މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް
ދިވެހިރާއްޖެ
ރެސްކިއު ޑައިވަރ ފެންވަރަށް މަސްވެރިން ތަމްރީންކުރުމަށް ޑައިވް ޓްރެއިނިންގް ހިންގާނެ ޑައިވް އިންސްޓްރަކްޓަރުން ކޮންސަލްޓަންޓުންގެ ގޮތުގައި ނެގުން

މި މިނިސްޓްރީން ޑައިވްކުރުމުގެ ތެރޭގައި މަސްވެރިންނަށް ކުރިމަތިވާ ހިތާމަވެރި ޙާދިސާތައް މަދުކުރުމުގެ މަޤްޞަދުގައި ދިވެހިރާއްޖޭގައި މަސްވެރިކަން ކުރާ ކޮންމެ އުޅަނދެއްގައި ހަރަކާތްތެރިވާ ފަޅުވެރިންގެ ތެރެއިން މަދުވެގެން 1 (އެކެއް) ފަޅުވެރިޔަކީ "ރެސްކިޔު ޑައިވަރ" ފެންވަރުގެ ސަނަދެއް ހާސިލްކޮށްފައިވާ ފަރާތެއް ކަމުގައި ހެދުމަށްޓަކައި، ކުރިއަށް ގެންދަން ރާވާފައިވާ ރެސްކިޔު ޑައިވަރ ޕްރޮގްރާމްގެ ދަށުން ރެސްކިޔު ޑައިވަރ ފެންވަރުގެ ކޯސްތައް ހިންގުމަށް ބޭނުންވެއެވެ. ވީމާ، ޑައިވް އިންސްޓްރަކްޓަރ ކޮންސަލްޓެންސީ ހިދުމަތް ދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ފުރުޞަތު ހުޅުވާލަމެވެ. މިކަމަށް ޝަޢުގުވެރިވެލައްވާ ފަރާތްތަކުން މަޢުލޫމާތު ސާފުކުރެއްވުމަށާއި ޕްރޮޕޯސަލް ހުށަހެޅުއްވުމަށް ތިރީގައިވާ ތާވަލާ އެއްގޮތަށް ވަޑައިގެން ދެއްވުން އެދެމެވެ.

 

ތާރީޚް އަދި ގަޑި

ތަން

މަޢުލޫމާތު ސާފުކުރުން

04 ޖެނުއަރީ 2024 ވާ ބުރާސްފަތި ދުވަހު 11:00 އަށް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް (ވެލާނާގެ 7 ވަނަ ފަންގިފިލާ)

އަންދާސީ ހިސާބު ހުށަހެޅުން

09 ޖެނުއަރީ 2024 ވާ އަންގާރަ ދުވަހު 11:00 އަށް

މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސް (ވެލާނާގެ 7 ވަނަ ފަންގިފިލާ)

 

މި އިޢުލާނާއި ގުޅޭ މަޢުލޫމާތު ކަރުދާސް އެއްކަރުދާސް ކުރެވިފައިވާނެއެވެ. ޕްރޮޕޯސަލް ހުށަހެޅުމަށް ކަނޑައަޅާފައިވާ މުއްދަތަކީ ރަސްމީ ބަންދު ނޫން 07 (ހަތް) ދުވަހުގެ މުއްދަތެއް ކަމުގައި ވުމުން، މި މުއްދަތުގެ ތެރޭގައި ސަރުކާރު ބަންދު ދުވަހެއް ކަނޑައަޅައިފި ނަމަ، ދެން ޕްރޮޕޯސަލް ބަލައިގަނެވޭނީ ސަރުކާރު ހުޅުވިގެން ބަންދުވި ދުވަސްތަކަށް ރަސްމީ ދުވަސް ހަމަކޮށް، ޖެހިގެން އަންނަ ރަސްމީ ދުވަހުގެ 11:00 އަށެވެ.

މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ  3339231, 3339239އަދި 3339227 ނަންބަރު ފޯނަށެވެ.

28 ޑިސެންބަރު 2023
ހޯދާ