މޯލްޑިވްސް ޕޯޓްސް ލިމިޓެޑް
ދިވެހިރާއްޖެ
މި ކުންފުނިންދޭ މައުލޫމާތާއި އެއްގޮތަށް، އެމްޕީއެލް ތިލަފުށީ ސައިޓްގައި ސްޓާފް އެކަމަޑޭޝަންއަކާއި، އޮފީސް އަދި ވޯކްޝޮޕެއް ޑިޒައިންކޮށް އަޅައިދޭނެ ފަރާތެއް ހޯދުމާއި ގުޅޭ.

ނޯޓް: މި އިއުލާން ޕަބްލިޝް ކުރެވުނީ 24 ޑިސެމްބަރ 2023 ވަނަ ދުވަހު އަދި އިއުލާންގައި ވާ ކުށެއް އިސްލާހްކުރެވިފައި އަލުން ޕަބްލިޝްކުރެވިފައި.

    މި ކުންފުނިންދޭ މައުލޫމާތާއި އެއްގޮތަށް، އެމްޕީއެލް ތިލަފުށީ ސައިޓްގައި ސްޓާފް އެކަމަޑޭޝަންއަކާއި، އޮފީސް އަދި ވޯކްޝޮޕެއް ޑިޒައިންކޮށް އަޅައިދޭނެ ފަރާތެއް ހޯދަން ބޭނުންވެއެވެ.

         ވީމާ، މި މަސައްކަތް ކޮށްދެއްވުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން ތާވަލުގައިވާ ކަނޑައެޅިފައިވާ ތާރީޚަށް އަންދާސީ ހިސާބު ހުށަހެޅުއްވުން އެދެމެވެ.

1.

 ބިޑްގައި ރަޖިސްޓަރ ވުން

 

27 ޑިސެމްބަރ 2023 ވާ އަންގާރަ ދުވަހުގެ 13:00 ގެ ކުރިން މި ލިންކުން (ބިޑްގައި ރަޖިސްޓަރވުމަށް އެދޭ ފޯމް) ފިލްކުރުން.

 (ބިޑުގައި ރަޖިސްޓަރ ވާ ފަރާތްތަކަށް ޕްރޮޖެކްޓާއި ގުޅޭ މައުލޫމާތު އީމެއިލްގެ ޒަރިއްޔާއިން ހިއްސާކުރެވޭނެއެވެ. އަދި އިތުރު މައުލޫމާތު ބޭނުންފުޅުވާނަމަ އީމެއިލްގެ ޒަރިއްޔާއިން އިތުރު މައުލޫމާތަށް ރިކުއެސްޓް ކުރުމުން މައުލޫމާތު ހިއްސާ ކުރެވޭނެއެވެ.)

2.

އަގު ހުށަހެޅުމުގެ ސުންގަޑި އާއި ހުށަހަޅާނެ ގޮތް

10 ޖަނަވަރީ 2024 ވާ ބުދަ ދުވަހުގެ 13:00 އަށް އެމްޕީއެލް ހެޑްއޮފީހަށް

ވަޑައިގެން އަގު ހުށައެޅުއްވުން އެދެމެވެ.

 (ސުންގަޑީގެ ފަހުން ހުށަހެޅޭ ޕްރޮޕޯސަލްތައް ބަލައި ނުގަނެވޭނެއެވެ.)

 

3.

އަންދާސީ ހިސާބު ހުށަހަޅާއިރު ހުށަހަޅަން ޖެހޭ ލިޔުންތައް

އަގު ހުށަހަޅާ ފޯމް، ޕްރޮޕޯސަލް

 

     މި ކުންފުނީގެ ބިޑްތަކަށް ރަޖިސްޓަރ ވުމުގެ ކުރިން، މި ކުންފުނީގެ ސަޕްލަޔަރ އެއްގޮތުގައި ސަޕްލަޔަރ ޕޯޓަލްގައި ރަޖިސްޓަރ ކުރަންވާނެއެވެ. ސަޕްލަޔަރ ޕޯޓަލް ގައި ރަޖިސްޓަރ ވުމަށް މި ލިންކް (ސަޕްލަޔަރ ޕޯޓަލް) އަށްގޮސް މައުލޫމާތުތައް ފުރިހަމަ ކުރެއްވުން އެދެމެވެ.

         އަދި މި އިޢުލާނާއި ގުޅިގެން އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް ގުޅުއްވާނީ: 3039255 އެވެ.

27 ޑިސެންބަރު 2023
ހޯދާ