ސެންޓަރ ފޮރ އޯޕަން ލާރނިންގ
ދިވެހިރާއްޖެ
ސްޓަޑީގައިޑް ލިޔުމަށް

ސްޓަޑީގައިޑް ލިޔުމަށް ބޭނުންވެއްޖެ

މިސެންޓަރުން ހިންގާ ބައެއް ކޯސްތަކުގެ ސްޓަޑީގައިޑްތައް ލިޔުމަށް މިސެންޓަރުން ދެފަހަރަށް އިޢުލާނު ކުރުމުންވެސް ތިރީގައި ބަޔާންކޮށްފައިވާ މާއްދާގެ ސްޓަޑީގައިޑް ލިޔެދިނުމަށް އެއްވެސް ފަރާތަކުން ހުށަހަޅާފައިނުވާތީ އެމަސައްކަތަށް އަލުން އިޢުލާނުކުރަމެވެ.

ވީމާ، މިމަސައްކަތްތައް ކޮށްދިނުމަށް ޝައުޤުވެރިވާ ފަރާތްތަކުން 30 މާރިޗު 2015 ހޯމަ ދުވަހުގެ މެންދުރުފަހުގެ 14:00 އަށް މިސެންޓަރަށް ހާޒިރުވެ މަޢުލޫމާތު ސާފުކުރުމަށްފަހު، 31 މާރިޗު 2015 ވާ އަންގާރަ ދުވަހުގެ ހެނދުނު 10:00 އަށް މިސެންޓަރަށް އަންދާސީހިސާބު ހުށަހެޅުން އެދެމެވެ. މަޢުލޫމާތު ސެޝަނަށް ހާޒިރުނުވެ، ފަހުން މަޢުލޫމާތު ކަރުދާސް ގެންދާ ފަރާތްތަކަށްވެސް އަންދާސީހިސާބު ހުށަހެޅުމުގެ ފުރުޞަތު ދެވޭނެއެވެ. ނަމަވެސް، އަންދާސީހިސާބު ބަލައިގަނެވޭނީ އެކަމަށް ކަނޑައެޅިފައިވާ ގަޑީގައި އެކަންޏެވެ.

 

ކޯސް

މާއްދާ

1

ބެޗެލަރ އޮފް އެޑިޔުކޭޝަން-ޕްރައިމަރީ

ފިޒިކަލް އެޑިޔުކޭޝަން

މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ސާފުކުރައްވަން ބޭނުންފުޅުނަމަ ރަސްމީ ގަޑީގައި 3345192 ނަންބަރު ފޯނަށް ގުޅުއްވުން އެދެމެވެ.

03 ޖުމާދަލްއާޚިރާ 1436

23 މާރިޗު 2015
ހޯދާ