މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރ. މީދޫ ކައުންސިލް އިދާރާގެ ސެކިޔުރިޓީ ބެލެހެއްޓުމާއި ގުޅޭ (ދެވަނަ އިއުލާން)

މި އިދާރާގެ ސެކިޔުރިޓީ ބެލެހެއްޓައިދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާނު ނަމްބަރު (IUL)310-CA/310/2023/64 ގައި އިދާރީ މައްސަލަތަކެއް ހިމެނޭތީ، އަލުން މިމަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާނު ކުރަމެވެ.

  1. ރ.މީދޫ މި އިދާރާގެ ސެކިޔުރިޓީ ބެލެހެއްޓުމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ.
  2. ބީލަމާއިގުޅިގެން މައުލޫމާތެއް ސާފުކުރެއްވުން އޮންނާނީ 2024 ޖެނުއަރީ 04 ވާ ބުރާސްފަތި 10:30 ގައި މިއިދާރާގައެވެ.
  3. ބިޑަށް ކުރިމަތިލެވޭނީ ބިޑަށް ރަޖިސްޓްރީވާ ފަރާތްތަކަށް އެކަނި ކަމުގައި ވާތީ، 2024 ޖެނުއަރީ 04 ވާ ބުރާސްފަތި ދުވަހުގެ އޮފީސް ބަންދުވުމުގެ ކުރިން މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން "ބިޑު ރަޖިސްޓްރީ ފޯމް" މެދުވެރިކޮށް ރަޖިސްޓްރީ ކުރުން އެދެމެވެ.
  4. ބީލަންތައް ބަލައިގަތުމާއި، އަދި ބީލަން ހުޅުވުން އޮންނާނީ 2024 ޖެނުއަރީ 11 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި މާޅޮސްމަޑުލު އުތުރުބުރީ މީދޫ ކައުންސިލް އިދާރާގައެވެ. ގަޑިޖެހުމަށްފަހު ހުށަހެޅޭ ބިޑްތައް ބަލައިނުގަނެ އަނބުރާ ރައްދުކުރެވޭނެއެވެ. ބީލަންތައް ހުންނަންވާނީ ސިޓީ އުރައެއްގައި ބަންދުކުރެވިފައެވެ. ސިޓީ އުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން، ތާރީޚާއި ވަގުތު އަދި ބީލަން ހުށަހަޅާ ފަރާތުގެ ނަން ލިޔެވިފައި އޮންނަންވާނެއެވެ.

މަސައްކަތް ހަވާލުކުރެވޭ އުސޫލާއި، އަދި ހުށަހެޅޭ ބިޑްތައް އިވެލުއޭޓްކޮށް މާރކްސް ދެވޭނެ ގޮތުގެ ތަފްޞީލް ބިޑިންގ ޑޮކިއުމަންޓްގައި ހިމެނިފައިވާނެއެވެ. އިތުރު މަޢުލޫމާތު [email protected]  އިން ނުވަތަ ރަސްމީ ގަޑީގައި 6580020 އަށް ގުޅުއްވުމުން ލިބިވަޑައިގަންނަވާނެއެވެ.

 

            އަންދާސީ ހިސާބުގައި މާކުސްދެވޭނެ ބައިތަކާއި މިންގަނޑުތައް ތިރީގައި މިވަނީއެވެ.

  •  މަސައްކަތުގެ އަގު                            %85
  • ފަންނީ ތަޖުރިބާ އާއި ގާބިލްކަން                   %5
  • މާލީ ގާބިލްކަން                               

                         މިހެންވެ، މިކަން ޢާއްމުކޮށް އެންގުމަށްޓަކާ އިޢުލާންކުރީމެވެ.       

                                   10 ޖުމާދަލް އާޚިރާ 1445ހ. 

  28 ޑިސެމްބަރު 2023މ.  

28 ޑިސެންބަރު 2023
ހޯދާ