ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އެސިސްޓަންޓް ކޭސް އޮފިސަރ (ގްރޭޑް 1)

މަޤާމް: އެސިސްޓަންޓް ކޭސް އޮފިސަރ (ގްރޭޑް 1)

ބޭނުންވާ ޢަދަދު: 01 (އެކެއް)

މުސާރަ: -/6,185 ރުފިޔާ

ލިވިންގ އެލަވަންސް: -/3,000 ރުފިޔާ

ރިސްކް އެލަވަންސް: -/1,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން: މާލެ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: 

  • ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އަލަށް ހުށައަޅާ މައްސަލަތައް، ލިޔުންތައް ތަރުތީބުކޮށް ފޯލިއޯ ނަންބަރު ލިޔެ ފޯލްޑަރަށް ލުމާއި މައްސަލައިގައި ހިމެނޭ މީހުންގެ ކުށުގެ ރެކޯޑް ސާފުކުރުމާއި، ސަސްޕެކްޓް ޑީޓެއިލްސް އެޑްކުރުމާއި، މައްސަލަތައް ވަކީލުންނާ ހަވާލުކުރުމާއި އެމައްސަލައަކާ ގުޅިގެން ކުރަންޖެހޭ އިތުރު އިދާރީ މަސައްކަތް ކުރުން.
  • އަލުން ހުށަހަޅާ މައްސަލަތައް ވަކީލުންނަށް ފޮތުގައިލިޔެ ހަވާލުކުރުން.
  • އަމުރު މައްސަލަތަކުގައި ނަންބަރުޖަހާއި ފޯލްޑަރއަށްލުމާއި، އަމުރު މައްސަލަތަކުގެ ރަޖިސްޓްރީއަށް ނެގުމާއި ވަކީލުންނާއި ހަވާލުކުރުން.
  • ކޯޓް މައްސަލަތާކައި ގުޅޭ ގޮތުން ދަޢުވާ ލިބޭ މީހުންގެ މައްސަލަތަކުގެ އަޕްޑޭޓްސް ބެލުން.
  • މައްސަލަތަކުގެ އަޑުއެހުންތަކާއި ގުޅިގެން ލިބޭ ކޯޓް އަމަރުތަކަށް ކޯޓު ހަމަޖެއްސުމާއި، ވަކީލުން ހަމަޖެއްސުމުގެ މަސައްކަތްކުރުން.
  • މައްސަލަތަކާއި އަދި ސެކްޝަން މަސައްކަތްތަކާއި ގުޅިގެން ހަމަޖައްސަންޖެހޭ ދަތުރުތަކުގެ މަސައްކަތްކުރުން.
  • ބިޔުރޯއިން ބޭނުންވާ މައްސަލަތައް ހޯދުން.
  • އައުމައްސަލަތަކަގައި ހިމެނޭ ބަންދު މީހުންގެ ލިސްޓް ތައްޔާރުކުރުން.
  • ސެކްޝަނަށް ކުށުގެ ރެކޯޑް ބެލުމަށް ލިސްޓެއް އަތުވެއްޖެނަމަ، ކުށުގެ ރެކޯޑް ބަލައި އެކަމުގައި ކުރަންޖެހޭ ކަންތައްތައް ކުރުން.
  • ޕީޖީގެ އެޕޮއިންޓްމަންޓަށް ހޯދަންޖެހޭ މައްސަލަތައް ހޯދުމަށްފަހު، ބިއުރޯއާއި ޙަވާލުކުރުން.
  • މަސް ނިމުމުން މަސްދުވަހުގެ ރިޕޯޓް ތައްޔާރުކުރުމަށް އެހީތެރިވެދިނުން.
  • ކޮންމެ އަހަރެއް ނިމުމުން އެއަހަރެއްގެ އަހަރީ ރިޕޯޓަށް ބޭނުންވާ މަޢުލޫމާތުގެ ތަފާސް ހިސާބު ތައްޔާރުކުރުމަށް އެހީތެރިވެދިނުން.
  • ޕްރޮސިކިއުޝަން ސަޕޯޓުގެ އެހެނިހެން މަސައްކަތާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތަކުގައި އެހީތެރިވެދިނުން.
  • މީގެ އިތުރުންވެސް އޮފީހުގެ މަސައްކަތާއި ގުޅިގެން ޙަވާލުކުރާ އެހެނިހެން މަސައްކަތްކުރުން.

ފެންވަރު ނުވަތަ ޝަރުޠު:  ޖީ.ސީ.އީ. އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، އެސް.އެސް.ސީ އިމްތިޙާނުން "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

އިތުރު އެލަވަންސް: މި މަޤާމަށް ލީގަލް ސަޕޯޓް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 35 އިންސައްތަ އާއި، ޙާޟިރީ އެލަވަންސްގެ ގޮތުގައި އޮފީހަށް ޙާޟިރުވާ ކޮންމެ ދުވަހަކަށް -/120 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ  ލިބޭނެއެވެ.

ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 8 ޖަނަވަރީ 2024 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.

ލިންކް: https://online.pgo.mv/applications/jobs

ނޯޓް:

1- މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

2- މި މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 9 ޖަނަވަރީ 2023 – 8 ފެބުރުވަރީ 2024 އާ ދެމެދު މާލޭގައެވެ.

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

1- ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުންނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ކޮޕީ) ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

2- މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

3- ވަނަވަރު

4- ދރއ. ކާޑުގެ ކޮޕީ

5- ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން

 

14 ޖުމާދަލްއާޚިރާ 1445

 

27 ޑިސެންބަރު 2023
ހޯދާ