ވެސް ދެންނެވީމެވެ.

02 ޖަނަވަރީ 2024
ހޯދާ