މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ފައިނޭންސް އޮފިސަރ

އިޢުލާނު

 

މަޤާމު:

ފައިނޭންސް އޮފިސަރ   

މަޤާމުގެ ނަންބަރު:

J-373074

ބޭނުންވާ އަދަދު:

01

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކު:

އެމް. އެސް 02

މަޤާމުގެ ކްލެސިފިކޭޝަން:

ޓެކްނިކަލް އޮފިސަރ ގްރޭޑް 02

ވަޒީފާ އަދާކުރަން ޖެހޭ ތަން:

މިލަދުންމަޑުލު އުތުރުބުރީ ފުނަދޫކައުންސިލުގެ އިދާރާ

މުސާރަ:

-/6295ރުފިޔާ  

ސަރވިސް އެލަވަންސް:

-/2000 ރުފިޔާ  

އެހެނިހެން އެލަވަންސް:

  1. ސަޕޯޓިންގ ކޯ އެލަވަންސް
  2. ސިވިލްސާވިސް މުވައްޒަފުންނަށް ކަނޑައެޅިފައިވާ ޢުޞޫލުން ބޭސްފަރުވާގެ ޚިދްމަތް
  3. ދިވެހިރާއްޖޭގެ ފެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ކައުންސިލުން ފާސްކުރާ ނިންމުންތައް ތަންފީޒުކުރުމަށް ފުރިހަމައަށް އެއްބާރުލުންދީ އެފަދަ ނިންމުންތައް ތަންފީޒުކުރުމުގައި އިދާރީގޮތުން ކުރަންޖެހޭ އެންމެހާ ކަންތައްތައް ސެކްރެޓަރީ ޖެނެރަލްގެ ނުވަތަ ސުޕަވައިޒަރގެ ލަފަޔާ އިރުޝާދުގެ ދަށުން ކުރުން.
  2. ކައުންސިލު އިދާރާގެ މަސައްކަތްތަކާއި ކައުންސިލްގެ ނިންމުންތައް ތަންފީޒުކުރުމާއި ގުޅޭ އެންމެހާ ކަންކަމުގައި ކައުންސިލަށާއި، ސެކްރެޓަރީ ޖެނެރަލަށް ފުރިހަމައަށް ޖަވާބުދާރީވުން.
  3. ކައުންސިލުގައި ބޭނުންކުރާ ކޮމްޕިއުޓަރ އަދި ލެޕްޓޮޕްތައް ސެޓްއަޕްކޮށް ދިމާވާ މައްސަލަތައް ރަނގަޅުކޮށް ހައްލުކުރުން.
  4. ލާމަރުކަޒީ ޤާނޫނުގައިވާ ގޮތަށް ނިމުނު އަހަރުގެ ކައުންސިލުގެ މާލީ ހިސާބު ފެށުނު އަހަރުގެ ޖެނުއަރީ 31 ގެ ކުރިން ތައްޔާރުކުރުން.
  5. ކައުންސިލުގެ މާލީ ހިސާބު ކޮންމެ މީލާދީ އަހަރެއް ނިމޭތާ ލަސްވެގެން 2 މަސްދުވަހުގެ ތެރޭގައި އަތޮޅުކައުންސިލަށް ފޮނުވުމާއި 31 މާރޗް ގެ ކުރިން އޮޑިޓްއޮފީހަށާއި ފިނޭންސް މިނިސްޓްރީއަށާއި އެލް.ޖީ.އޭ އަށް ފޮނުވުން.
  6. ދިވެހިރާއްޖޭހެ އިދާރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ އެގާރަވަނަ ބާބުގެ 108 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެމަތިން ކުރިއަށް އޮތް އަހަރަށް ތައްޔާރުކުރަންޖެހޭ ލަފާކުރާ ބަޖެޓް އެ އަހަރެއްގެ ޖުލައި 01 ގެ ކުރިން ތައްޔާރުކުރުން.
  7. ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ ޢުޞޫލުން ހިންގުމުގެ ޤާނޫނުގެ އެގާރަވަނަ ބާބުގެ 108 ވަނަ މާއްދާގެ (ނ) ތައްޔާރުކުރެވިފައިވާ ބެޖެޓް 31 ޖުލައިގެ ކުރިން އަތޮޅު ކައުންސިލަށް ފޮނުވުން.
  8. ކޮންމެ މީލާދީ އަހަރަކަށް ތައްޔާރުކުރަންޖެހޭ ލަފާކުރާ ބަޖެޓް، ދައުލަތުން ލިބުނު ހިލޭ އެހީ އަދި ރައްޔިތުންގެ މާލއްޔަތުން ޚަރަދުކުރުމަށް ކައުންސިލުން ނިންމާފައިވާ ކަންތައްތައް ހިނަމައިގެން އެ އަހަރުގެ ބަޖެޓް އަދި ކޭޝްފްލޯ ޖެނުއަރީ 10 ގެ ކުރިން ތައްޔާރުކުރުން.
  9. ކައުންސިލާއި ކައުންސިލުގެ ބެލުމުގެ ދަށުގައިވާ ޢިމާރާތްތަކަށް ބޭނުންވާ ކެޕިޓަލް ތަކެތީގެ ހުއްދަ ހޯދުމަށް ކުރަންޖެހޭ މަސައްކަތްކުރުން.
  10. ކައުންސިލުން ފާސްކުރާ އެ އަހަރެއްގެ އެކްޓިވިޓީ ކަލަންޑަރ، ބަޖެޓް އަދި ކޭޝްފްލޯ ޖެނުއަރީ 15 ގެ ކުރިން ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވުން.
  11.  ކައުންސިލުގެ އިދާރާގެ ތިޖޫރީ ޤަވާޢިދުން ބެލެހެއްޓުމާއި، ކޮންމެ ހަފްތާއަކު ތައްޔާރުކުރަންޖެހޭ ތިޖޫރީ ރިޕޯޓާއި މަސްދުވަހުގެ ރިޕޯޓް ތައްޔާރުކުރުމާއި، ފައިސާގެ ފޮތްތައް ނިންމުން އަދި ވިޔަ މޮޑިއުލްގެ ތެރެއިން ކުރަންޖެހޭ މަސައްކަތްތައްކުރުން.
  12.  ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ ދިހަވަނަ ބާބުގެ 91 ވަނަ މާއްދާގެ ދަށުން ހުޅުވާފަންޑުތަކުގެ ތަފްޞީލު ބެލެހެއްޓުމާއި އެފަންޑްތަކުގެ ތަފްޞީލު މަހަކު އެއްފަހަރު ޢާއްމުކުރުން، އަދި އެޤާނޫނުގެ 94 ވަނަ މާއްދާގައިވާ ކައުންސިލުތަކަށް ލިބޭ އާމްދަނީ (5) އިންސައްތައަސް ވުރެ މަދުނޫން އަދަދު ރިޒާވްކުރުމަށް ކރަންޖެހޭ މަސައްކަތްތައް ކުރުން.
  13.  ބަޖެޓްގެ އައިޓަމްތަކުން ކުރާ ޚަރަދުތައް ދުވަހުން ދުވަހަށް ބާކީކޮށް، ހަމަޖެހިފައިވާ ޤަވާޢިދުތަކާއި އެއްގޮތަށް ބެލެހެއްޓުމާއި، އަދި މަހަކު އެއްފަހަރު މިނިސްޓްރީ އޮފް ފިނޭންސް އަށާއި އަތޮޅު ކައުންސިލަށާއި ލޯކަލް ގަވަމެންޓް އޮތޯރިޓީއަށް ފޮނުވަންޖެހޭ ރިޕޯޓްތައް ޤަވާޢިދުން ފޮނުވުމުގެ ކަންތައްތައް ކުރުން.
  14.  ކައުންސިލަށް ލިބޭ އާމްދަނީ ރިޕޯޓް ތައްޔާރުކޮށް މިނިސްޓްރީ އޮފް ފިނޭންސް އަށާއި އަތޮޅު ކައުންސިލާއި ލޯކަލް ގަވަރމެންޓް އޮތޯރިޓީއަށް ފޮނުވުން.
  15.  ކައުންސިލުގެ އިދާރާގެ ބެލުމުގެ ދަށުގައިވާ އެކައުންޓްތަކުގެ ހިސާބުތައް މަސް ނިމުމުން ސްޓޭޓްމެންޓްތައް ތައްޔާރުކުރުމާއި، އެޑްވާންސް ފައިސާއިން ޚަރަދުކުރެވުނު ބާކީ ރިޕޯޓް އަދި ބޭންކް އެކައުންޓް ބާކީ ތައްޔާރުކޮށް ފޮނުވުމާއި، އެކައުންޓްތަކުގެ ޗެކްރަޖިސްޓަރީ އާއި ވައުޗަރ ރަޖިސްޓަރީ ފުރިހަމަކުރުމާއި އެކައުންޓްތައް ޤަވާޢިދުން އަޕްޑޭޓްކޮށް ބެލެހެއްޓުމާއި ބޭންކް އެކައުންޓްތަކުގެ ބާކީ ރިޕޯޓް ތައްޔާރުކޮށް ފޮނުވުން އަދި ކައުންސިލުގެ ކޮންމެ މަހެއްގެ ފައިސާގެ އިޢުލާން ތައްޔާރުކޮށް ޖެހިގެން އަންނަ މަހެއްގެ 10 ވަނަ ދުވަހުގެ ކުރިން ނޯޓިސްބޯޑަށް ނެރެ ޢާއްމުކުރުން.
  16.  އިދާރާ އޮޑިޓްކުރުމަށް ބޭނުންވާ މައުލޫމަތު އެއްކުރުމާއި މައުލޫމާތު ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވުމާއި އޮޑިޓަށް ފަހު އިސްލާހު ކުރަން ފާހަގަ ކުރެވޭ ކަންކަން އިސްލާޙުކުރުމަށް ކުރަންޖެހޭ މަސައްކަތްކުރުން.
  17.  ކައުންސިލުގެ ބަޖެޓް ތައްޔާރުކުރުމާއި މާލީ ހިސާބު ތައްޔާރުކުރުމަށް އަދި ފައިސާ އާއިބެހޭ މުހިއްމު ރިޕޯޓްތައް ނުވަތަ އެހެނިހެން ލިޔެކިޔުންތައް ފުރިހަމަކުރުމަށް މައުލޫމާތެއް ބޭނުންވެގެން މުވައްޒަފަކު އެދިއްޖެނަމަ، އެމައުލޫމާތެއް ދިނުން، ކައުންސިލްގެ އިދާރާއިން ނުވަތަ ސަރުކާރުގެ ފަރާތުން އޮފީހުގެއޮޑިޓްކުރުމަށް ހަމަޖައްސައިގެން ވަޑައިގަންނަވާ ބޭފުޅުންނަށް، އެމުވައްޒަފެއްގެ މަސައްކަތުގެ ދާއިރާއިން ދާންޖެހޭ މައުލޫމާތާއި އެހީތެރިކަމާއި އެއްބާރުލުން ދިނުން.
  18.  ކައުންސިލުން ކުރެވޭ ޚަރަދުތަކާއި އަދި ކައުންސިލް މެދުވެރިކޮށް ކުރެވިފައިވާ ޚަރަދުތަކަށް ދައްކަންޖެހޭ ފައިސާ ދޫކުރުމަށް ތައްޔާރުކުރެވިފައިވާ ޚަރަދުތައް މާލިއްޔަތު ޤަވާޢިދާ އެއްގޮތަށް ތައްޔާރުކޮށް ފައިސާ ޙަވާލުކުރުމާއި، މުވައްޒަފުންގެ މުސާރަ ފައިސާ މުވައްޒަފުންގެ އެކައުންޓް ތަކަށް ޖަމާކުރުމަށްފަހު ޖަމާކުރެވުނު ފައިސާގެ ތަފްޞީލު ސްލިޕް ޙަވާލުކުރުން.

މަޤާމުގެ ޝަރުޠުތައް:

  1.  މަޤާމުގެ މަސައްކަތާއި ގުޅޭ ތަޢުލީމީ ރޮނގަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ނުވަތަ 8 ގެ ބެޗްލާސް ޑިގްރީއެއް ނުވަތަ ބެޗްލާސް އޮނަރސް ޑިގްރީއެއް ޙާޞިލުކޮށްފައިވުން.

މަޤާމުގެ ތަޢުލީމީ ރޮނގުތައް

  • އެކައުންޓިންގ
  • ބިޒްނަސް އެޑްމިނިސްޓްރޭޝަން
  • ބިޒްނަސް މެނޭޖްމެންޓް
  • ފައިނޭންސް  

މަޤާމުގެ މަސައްކަތުގެ ދާއިރާތައް:

  • ފައިނޭންސް
  • އެކައުންޓިންގ

ހުށަހަޅަންޖެހޭ ލިޔުންތައް:

 

  1. ފުރިހަމަ ކޮށްފައިވާ ވަޒީފާއަށް އެދޭ ފޯމު (މި ފޯމު ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން އަދި އިދާރާގެ ވެބްސައިޓުންނާއި ކައުންޓަރުން އަދި ތިރީގައިވާ ލިންކުން ލިބެންހުންނާނެއެވެ.)  https://www.csc.gov.mv/download/2021/84/1e148c34-bc04-4150-9537-29309c104aa7.docx
  2. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ގުޅޭނެ ފޯނު ނަންބަރާއި އީ-މެއިލް އެޑްރެސް ހިމެނޭގޮތަށް).
  3. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ (މުއްދަތުހަމަވެފައިވީ ނަމަވެސް) ދެފުށުގެ ލިޔުންތައް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭ ފަދަ ކޮޕީއެއް. ނުވަތަ އައި.ޑީ. ކާޑު ގެއްލިފައިވާ ނަމަ، އެ ފަރާތެއްގެ އުފަންދުވަހުގެ ސެޓްފިކެޓު، ޕާސްޕޯޓް ނުވަތަ ޑްރައިވިންގ ލައިސަންސް.
  4. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެ ނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިއުތިރާޒެއްނެތްކަމަށް، ވަޒީފާ އަދާކުރާ އޮފީހުން ދޫކޮށްފައިވާ ލިޔުން.
  5. ލިބިފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީ؛

(ހ)  މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީއިން ލެވަލް ކަނޑައަޅައި ތައްގަނޑު ޖަހާފައިވާ، މަތީ ތަޢުލީމުދޭ ރާއްޖެއިން ބޭރުގެ މަރުކަޒަކުން ދޫކޮށްފައިވާ ތަޢުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓުގެ ކޮޕީ؛ ނުވަތަ: ސެޓްފިކެޓު ނެތް ޙާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެސެސްމަންޓް ރިޕޯޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

(ށ)  ރާއްޖޭގެ މަތީ ތައުލީމުދޭ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

6. މަސައްކަތުގެ ތަޖުރިބާ އަންގައިދޭ ތިރީގައިވާ މިންގަނޑަށް ފެތޭ ލިޔުންތަކުގެ ކޮޕީ:

(ހ)   ސިވިލް ސަރވިސްގެ ވަޒީފާއެއްގައި، ދައުލަތުގެ މުއައްސަސާއެއްގައި، ސަރުކާރު ހިއްސާވާ ކުންފުންޏެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ށ)   ސިވިލް ސަރވިސްގެ ތަޖުރިބާގެ ތެރެއިން https://myaccount.csc.gov.mv/ އިން ފެންނަންނެތް ތަޖުރިބާގެ މުއްދަތުތައް ހާމަކޮށްދިމުގެ ގޮތުން އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ނ)   އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި ވަޒީފާ އަދާކޮށްފައިވާ ނަމަ އަދާކޮށްފައިވާ ވަޒީފާ، ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށްފައިވާ އަދި މަސައްކަތްކޮށްފައިވާ ތަނުގެ މުވައްޒަފުންގެ އަދަދު ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން.

(ރ)  ޤައުމީ ނުވަތަ ބައިނަލްއަޤުވާމީ ޖަމްއިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތް ކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ، އަދި ވަޒީފާ އަދާކުރި މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ލިޔުން (މި ލިޔުމުގައި އަދާކޮށްފައިވާ މަޤާމަކީ މުސާރަދެވޭ މަޤާމެއްކަން ނުވަތަ ނޫންކަން ބަޔާންކޮށްފައި އޮންނަންވާނެއެވެ. ނުވަތަ ބަދަލުގައި އެކަން ބަޔާންކޮށް އެ ތަނަކުން ދޫކޮށްފައިވާ ރަސްމީ ލިޔުމެއް ހުށަހަޅަންވާނެއެވެ.)

(ބ)  ދަޢުލަތުގެ އުވައިލައިފައިވާ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ އަމިއްލަ ކުންފުންޏެއް ނުވަތަ އަމިއްލަ އިދާރާއެއްގައި، ނުވަތަ އުވައިލައިފައިވާ ޤައުމީ ނުވަތަ ބައިނަލްއަޤްވާމީ ޖަމިއްޔާ ނުވަތަ ޖަމާއަތެއްގައި މަސައްކަތްކޮށްފައިވާ ނަމަ، އަދާކޮށްފައިވާ ވަޒީފާ އަދި ވަޒީފާގެ މުއްދަތާއި (އަހަރާއި މަހާއި ދުވަސް އެނގޭގޮތަށް)، ވަޒީފާގެ މަސްއޫލިއްޔަތުތައް (އެއް އިދާރާއެއްގެ ތަފާތު މަޤާމުތަކުގައި ވަޒީފާ އަދާކޮށްފައިވީ ނަމަވެސް) ވަކިވަކިން ބަޔާންކޮށް އެ އޮފީހަކުން ދޫކޮށްފައިވާ ލިޔުން ލިބެންނެތް ނަމަ، ރެކްރޫޓްމަންޓް އުޞޫލުގެ ޖަދުވަލު 8 ގައިވާ "އުވާލާފައިވާ ތަންތަނުގެ ތަޖުރިބާ އަންގައިދޭ ރެފަރެންސް ޗެކްފޯމް".

ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

މި ވަޒީފާއަށް އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް 2021 (ދެވަނަ އިޞްލާޙު) ގެ 12 ވަނަ ނަންބަރުގައި ހިމަނާފައިވާނެއެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 09 ޖެނުއަރީ 2024 ގެ 13:00 ގެ ކުރިން، މިލަދުންމަޑުލު އުތުރުބުރީ ފުނަދޫ ކައުންސިލުގެ އިދާރާ އަށެވެ. ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެއެވެ.

އަދި އިޢުލާނުގެ ސުންގަޑި ހަމަވުމުގެ ކުރިން ސަރުކާރުން އަލަށް ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، އެ ކަނޑައަޅާ ދުވަހުގެ އަދަދަށް ވަޒީފާއަށް އެދޭ ފޯމު ބަލައިގަނެވޭނެއެވެ.

 

ޝޯޓްލިސްޓުކުރުން:

 

މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ތަޢުލީމީ ފެންވަރާއި ތަޖުރިބާއަށް ބަލައި، ވަޒީފާއަށް ކުރިމަތިލާފައިވާ ފަރާތްތަކުގެ ތެރެއިން އެންމެ މަތިން ޕޮއިންޓު ލިބޭފަރާތްތައް ޝޯޓްލިސްޓުކުރެވޭނެއެވެ.

އިންޓަރވިއު އާއި ޕްރެކްޓިކަލް އޮންނާނެ ތަނާއި، މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު (އިމްތިޙާނާއި ޕްރެކްޓިކަލް) އޮންނާއީ 2024 ޖެނުއަރީ 18 އިން 19 އާއި ދެމެދު ފުނަދޫ ކައުންސިލުގެ އިދާރާގައެވެ.

"ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކުރުން

އިންޓަވިއު ބާއްވާތާ ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި "ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ލިބުނު ގޮތުގެ ޝީޓް (A2 ޝީޓު)" އާންމުކޮށް ފެންނާނެހެން މި އިދާރާގައި އަދި އިދާރާގެ ވެބްސައިޓްގައި އާންމުކުރެވޭނެއެވެ. ވަޒީފާއަށް ކުރިމަތިލީ ފަރާތްތަކަށް ޕޮއިންޓު ދެވިފައިވާ ގޮތާމެދު ޝަކުވާއެއް އޮތްނަމަ A2 ޝީޓު އާންމުކުރާ ދުވަހުން ފެށިގެން ރަސްމީ ބަންދު ނޫން 3 ދުވަހުގެ ތެރޭގައި އެ ޝަކުވާއެއް މި އިދާރާއަށް ހުށަހަޅަންވާނެއެވެ.

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ 6540052 އަށެވެ. އީ-މެއިލް ކުރާނީ [email protected] އަށެވެ.

ސިވިލް ސަރވިސްގެ ވަޒީފާތަކަށް މީހުން ހޮވުމާއި އައްޔަންކުރުމުގެ މިންގަނޑުތަކާއި އުޞޫލުތައް އަދި އެ އުޞޫލުތަކާ ގުޅުންހުރި އެންމެހައި ލިޔުންތައް ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓްގެ އުޞޫލުތައް > "ރެކްރޫޓްމެންޓް އުޞޫލު" (https://www.csc.gov.mv/Policy/Index/51) އިން ލިބެން ހުންނާނެއެވެ.

31 ޑިސެންބަރު 2023
ހޯދާ