ޅ. އަތޮޅު ހޮސްޕިޓަލް
ދިވެހިރާއްޖެ
ސްޓޯރކީޕަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

ސްޓޯރކީޕަރ

މަޤާމް

އެސިސްޓެންޓް އޮފިސަރ ގްރޭޑް 1

މަޤާމުގެ ކްލެސިފިކޭޝަން

ޖީ. އެސް. 1

މަޤާމުގެ ރޭންކް

1 (އެކެއް)

ބޭނުންވާ އަދަދު

3565.00 ރުފިޔާ

މުސާރަ

1500.00 ރުފިޔާ

ސަރވިސް އެލަވަންސް

ޅ. އަތޮޅު ހޮސްޕިޓަލް

މަސައްކަތް ކުރަންޖެހޭ ތަން

- މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

- ސާނަވީ ތަޢުލީމް ފުރިހަމަކޮށްފައިވުން.

މަޤާމުގެ ޝަރުޠު

- ހޮސްޕިޓަލުން ކަނޑައަޅާ ގޮތެއްގެ މަތިން، ހޮސްޕިޓަލަށް ހޯދަންޖެހޭ ތަކެތި ހޯދުމަށް ކުރަންޖެހޭ ޕްރޮކިއުމެންޓް މަސައްކަތްތައް ކުރުން.

- މެޑިކަލް ކޮންސިޔުމަބަލްސް ތަކެތި، ކަމާބެހޭ ފަރާތްތަކާ ވާހަކަދައްކައިގެން ހޯދައި ސްޓޮކްކުރުން.

- ހޮސްޕިޓަލުގެ ފިއުލް ސްޓޮކް ޤަވާޢިދުން ބަލަހައްޓައި، ފިއުލް އޯޑަރުކުރުން.

- ހޮސްޕިޓަލުގެ އިންވެންޓްރީ ބެލެހެއްޓުން.

- ހޮސްޕިޓަލްގެ ލިޔެކިޔުމާއި އެހެނިހެން މުދަލުގެ ސްޓޮކަށް ބޭނުންވާ ތަކެތި ހޯދައި، އެ ތަކެތި ސްޓޮކްކޮށް ބަލަހައްޓައި، ހަމަޖެހިފައިވާ ޤަވާޢިދުގެދަށުން ތަކެތި ދޫކުރުން.

- ސްޓޮކުން ތަކެތި ހުސްވިޔަނުދީ، ސްޓޮކަށް މަދުވާ ތަކެތި ހޯދައި، ސްޓޮކްކުރުން.

- މުއްދަތު ހަމަވާ ތަކެތި، ކަނޑައެޅިފައިވާ ޤަވާޢިދުގެދަށުން ނައްތާލައި، ރެކޯޑުތައް ފުރިހަކުރުން.

- ކޮންޓްރޯލް ޑްރަގް ފަދަ ތަކެތީގެ ރެކޯޑުތައް ޤަވާޢިދުން ބަލަހައްޓައި، ރިޕޯޓްތައް ތައްޔާރުކޮށް ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

- ސްޓޮކްގެ ހިސާބުތައް ދުވަހުން ދުވަހަށް ބެލެހެއްޓުމާއި، ރިޕޯޓްތައް ތައްޔާރުކުރުން.

- ސެކްޝަންތަކުން އެދޭ ތަކެތި ދުވަހުން ދުވަހަށް ސެކްޝަންތަކަށް ދޫކޮށް، ސޮއިކޮށް، ފޯމްތައް ފުރިހަމަކޮށް، ފައިލްކުރުން.

- ހޮސްޕިޓަލަށް ހޯދޭ ތަކެތި ނުވަތަ އެކިއެކި ފަރާތްތަކުން ފޮނުވާ ތަކެތި ބަލައިގަނެ، ޑެލިވަރީ ފޯމް ނުވަތަ ގުޑްސް ރިސީވް ފޯމް ފުރިހަމަކޮށް، ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުން.

- ހޮސްޕިޓަލުން އެކި ތަންތަނަށް ފޮނުވާ ތަކެތީގެ ޑިސްޕެޗް ނޯޓް ފުރިހަމަކޮށް ފޮނުވައި،  ފޯމްތައް ހޮސްޕިޓަލަށް އަނބުރާ ހޯދައި، ފައިލްކޮށް ބެލެހެއްޓުން.

- އެކިއެކި ފަރާތްތަކުން ހޮސްޕިޓަލަށް ފޮނުވާ ތަކެތި ހޮސްޕިޓަލަށް ގެނައުމާއި، ހޮސްޕިޓަލުން އެކި ތަންތަނަށް ފޮނުވަންޖެހޭ ތަކެތި ޤަވާޢިދުން ފޮނުވަމުން ގެންދިއުން.

މަޤާމުގެ މައިގަނޑު މަސައްކަތްތައް

- އިތުރުގަޑީގައި ކުރާ މަސައްކަތަށް އިތުރުގަޑީގެ ފައިސާއާއި، ބަންދުދުވަހެއްގައި މަސައްކަތް ކުރަން ޖެހިއްޖެނަމަ، ހަމަޖެހިފައިވާ އުޞޫލުން ބަންދުދުވަހުގެ އެލަވަންސް.

- ހަމަޖެހިފައިވާ އުޞޫލުން ރިސްކް އެލަވަންސް.

އިތުރު ޢިނާޔަތްތައް

- ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް، ޕާސްޕޯޓް ސައިޒުގެ ފޮޓޯއާއެކު (ވަޒީފާއަށް އެދޭ ފޯމު، ޅ. އަތޮޅު ހޮސްޕިޓަލުގެ ކައުންޓަރުން ލިބެން ހުންނާނެއެވެ އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mv ން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ. 

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ، ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ކޮޕީ.

- ވަޒީފާއަށް އެދި ހުށަހަޅާ ފަރާތުގެ ވަނަވަރު.

- ލިބިފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިއެޓްކޮށްފައިވާ ނުވަތަ އެކްރެޑިއެޓް ކޮށްދޭނެކަމަށް ބަޔާންކުރާ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ލިޔުން)

- ވަޒީފާގެ ދާއިރާއާ ގުޅޭ ކުރުމުއްދަތުގެ ކޯހާއި ވާރކްޝޮޕާއި ސެމިނާރު ފަދަ ތަމްރީން ޕްރޮގްރާމްތަކުގެ ސެޓްފިކެޓް ނުވަތަ ބައިވެރިވިކަމުގެ ލިޔުންތައް.

- ސިވިލްސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން، ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢްތިރާޒެއް ނެތްކަމަށް އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުން ދޫކުރާ ލިޔުން.

- ވަޒީފާއެއް އަދާކޮށްފައިވާނަމަ، ވަޒީފާ އަދާކުރި ތަނަކުން އަދާކުރި ވަޒީފާގެ މުއްދަތު އެނގޭގޮތަށް ދޫކޮށްފައިވާ ލިޔުންތައް.

ނޯޓް: މަޢުލޫމާތު ފުރިހަމަނުކޮށް ހުށަހަޅާ ފޯމްތައް ބަލައެއް ނުގަނެވޭނެއެވެ.

ހުށަހަޅަންޖެހޭ ތަކެތި

- މި މަޤާމަށް ކުރިމަތިލާ މީހުންނާ އިންޓަވިއު ކުރެވޭނީ، ޅ. އަތޮޅު ހޮސްޕިޓަލުގައެވެ.

- މި މަޤާމަށް މީހަކު ހޮވުމަށް ބާއްވާ އިންޓަވިއު އޮންނާނީ، މި މަޤާމަށްއެދި އެޕްލިކޭޝަން ހުށަހެޅުމުގެ އެންމެފަހު ތާރީޚުން ފެށިގެން 3 ހަފުތާގެ ތެރޭގައެވެ.

- އިންޓަވިއުއަށް ދަޢުވަތު ދެވޭނީ، ވަޒީފާއަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރުމަށްފަހު ހޮވޭ ފަރާތްތަކަށް އެކަންޏެވެ.

އިންޓަވިއު ކުރުން

- މި  މަޤާމަށް  ކުރިމަތިލާ  ފަރާތްތަކުން،  ވަޒީފާއަށް  އެދޭ ފޯމް  ހުށަހެޅުމުގެ  އެންމެ ފަހުގެ  ތާރީޚަކީ 5 އެޕްރީލް 2015 ގެ 15:00 އެވެ.

- ވަޒީފާއަށް އެދި ފޮނުވާ ސިޓީއާއި ތަކެތި ބަލައިގަންނާނީ ޅ. އަތޮޅު ހޮސްޕިޓަލުންނެވެ.

ސުންގަޑި

އިތުރު މަޢުލޫމާތު ހޯދުމަށް ގުޅުއްވާނީ މިހޮސްޕިޓަލްގެ ނަމްބަރ 6620048 ނަމްބަރ ފޯނާއި އެވެ.

އިތުރު މަޢުލޫމާތު

 4 ޖުމާދަލްއާޚިރާ 1436

24 މާރިޗު 2015
ހޯދާ