މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
ކޮންސަލްޓެންސީ ފާމެއް ހޯދުމަށް

ކޮންސަލްޓެންސީ ފާމެއް ހޯދުމަށް ބޭނުންވެއްޖެ

މިނިސްޓްރީ އޮފް އެޑިޔުކޭޝަނުގެ ފަރާތުން ރާއްޖޭގެ އެކިއެކި ރަށްރަށުގައި އިމާރާތް ކުރަމުންދާ ޢިމާރާތްތަކުގެ ފަންނީ މަސައްކަތްތަކަށް ބޭނުންވާ ލަފާދިނުމާއި އަދި އެފަދަ ޢިމާރާތްތަކުގެ މަސައްކަތް ހިނގަމުންދާއިރު އެ މަސައްކަތް ސްޕަވައިޒު ކުރުމުގެ ގޮތުން މިނިސްޓްރީ އޮފް އެޑިޔުކޭޝަނަށް ބޭނުންވާ ފަންނީ ލަފައާއި އިރުޝާދުދީ އަދި ޓެކްނިކަލް ޑްރޯވިން ތައްޔާރުކުރުން ފަދަ ފަންނީ ގިނަ މަސައްކަތްތަކެއް ކުރަންބޭނުންވާތީ، އެކަމުގެ ތަޖުރިބާ ލިބިފައިވާ ޤާބިލު ފަރާތެއް 01 އަހަރު ދުވަހުގެ މުއްދަތަށް ހޯދުމަށް ކުރެވުނު ނަންބަރު IUL)22-PU/1/2015/93) އިޢުލާނާ ގުޅިގެން ހުށަހަޅާފައިވާ ބިޑުތައް ޑިސްކޮލިފައިވެފައިވާތީ، އެއިޢުލާން ބާޠިލު ކުރުމަށްފަހު އަލުން އިޢުލާން ކުރީމެވެ.

ވީމާ، މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މިދަންނަވާ ތާރީޚަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު، ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީހިސާބު ހިއްޕަވައިގެން މިނިސްޓްރީ އޮފް އެޑިޔުކޭޝަން (ވެލާނާގޭގެ 08 ވަނަ ފަންގިފިލާ) ގެ ޕްރޮކިއުމަންޓް ސެކްޝަނަށް ވަޑައިގެންދެއްވުން އެދެމެވެ.

މަޢުލޫމާތު ސާފުކުރުމަށް

އަންދާސީހިސާބު ހުށަހެޅުމަށް

29 މާރިޗު 2015 (އާދީއްތަ) ދުވަހުގެ 10:00 އަށް

05 އެޕްރީލް 2015 (އާދީއްތަ) ދުވަހުގެ 10:00 އަށް

އަދި ދަންނަވަމެވެ. މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ އަންދާސީހިސާބު ބަލައިގަންނަގޮތަށް ހަމަޖެހިފައެއް ނުވެއެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ 3341436 ނަންބަރު ފޯނާއެވެ.

4 ޖުމާދަލްއާޚިރާ 1436

24 މާރިޗު 2015
ހޯދާ