ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

މަޤާމް: އެސިސްޓަންޓް އެޑްމިނިސްޓްރޭޓިވް އޮފިސަރ (ވަގުތީ)

ބޭނުންވާ ޢަދަދު: 01 (އެކެއް)

ބޭނުންވާ މުއްދަތު: 06 މަސް

އުޖޫރަ: ގަޑިއަކަށް -/60 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ވަގުތު: ދުވާލަކު 7 ގަޑިއިރު

މަސައްކަތް ކުރަންޖެހޭ ތަން: މާލެ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު: 

1- ސަރުކާރުގެ އޮފީސްތަކުންނާއި މުއައްސަސާތަކުން ރެކޯޑު ސާފުކުރުމަށް ފޮނުވާ ސިޓީތަކާއި ފޯމުތަކަށް ޖަވާބު ތައްޔާރުކުރުމަށްފަހު ފޮނުވުން.

2- މި ސެކްޝަނުން ޑިސްޕެޗްކުރެވޭ ސިޓީތަކުގެ ރަޖިސްޓްރީ އަޕްޑޭޓްކުރުމާއި ރެކޯޑު ބެލެހެއްޓުމުގައި އެހީތެރިވެދިނުން.

3- އާންމު ފަރާތްތަކުން ގެންނަ ކުށުގެ ރެކޯޑު ފޯމު ދުވަހުން ދުވަހަށް ސާފުކުރުމަށްފަހު އެފަރާތްތަކާއި ޙަވާލުކުރުމުގައި އެހީތެރިވެދިނުން.

4- ކުށުގެ ރެކޯޑު ސާފުކުރުމަށް އާންމު ފަރާތްތަކުން ހުށަހަޅާ ސިޓީތަކަށް ރެކޯޑު ސާފުކޮށްދިނުމުގައި އެހީތެރިވެދިނުން.

5- ކުށުގެ ރެކޯޑު ސާފުކޮށްދެވޭ ފޯމުތަކުގެ ތަފާސްހިސާބު ދުވަހުން ދުވަހަށް އަޕްޑޭޓްކުރުމުގައި އެހީތެރިވެދިނުން.

6- މިއޮފީހުގެ ފައިލިންގ ސިސްޓަމް ޤާއިމުކުރުމުގެ މަސައްކަތްކޮށް، އޮފީހުގެ ހުރިހާ ރެކޯޑުތަކެއް ތަރުތީބުން އާކައިވްކުރުމުގެ އެންމެހައި މަސައްކަތްކުރުމުގައި އެހީތެރިވެދިނުން.

7- އޮފީހުގެ މަސައްކަތްތަކާ ގުޅިގެން އެއްކުރަންޖެހޭ ތަފާސްހިސާބު އެއްކުރުމުގެ އެންމެހައި މަސައްކަތްކުރުން.

8- އޮފީހުން އާންމުކުރަން ބޭނުންވާ ތަފާސްހިސާބުތައް ތައްޔާރުކުރުމުގެ އެންމެހައި މަސައްކަތްކުރުން.

9- މީގެ އިތުރުންވެސް އޮފީހުގެ މަސައްކަތާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތެއް ކުރުން.

ފެންވަރު ނުވަތަ ޝަރުޠު:  ޖީ.ސީ.އީ. އޯ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، އެސް.އެސް.ސީ އިމްތިޙާނުން "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 8 ޖަނަވަރީ 2024 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.

ލިންކް: https://online.pgo.mv/applications/jobs

ނޯޓް:

1- މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

2- މި މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 9 ޖަނަވަރީ 2023 – 8 ފެބުރުވަރީ 2024 އާ ދެމެދު މާލޭގައެވެ.

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

1- ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުންނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ކޮޕީ) ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

2- މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

3- ވަނަވަރު

4- ދރއ. ކާޑުގެ ކޮޕީ

5- ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން

                      14 ޖުމާދަލްއާޚިރާ 1445

 

 

27 ޑިސެންބަރު 2023
ހޯދާ