މިނިސްޓްރީ އޮފް ފިނޭންސް
ދިވެހިރާއްޖެ
2024-2025 އަދި 2025-2026 ވަނަ ދިރާސީ އަހަރަށް ސްކޫލްތަކުގެ ގްރޭޑް 1 އިން ގްރޭޑް 12 ގެ ދަރިވަރުންނަށް ބޭނުންވާ ދިވެހި، އިސްލާމް އަދި ޤުރުއާން ޓެކްސްޓް ފޮތްތައް ޕްރިންޓް ކުރުމުގެ މަސައްކަތް

ބިޑު ހުށަހެޅުމުގެ ދަޢުވަތު (އިސްލާޙުކޮށްފައި)

ޕްރޮޖެކްޓް ނަންބަރު: (TES/2023/G-014)

 

1. މިނިސްޓްރީ އޮފް އެޑިޔުކޭޝަންގެ އެދިލެއްވުމުގެ މަތިން، 2024-2025 އަދި 2025-2026 ވަނަ ދިރާސީ އަހަރަށް ސްކޫލްތަކުގެ ގްރޭޑް  1 އިން ގްރޭޑް 12 ގެ ދަރިވަރުންނަށް ބޭނުންވާ ދިވެހި، އިސްލާމް އަދި ޤުރުއާން ޓެކްސްޓް ފޮތްތައް ޕްރިންޓް ކުރުމުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި މިމިނިސްޓްރީގެ އިޢުލާނު ނަންބަރު (IUL)13-K/13/2023/358 )20 ޑިސެންބަރު 2023) ތިރީގައިވާ ގޮތަށް ވަނީ ބަދަލުގެނެވިފައިއެވެ.

2. މި ބީލަން ކުރިއަށްގެންދާނީ ތިރީގައިވާ ބަޔާންކޮށްފައިވާ ޤަވާއިދާއި އުސޫލުތަކާއި އެއްގޮތަށެވެ.

ހ. މިނިސްޓްރީ އޮފް އިކޮނޮމިކް އެންޑް ޑެވެލޮޕްމަންޓުގެ " ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ޕޮލިސީ"

3. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިންނެވެ. މިކަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތަކާއި އިވެލުއޭޓްކުރެވޭ ކްރައިޓީރިއާ ބީލަން ފޮތުގައި ބަޔާންކުރެވިފައިވާނެއެވެ. މި ބީލަމުގައި ބައިވެރިވުމަށް  -/500 (ފަސްސަތޭކަ) ދިވެހި ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަވަންޖެހޭނެއެވެ.

4. ފައިސާ ބަލައިގަންނާނީ 21ޑިސެންބަރު 2023އިން 09 ޖަނަވަރީ 2024 އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 08:00 އިން 14:00 އަށް، މިމިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ  (https://bandeyripay.finance.gov.mv) މެދުވެރި ކޮށެވެ. އަދި ފައިސާ ދެއްކުމަށްފަހު، ބީލަމަށް ރަޖިސްޓްރީވުމަށް އެދޭ ފަރާތުގެ ނަމާއި އެޑްރެސް، ގުޅޭނެ ނަންބަރާއި އީ-މެއިލް އެޑްރެސް އަދި ފައިސާ ދެއްކި ރަސީދުގެ ކޮޕީ ތިރީގައިވާ އީމެއިލް އެޑްރެހަށް ފޮނުއްވަންވާނެއެވެ.

5. މި މަސައްކަތާއި ބެހޭ އެންމެހައި ލިޔެކިޔުންތައް ސޮފްޓްކޮޕީ ފޯރމެޓުގައި މި މިނިސްޓްރީގެ ވެބްސައިޓްwww.finance.gov.mv  އިން  03 ޖަނަވަރީ 2024 ފެށިގެން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. އަދި މިބިޑާއި ގުޅިގެން ދޫކުރެވޭ އެންމެފަހުގެ މަޢުލޫމާތުތަށް ވެބްސައިޓް މެދުވެރިކޮށް ހޯދުމަކީ ބީޑަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެކެވެ.

6. ޕޮއިންޓު ނަންބަރު 4އާ އެއްގޮތަށް ބީލަމަށް ރަޖިސްޓަރީވި ކަމުގައި ވިޔަސް  ބީލަން ޕޯޓަލް މެދުވެރިކޮށް ބީލަން ހުށަހެޅޭނީ ޕޮއިންޓް ނަންބަރު 8ގައިވާ ގޮތަށް ބީލަން ޕޯޓަލްއަށް ރަޖިސްޓަރީ ވާ ފަރާތްތަކަށެވެ. މި މަސައްކަތަށް ބިޑު ހުށަހެޅުމަށް ހަމަޖެހިފައިވާ ތާރީޚުގެ ކުރިން ބީލަން ޕޯޓަލް އަށް ރަޖިސްޓަރީ ވާން އޮންނަ މުއްދަތުގައި ޕޯޓަލް ރަޖިސްޓަރޭޝަން ފުރިހަމަ ކުރައްވަންވާނެއެވެ. އެ މުއްދަތުގައި ރަޖިސްޓަރީ ނުވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތެއް ނުލިބޭނެއެވެ.

7. މިޕްރޮޖެކްޓުގެ ބިޑު ހުށަހެޅުމަށް ހަމަޖެހިފައިވަނީ އެކަމަށް ޤާއިމް ކޮށްފައިވާ އޮންލައިން ޕޯޓަލް-  ބީލަން ޕޯޓަލް ( https://beelan.finance.gov.mv/) މެދުވެރިކޮށް ކަމުގައި ވާތީ، ބީލަންވެރިން އެ ޕޯޓަލް އަށް ރަޖިސްޓަރީ ވުމާ ގުޅިގެން ފުރިހަމަކުރަންޖެހޭ އެންމެހައި ކަންކަމުގެ މަޢުލޫމާތު ޕޯޓަލް މެދުވެރިކޮށް ހޯދުމަކީ ބީލަންވެރިންގެ ޒިންމާއެކެވެ.

8. ބީލަން ޕޯޓަލް މެދުވެރިކޮށް ބިޑު ހުށަހެޅުމާގުޅޭގޮތުން ބާއްވާ މަޢުލޫމާތު ސެޝަނެއް  10 ޖަނަވަރީ 2024 ވާ ބުދަ ދުވަހުގެ 13:00ގައިމި މަސައްކަތަށް ބިޑު ހުށަހެޅުމަށް ރަޖިސްޓަރީވާ ބީލަންވެރިންނަށް އޮންނާނެއެވެ. މި މަޢުލޫމާތު ސެޝަން އޮންނާނީ މިމިނިސްޓްރީގެ ޓްރެއިނިންގ ރޫމްގައެވެ.

9. މި ޕްރޮޖެކްޓާ ގުޅޭގޮތުން އެއްވެސް ސުވާލެއްވާނަމަ އީމެއިލް ކުރައްވާނީ 11 ޖަނަވަރީ 2023 ވާ ބުރާސްފަތި ދުވަހުގެ 12:00ގެ ކުރިން، ތިރީގައިވާ އީމެއިލް އެޑްރެހަށެވެ.

10. މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/137,000.00ރ (އެއްލައްކަ ތިރީސް ހަތްހާސް ރުފިޔާ) ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 148 ދުވަހެވެ.

11. މިޕްރޮޖެކްޓުގެ ބިޑު ހުށަހަޅަންޖެހޭނީ ބީލަން ޕޯޓަލް މެދިވެރިކޮށް 2024 ޖަނަވަރީ 14 ވާ އާދިއްތަ ދުވަހުގެ 12:00:00ގެ ކުރިންނެވެ.އަދިމިޕްރޮޖެކްޓުގެ ބިޑު ހުޅުވުން އޮންނާނީ 2024 ޖަނަވަރީ 15 ވާ ހޯމަ ދުވަހުގެ 11:00:00 ގައެވެ.ބީލަންޕޯޓަލް މެދުވެރިކޮށް ބިޑު ހުށަހެޅުމުގައި ޢަމަލު ކުރަން ޖެހޭ ގޮތުގެ ގައިޑެއް ބީލަން ޕޯޓަލް އިން ލިބެން ހުންނާނެއެވެ. އަދި އެ ގައިޑްގައިވާ މަޢުލޫމާތާ އެއްގޮތަށް ބިޑު ހުށަހެޅުމުގެ އެންމެހައި ކަންކަން ފުރިހަމަ ކުރުމަކީ ބިޑު ހުށަހަޅާ ފަރާތުގެ ޒިންމާއެކެވެ. ބީލަން ޕޯޓަލް މެދުވެރިކޮށް ހުށަހަޅާ ބިޑު ފިޔަވައި އެހެން އެއްވެސް ބިޑެއް ބަލައެއް ނުގަނެވޭނެއެވެ.

12. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.

ނެޝަނަލް ޓެންޑަރ،

މިނިސްޓްރީ އޮފް ފިނޭންސް

އަމީނީމަގު، މާލެ، ދިވެހިރާއްޖެ،

ފޯން   : +960 3349106,+960 3349147+960 3349319

އީމެއިލް  : [email protected]

ކޮޕީ   : [email protected]

02 ޖަނަވަރީ 2024
ހޯދާ