މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް
ދިވެހިރާއްޖެ
އެއަރޕޯޓް ފިހާރައިގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

ބީލަން ހުށަހެޅުމުގެ ދަޢުވަތު

އެއަރޕޯޓް ފިހާރައިގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުމާއި ބެހޭ

 

      މި ކުންފުނިން ހިންގަމުން އަންނަ ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓް (ވީ.އައި.އޭ)ގައި ހުރި އެއަރޕޯޓް ފިހާރަ، މި ކުންފުނިން ދޭ މިންގަނޑުތަކާއި އެއްގޮތަށް 24 ގަޑިއިރު ޚިދުމަތްދީ ހިންގައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ. 

      މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން 2024 ޖަނަވަރީ 10 ވާ ބުދަދުވަހުގެ މެންދުރު 13:00 ގެ ކުރިން މިކުންފުނީގެ "ޓެންޑަރ ޕޯޓަލް"(https://tender.macl.aero) ތެރެއިން މިބީލަމަށް ޝައުގުވެރިކަން ފާޅުކުރުން އެދެމެވެ. މިގޮތަށް ޝައުގުވެރިކަން ފާޅުކުރާ ފަރާތްތައް ރަޖިސްޓްރީވެ، ތައްޔާރު ކުރެވިފައިވާ ބީލަންފޮތް "ޓެންޑަރ ޕޯޓަލް" ތެރެއިން ރަޖިސްޓްރީގެ މުއްދަތު ހަމަވުމުން ލިބިލައްވާނެއެވެ. "ޓެންޑަރ ޕޯޓަލް"އާއި ގުޅޭ އެއްވެސް މައުލޫމާތެއް ސާފުކުރައްވަން ބޭނުންފުޅުވެލައްވާނަމަ ސައިފް 7981289 އާއި ގުޅުއްވުން އެދެމެވެ.

      މިކަމަށް ކުރިމަތިލާ ފަރާތްތަކަކީ މިކަމާއި ގުޅޭ ހުރިހާ ހުއްދަތައް ލިބިފައިވާ ފަރާތަކަށްވާންވާނެއެވެ.

      ރަޖިސްޓްރީވާ ފަރާތްތަކުގެ ތެރެއިން ކުރިއަށް ވަޑައިގަންނަވާ ފަރާތްތަކަށް ބާއްވާ "ސައިޓް ވިޒިޓް" 2024 ޖަނަވަރީ 14 ވާ އާދިއްތަދުވަހުގެ ހެނދުނު 11:00 ގައި މި ކުންފުނީގެ މައި އިދާރާ  (އެމް.އޭ.ސީ.އެލް ކޯޕަރޭޓް އޮފީސް، ވީ.އައި.އޭ)ގައި އޮންނާނެއެވެ.  

      "ޓެންޑަރ ޕޯޓަލް" ތެރެއިން ބީލަންތައް ހުށަހެޅުމުގެ ސުންގަޑިއަކީ 2024 ޖަނަވަރީ 21 ވާ އާދިއްތަދުވަހުގެ މެންދުރު 13:00 ގައެވެ. "ޓެންޑަރ ޕޯޓަލް" ތެރެއިން ހުށަހެޅި ބީލަންތައް ހުޅުވުމަށް ހަމަޖެހިފައިވަނީ 2024 ޖަނަވަރީ 21 ވާ އާދިއްތަދުވަހުގެ މެންދުރު 13:00 ގައި، މިކުންފުނީގެ މައި އިދާރާގައި ބީލަން ހުށަހެޅި ފަރާތްތަކުގެ ހާޒިރުގައެވެ.

      ފަންނީ އަދި މާލީ ދިރާސާއެއް ހެދުމަށްފަހު، ބީލަމުގައި ކަނޑައެޅިފައިވާ އުސޫލުތަކުގެ ތެރެއިން، މިކުންފުންޏަށް އެންމެ ފައިދާހުރި ބީލަމެއް ހުށަހަޅާފައިވާ ފަރާތެއް ބަލައި އެވޯޑްކުރެވޭނެއެވެ. އިތުރު މައުލޫމާތު ސާފުކުރުމަށް ގުޅާނީ 3337430/3337266/3337236/3337643/3337279 ، ފެކްސް 3331772 ، އީމެއިލް [email protected] ، ވެބްސައިޓް    www.macl.aero އަށެވެ.

28 ޑިސެންބަރު 2023
ހޯދާ