މަދަރުސަތުއް ޝައިޚް މުޙައްމަދު ޖަމާލުއްދީން
ދިވެހިރާއްޖެ
ކުލާސްރޫމް އިމާރާތްކުރުން

ޖަޕާނުސަރުކާރުގެ ހިލޭއެހީގެ ދަށުން މިމަދަރުސާގައި އެޅުމަށް ހަމަޖެހިފައިވާ 8 ކުލާސްރޫމުގެ 2 ބުރި އިމާރާތުގެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދެއްވުމަށް ޝައުޤުވެރިވާ ފަރާތްތަކުން 2 އެޕްރީލް 2015 ވާ (ބުރާސްފަތި) ދުވަހުގެ 14:00 އަށް މިމަދަރުސާގެ އޮފީހަށް ވަޑައިގެން މަޢުލޫމާތު ސާފުކުރެއްވުމަށްފަހު 9 އެޕްރީލް 2015 ވާ (ބުރާސްފަތި) ދުވަހުގެ 14:00 އަށް މަދަރުސަތުއްޝައިޚު މުޙައްމަދު ޖަމާލުއްދީނުގެ އޮފީހަށް އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. މަޢުލޫމާތު ސާފުކުރުން އޮންނަ ގަޑިއަށް ހާޒިރު ނުވާ ފަރާތްތަކަށް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވެން ނެތްވާހަކަ ދެންނެވީމެވެ.

3 ޖުމާދަލްއާޚިރާ 1436

23 މާރިޗު 2015
ހޯދާ