މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
4 ޢިމާރާތުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދުން

ބީލަން ހުށަހެޅުމުގެ ދަޢުވަތު

4 ޢިމާރާތުގެ ސެކިއުރިޓީ ބަލަހައްޓައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ

  1. ތަޢުލީމީ ފަންޑުގެ 4 ޢިމާރާތް ކަމުގައިވާ، އެދުރުހިޔާ، އެދުރުވެހި، ފިލާ ބިލްޑިންގ 1 އަދި ފިލާ ބިލްޑިންގ 2 ގެ ސެކިއުރިޓީ  2 (ދޭއް) އަހަރަށް ބަލަހައްޓައިދޭނެ ފަރާތެއް ހޯދުމަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވާލަމެވެ. މި ބީލަމަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުޠުތައް ބީލަންފޮތުގައި ބަޔާންކޮށްފައި ވާނެއެވެ.
  2. މި ބީލަމުގައި ބައިވެރިވާން އެދޭ ފަރާތްތަކުން، 2024 ޖަނަވަރީ 01 ވަނަ ދުވަހުގެ 14:00 އިން ފެށިގެން 10ވަނަ ދުވަހުގެ 14:00 ގެ ނިޔަލަށް  ތިރީގައިވާ ލިންކު މެދުވެރިކޮށް ފޯމް ހުށަހެޅުއްވުމުން ރަޖިސްޓްރީ ކޮށްދެވޭނެއެވެ. ބީލަން ހުށަހެޅޭނީ، މި މުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ.
  1. މި ބީލަމާ ބެހޭގޮތުން އެއްވެސް ސުވާލެއް އޮތްނަމަ 2024 ޖަނަވަރީ 09 ވަނަ ދުވަހުގެ 14:00 ގެ ކުރިން ނަންބަރު 6 ގައި ވާ އެޑްރެހަށް ލިޔުމުން ފޮނުއްވުންއެދެމެވެ.
  2. މި ބީލަމުހެ ބިޑް ސެކިއުރިޓީގެ ގޮތުގައި-/10،000 (ދިހަހާސް ) ރުފިޔާ ހުށަހަޅަން ވާނެއެވެ. ބިޑް ސެކިއުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުން ފެށިގެން 30 (ތިރީސް) ދުވަހެވެ. ބިޑް ސެކިއުރިޓީ ހުށަހަޅަންޖެހޭ ގޮތް ބީލަން ފޮތުގައި ބަޔާންކޮށްފައި ވާނެއެވެ.
  3. ބިޑް ސެކިއުރިޓީ ފައިސާ އޮންލައިންކޮށް (ބަނޑޭރި-ޕޭ ސިސްޓަމް މެދުވެރިކޮށް) ފައިސާ ދައްކާނަމަ ޕްރޮޕޯސަލް ހުށަހެޅުމުގެ ބައްދަލުވުމަށް ހާޒިރުވެ އެ ބައްދަލުވުމުން ވަކިވެގެން ދިއުމުގެ ކުރިން އެ ފައިސާ ދައްކައި ނިންމަންވާނެއެވެ.
  4. ބިޑް ހުށަހެޅުމާއި، ބިޑް ހުޅުވުން އޮންނާނީ 2024 ޖަނަވަރީ 11 ވާ ބުރާސްފަތި ދުވަހުގެ ހެނދުނު 11:00 ގައި ތަޢުލީމީ ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން ، އެދުރުހިޔާ ، 9 ވަނަ ފަންގިފިލާގައެވެ.
  5.  މި އިޢުލާނާގުޅޭ ބީލަން ފޮތް މި އިޢުލާނާއެކު ޝާއިޢުކޮށްފައި ވާނެއެވެ.
  6. އިތުރު މަޢުލޫމާތު ތިރީގައިވާ އެޑްރެހުން ލިބިވަޑައިގަންނަވާނެއެވެ.
  • ތަޢުލީމީ ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން
  • އެދުރުހިޔާ ، 9 ވަނަ ފަންގިފިލާ
  • ފަޅުމަތީ މަގު، މާލެ، ދިވެހިރާއްޖެ.
  • ފޯން:3341232 , 3341194
  • އީ-މެއިލް: [email protected]
01 ޖަނަވަރީ 2024
ހޯދާ