ތިލަދުންމަތީ އުތުރުބުރީ ފިއްލަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މިކައުންސިލްގެ އިދާރީ މުވައްޒަފުންނަށް ބޭނުންވާ ޓްރެއިނިންގދޭނެ ފަރާތެއް ހޯދަމަށް

ނަމްބަރ:(IUL)252/252/2023/96

 

ޢިއްލާން

 

މިކައުންސިލްގެ އިދާރީ މުވައްޒަފުންނަށް ބޭނުންވާ ޓްރެއިނިންގދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

 

 

                 މިކައުންސިލްގެ އިދާރީ މުވައްޒަފުންނަށް ބޭނުންވާ ޓްރެއިނިންގދޭނެ ފަރާތެއް ހޯދަން ބޭނުންވެއްޖެ.

                ވީމާ، މިކަމަށް ޝަޢުޤުވެރިވާ ފަރާތްތަކުން ބީލަން ހުށަހެޅުމަށް ރަޖިސްޓްރީ ކުރައްވަވާ މަޢުލޫމާތު ސާފުކުރެއްވުމަށްފަހު ބީލަން ހުށަހެޅުއްވުމަށް ދެންނެވީމެވެ.

މިމަސައްކަތްކުރުމަށް ބީލަން ހުށަހެޅޭނެ ފަރާތްތައް ތިރީގައި އެވަނީއެވެ.

  • ޤާނޫނު ނަމްބަރ: 18/2014 (ވިޔަފާރި ރަޖިސްޓްރީ ކުރުމާއިބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ ކުންފުނިތައް.
  • ޤާނޫނު ނަމްބަރ: 19/2014 (އަމިއްލަ ފަރުދުންގެ ވިޔަފާރިއާބެހޭ ޤާނޫނު) ގެދަށުން މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވޮލަޕްމަންޓްގައި ރަޖިސްޓްރީކޮށްފައިވާ އަމިއްލަ ވިޔަފާރިތައް.
  • ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ކޮލެޖް/ޔުނިވަރސިޓީތައް.
  • ދިވެހިރާއްޖޭގައި ރަޖިސްޓްރީކޮށްގެން ހިންގާ ޓިއުޝަން ސެންޓަރތައް.

                   ބީލަމުގައި ބައިވެރިވުމަށްއެދޭ ފަރާތްތަކުން، މި އިޢުލާނުގައި ފާހަގަކޮށްފައިވާ ލިންކް މެދުވެރިކޮށް "ބީލަމުގައި ރަޖިސްޓްރީވުމަށް އެދޭ ފޯމް" ފުރުއްވުމަށްފަހު ރަޖިސްޓްރީ ކުރެއްވުން އެދެމެވެ.

ބީލަންރަޖިސްޓްރޭޝަންލިންކް:https://docs.google.com/forms/d/e/1FAIpQLSez9WnZs_ie6ydErktCxEjnzi-VDZXSzL2ojMnmOn3AyneIhQ/viewform?usp=pp_url

 

ބީލަން ރަޖިސްޓްރީ ކުރުން

08 ޖަނަވަރީ 2024 ވަނަ ދުވަހުގެ 14:00 ގެކުރިން

ޕްރީ- ބިޑް ބައްދަލުވުން

ޕްރީ-ބިޑް މީޓިންބޭއްވުމަށް ހަމަޖެހިފައެއްނުވޭ

ބީލަން ބަލައިގަތުން

09 ޖަނަވަރީ 2024 ވަނަ ދުވަހުގެ 13:30 ގެކުރިން

ބީލަންތައް ހުޅުވުން

09 ޖަނަވަރީ 2024 ވަނަ ދުވަހުގެ 13:35 ގައި ހއ.ފިއްލަދޫ ކައުންސިލް އިދާރާގައި

 

                    ބީލަން ހުށަހެޅުމަށާއި ބީލަން ހުޅުވާ ގަޑިއަށް ބަދަލުގައި މީހަކު ފޮނުވާނަމަ ބަދަލުގައި ފޮނުވި މީހެއްކަން އެނގޭނެ ލިޔުމެއް ހުށަހަޅަން ވާނެއެވެ. ބީލަން ހުޅުވުން އޮންނާނީ ބީލަން ހުށަހަޅާ ފަރާތްތަކުގެ އެއް ޚާޟިރުގައެވެ. ބީލަން ހުށައަޅާނީ ބަންދުކުރެވިފައިވާ ސިޓީ އުރައެއްގައެވެ. އޮންލައިންކޮށް ހުށައަޅާ ބީލަންތައް ބަލައިނުގަނެވޭނެއެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން މިއިދާރާގެ ނަމްބަރ: 6500023 އަށް ގުޅުއްވާ މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

                     މިހެންވެ މިކަން އާންމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

15 ޖުމާދަލްއާޙިރާ 1445ހ

28 ޑިސެމްބަރ 2023މ

28 ޑިސެންބަރު 2023
ހޯދާ