މިނިސްޓްރީ އޮފް އެޑިޔުކޭޝަން
ދިވެހިރާއްޖެ
މާލީ ހިސާބުތައް އޮޑިޓްކޮށް ރިޕޯޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން

މިމިނިސްޓްރީގެ ތަޢުލީމީ ފަންޑުގެ 2014 ވަނަ އަހަރުގެ މާލީ ހިސާބުތައް އޮޑިޓްކޮށް ރިޕޯޓް ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

ވީމާ، ތަޢުލީމީ ފަންޑުގެ 2014 ވަނަ އަހަރުގެ މާލީ ހިސާބުތައް އޮޑިޓްކޮށް ރިޕޯޓް ތައްޔާރުކޮށް ހުށަހެޅުމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 29 މާރިޗު 2015 އާދީއްތަ ދުވަހުގެ 11:00 އަށް ތަޢުލީމީ ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން، އެދުރުހިޔާ 1ވަނަ ފަންގިފިލާއަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު "މަސައްކަތްކުރުމަށް އެދި ހުށަހަޅުއްވާ ފަރާތުގެ މަޢުލޫމާތު ފޯމު" އާއެކު 02 އެޕްރީލް 2015 ވާ ބުރާސްފަތި ދުވަހުގެ 11:00 އަށް އަންދާސީހިސާބު ތަޢުލީމީ ފަންޑުގެ އިދާރާ / މިނިސްޓްރީ އޮފް އެޑިޔުކޭޝަން، އެދުރުހިޔާ 1 ވަނަ ފަންގިފިލާއަށް ވަޑައިގެން ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ބޭނުންފުޅުނަމަ 3341192 އަށް ގުޅުއްވައިގެން މަޢުލޫމާތު ސާފުކުރެއްވުން އެދެމެވެ.

03 ޖުމާދަލްއާޚިރާ 1436     

23 މާރިޗު 2015
ހޯދާ