މުލަކަތޮޅު ވޭވަށު ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ރަށުގެ ލޯކަލް ޓޫރިޒަމް ޒޯންގެ ޕްލޭން ހެދުން

މިރަށު ލޯކަލް ޓޫރިޒަމް ޒޯންގެ ލޭންޑް ޔޫސް ޕްލޭނާއި އާބަން ޑިވޮލޮޕްމަންޓް ޕްލޭން ހެދުމަށް ކުރިން ކުރެވުނު އިޢުލާން ނަންބަރ (IUL)363-PLN/363/2023/33 އަށް ހުށަހަޅާފައިވާ އަގުތަށް ބޮޑުކަމަށް ފެންނާތީއާއި މަޢުލޫމާތު ޝީޓަށް ބައެއް ބަދަލުތައް ގެންނަން ބޭނުންވާތީ، އެ އިޢުލާން ބާޠިލުކޮށް އަލުން އިޢުލާން ކުރަމެވެ.

  1. މިރަށު ލޯކަލް ޓޫރިޒަމް ޒޯންގެ ގޮތުގައި  ތަރައްޤީކުރުމަށް ކަނޑައަޅާފައިވާ ސަރަހައްދުގެ ލޭންޑް ޔޫސް ޕްލޭނާއި އާބަން ޑިވެލޮޕްމަންޓް ޕްލޭން ހަދައިދޭނެ ފަރާތެއް ހޯދުމަށް ބޭނުން ވެއެވެ.
  2. މަތީގައި ދެންނެވިފައިވާ މަސައްކަތް ކުރުމަށް ޝަޢުގުވެރިވާ ފަރާތްތަކުން ޓަރމް އޮފް ރިފަރެންސް (ޓީއޯއާރު) އާއި އެއްގޮތަށް ޕްރޮޕޯސަލް ހުށަހެޅުމުގެ ދަޢުވަތު ޝަރުތު ހަމަވާ ފަރާތްތަކަށް ހުޅުވާލަމެވެ. މި ބިޑްގައި ރަޖިސްޓްރީ ވުމުން ޓީއޯއާރު އެފަރާތަކަށް އީ-މެއިލް ކުރެވޭނެއެވެ.
  3. މި މަސައްކަތަށް ޕްރޮޕޯސަލް ހުށަހަޅަން ޝައުގުވެރިވާ ފަރާތްތަކުން 04 ޖެނުއަރީ 2024ގެ 14:00ގެ ކުރިން މި ލިންކް https://forms.office.com/r/A1jaduKxRj?origin=lprLink

މެދުވެރިކޮށް ޕްރޮޕޯސަލް ހުށަހެޅުމަށް ރަޖިސްޓްރީ ވާންވާނެއެވެ.

  1. މި މަސައްކަތް ކުރުމަށް ފަރާތެއް ހޮވާނީ ހުށަހަޅާ ޕްރޮޕޯސަލްގެ ފެންވަރާއި ތަޖުރިބާ އަދި އަގަށް ބަލައިގެންނެވެ.
  2. ޕްރޮޕޯސަލްތައް ކެނޑުން އޮންނާނީ 11 ޖެނުއަރީ 2024 ވާ ބުރާސްތި ދުވަހުގެ 13:15 ގައި ވޭވަށު ކައުންސިލްގެ ޖަލްސާ ކުރާ މާލަމުގައެވެ. ޕްރޮޕޯސަލްތައް ހުންނަންވާނީ ބަންދުކުރެވިފައިވާ ސިޓީއުރައެއްގައެވެ. ސިޓީއުރައިގެ ބޭރުގައި ބީލަމަށް ދެވިފައިވާ ނަން އަދި ހުށަހަޅާ ފަރާތުގެ މަޢުލޫމާތު ލިޔެފައި އޮންނަންވާނެއެވެ.
  3. ބީލަން ހުށަހަޅަން ބަދަލުގައި މީހަކު ފޮނުވާނަމަ ވެރިފަރާތުން، އެފަރާތެއްގެ މަޢުލޫމާތު އެނގޭނެހެން ސިޓީއަކުން ހުށަހަޅާންވާނެއެވެ.

އިތުރު މަޢުލޫމާތު

  1. ފޯން: 6720035/9757801
  2. އީމެއިލް: [email protected]

ވެބްސައިޓް: www.veyvah.gov.mv

28 ޑިސެންބަރު 2023
ހޯދާ