ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އެޑްމިނިސްޓްރޭޓިވް އޮފިސަރ

އިޢުލާން

މިއިދާރާގެ، ތިރީގައިމިވާ މަޤާމަށް މީހަކު ބޭނުންވެއްޖެއެވެ.

މަޤާމް

އެޑްމިނިސްޓްރޭޓިވް އޮފިސަރ

މަޤާމުގެ ގިންތި:

ދާއިމީ

މަޤާމުގެ ރޭންކް

ޖީ. އެސް. 3 (ޖެނެރަލް ސަރވިސް 3)

ކުލެސިފިކޭޝަން:

އޮފިސަރ ގްރޭޑް 1

އޮފީސް/ އިދާރާ ޔުނިޓް:

ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލްގެ އިދާރާ / ކޯޕަރޭޓިވް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:

ތިލަދުންމަތީ އުތުރުބުރީ މާރަންދޫ ކައުންސިލް އިދާރާ

މުސާރަ:

4465.00 ރުފިޔާ

ސަރވިސް އެލަވަންސް:

1500.00 ރުފިޔާ

ބޭނުންވާ އަދަދު:

1 (އެކެއް)

މަޤާމުގެ ޝަރުޠުތައް:

1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑްރީ ސެޓްފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ" ގްރޭޑް ލިބިފައިވުން. ނުވަތަ؛

2- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 2 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

3- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަޤާމަށް ބޭނުންވާ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހު މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

4- ވަކިވަކި ދާއިރާތަކުގެ އޮނިގަނޑުތަކުގައި އެ ދާއިރާއަކުން ޖީ.އެސް 3 ގެ ރޭންކަށް ކަނޑައަޅާ ތަމްރީނެއް ހާސިލުކޮށްފައިވުން. ނުވަތަ؛

5- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ޙައްޤުވާ މާކުހެއް ލިބެމުންދިއުމާއެކު ، ޖީ، އެސް. 2 ގެ ރޭންކުގެ ޝަރުޠު ފުރިހަމަވެ، އެ ރޭންކުގައި މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 އަހަރުދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

6- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލުކަން ސާބިތުކޮށްދިނުމާއެކު، ޖީ. އެސް. 3 ގެ ރޭންކު ނުވަތަ އެއަށްވުރެ މަތީ ރޭންކަކާ އެއްފެންވަރުގެ މަޤާމެއްގައި، މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއެއްގައި 3 އަހަރު ދުވަހު އުޅެ ތަޖުރިބާ ލިބިފައިވުން ނުވަތަ މަޤާމުގެ މަސައްކަތާގުޅޭ ދާއިރާއެއްގެ އެފެންވަރުގެ މަޤާމެއްގައި މަސައްކަތްކުރަމުންދާ މީހެއްކަމުގައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

މައިގަނޑު މަސައްކަތްތައް:

1. ރިސެޕްޝަން ކައުންޓަރު ބެލެހެއްޓުމާއި، އެޕޮއިންޓްމަންޓްތައް ހަމަޖެއްސުން.

2. އިދާރާއާއި، އިދާރާއާ ގުޅިފައިވާ ތަންނަނަށް ބޭނުންވާ ތަކެތީގެ ކޯޓޭޝަން ހޯދައި، ފޯމުތައް ހަދައި، އޯޑަރުކުރުން.

3. ފައިސާ ބަލައިގަތުން.

4. ފައިސާގެ ރަޝީދު ލިޔުން/ ފައިސާ ބަލައިގަތުން.

5. ލިބޭ ފައިސާ، ދުވަހުގެ ފޮތަށް އެރުވުމާއި، ތިޖޫރީއަށް ޖަމާކުރުމާއި، އައިޓަމް ބާކީއަށް ނެގުން.

6. ޚަރަދު ވައުޗަރ ތައްޔާރުކުރުން.

07- ވައުޗަރ ރަޖިސްޓްރީ ބެލެހެއްޓުން

8. ޗެކް ހަވާލުކުރުމާއި، ޗެކް ރަޖިސްޓްރީ ބެލެހެއްޓުން.

9. އިދާރާއަށް ލިބޭ އާމްދަނީގެ ފައިސާ ފޮނުވަންޖެހޭ ފަރާތްތަކަށް ފޮނުވުން.

10. ބަޖެޓާ ނުބެހޭ ފައިސާގެ ހިސާބުތައް ލިޔެ ބެލެހެއްޓުން.

11- ފައިސާއާ ގުޅޭ ރިޕޯޓްތައް ތައްޔާރުކުރުން.

12. ޒަކާތާބެހޭ ކަންތައްތައް.

(ހ) ފަގީރުންނާއި މިސްކީނުންގެ ލިސްޓް ތައްޔާރުކުރުމާއި، ލިސްޓް ފޮނުވަންޖެހޭ ދާއިރާތަކަށް ފޮނުވުން.

(ށ) ފަގީރުންނާއި މިސްކީނުންނަށް ބަހަން ލިބޭ ފައިސާ، މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒުން ނުވަތަ ކަމާގުޅޭ ދާއިރާއަކުން އަންގަވާ ގޮތެއްގެމަތިން ބެހުން.

(ނ) ފައިސާ ހަވާލުކުރިގޮތުގެ ލިޔުން ފޮނުވަންޖެހޭ އިދާރާތަކަށް ފޮނުވުން.

13- ފައިސާ ހަވާލުކުރަންޖެހޭ ފަރާތްތަކަށް ފާއިސާ ހަވާލުކުރުން

14- ކޮންމެ މަހެއް ނިމުމުން،  އެ މަހެއްގެ 2،1 ގެ ރިޕޯޓްތައް ތައްޔާރުކުރުން.

(ހ) ތިޖޫރީ ރިޕޯޓް

(ށ) މުވައްޒަފުންގެ ހާޒިރީ ރިޕޯޓް

15- އިދާރާއިން ފޮނުވަންޖެހޭ ސިޓީ، މެސެޖް، ލިޔުން ތައްޔާރުކުރުމާއި، ފޮނުވުމާއި، ފެކްސް ކުރުމާއި، މެއިލް ކުރުން.

16- މުވައްޒަފުންގެ ހާޒިރިއާއި ޗުއްޓީއާއި ސަލާމުގެ ކަންކަން ބެލެހެއްޓުން.

(ހ) ހާޒިރީ ފޮތް މުވައްޒަފުން ސޮއިކުރުމަށް ތައްޔާރުކުރުން.

(ށ) މަސްނިމުމުން ހާޒިރީ ރިޕޯޓް ތައްޔާރުކުރުން.

(ނ) ސަލާމުގައި ނުވަތަ ޗުއްޓީގައި ނުވަތަ އިދާރާގެ ބޭނުމަށް ރަށުންބޭރުގައި ނުވަތަ ހާޒިރުނުވާ މުވައްޒަފުން ޤަވާއިދުން ހާޒިރީގައި ރެކޯޑް ކުރުން.

(ރ) މުވައްޒަފުންގެ ޗުއްޓީ ޗިޓް ތައްޔާރުކޮށް ހަވާލުކުރުން.

17- އިދާރާއިން ހަވާލުކުރަންޖެހޭ ތަކެތި ހަވާލުކުރުން.

18- ކައުންސިލް އިދާރާއިން ކުރާ ދަތުރުތައް ހަމަޖެއްސުން.

19- މުއާސަލާތާބެހޭ ތަކެއްޗާއި، މެޝިނަރީއާއި، އިމާރާތް މަރާމާތުކޮށް ބެލެހެއްޓުން.

20- އިދާރާގެ ކޮންޕިއުޓަރުތަކަށް ބޭނުންވާ ސޮފްޓްވެއަރ ޕްރޮގުރާމްތައް ހޯދުން.

21- ކުރިއަށް އޮންނަ އަހަރަށް ލަފާކުރާ ބަޖެޓުގައި ހިމަނަންޖެހޭ މަޢުލުމާތުތައް ޗެކްކުރުމަށްފަހު، ބަޖެޓް ތައްޔާރުކޮށް ފޮނުވަންޖެހޭ މުއްދަތުގައި ފޮނުވުން.

22- ފައިލް ކުރުން.

23- މުވައްޒަފުން ލެއްވުމާއި، ބަދަލުކުރުމާއި، ވަކިކުރުމާބެހޭ ކަންތައްތައް ބެލެހެއްޓުން.

(ހ) މަޤާމުތަކަށް ބޭނުންވާ މީހުން ހޯދުމަށް HRMD ކޮމެޓީން ނިންމާ ގޮތެއްގެމަތިން ހުށަހަޅަންޖެހޭ ފަރާތްތަކަށް ހުށަހެޅުން.

(ށ) ވަޒީފާއަށް އެދޭ ފަރާތްތަކަށް ފޯމް ދޫކުރުމާއި ފޯމް ބަލައިގަތުން.

(ނ) ވަޒީފާ ބަދަލުކުރުމާއި، މަޤާމުގެ ކުރިއެރުން ދިނުމާއި، ވަޒީފާއިން ދޫކޮށްލުމަށް އިދާރީގޮތުން ކުރަންޖެހޭ މަސައްކަތްތައް ކުރުން.

(ރ) މުވައްޒަފުންނަށް ބޭނުންވާ ކުރިއެރުން ހޯދުމަށް ފޮނުވަންޖެހޭ ލިޔުންތައް ތައްޔާރުކޮށް ފޮނުވުން.

(ބ) ޚިދުމަތުގައި ތިބޭ މުވައްޒަފުންނަށް އިތުރަށް ޓްރޭނިންގ ދިނުމާބެހޭ ކަންތައްތައް ރާވައި ހިންގުން.

24- ފޮތްތަކުގައި ނަންކޮޅު ތަތްކުރުމާއި، ގަނޑު ލެއްވުމާއި، ސެލޯފިން ލެއްވުމާއި، ފައިލްތަކުގައި ނަންކޮޅު ހަރުކުރުން.

25- ރަށުގެ ތަރައްޤީއަށްޓަކައި ކުރާ މަސައްކަތްތަކުގައި ޢަމަލީގޮތުން ބައިވެރިވުން.

26- މީގެ އިތުރުން، ދިވެހި ސިވިލް ސަރވިސްގެ ޤާނޫނާއި ޤަވާޢިދުތަކާ އެއްގޮތްވާ ގޮތުގެމަތިން، ވެރިން އަންގަވާ، އިދާރާގެ މަސައްކަތްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

* ލިބިފައިވާ ތަޢުލީމާއި ތަމްރީން.

* ލިބިފައިވާ މަސައްކަތުގެ ތަޖުރިބާ.

* ލިބިފައިވާ މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލްކަމުގެ ސިފަތައް.

އިންޓަވިއު ބާއްވާނެ ތަނާއި ތާރީޚު:

13 އޭޕްރީލް 2015 އާއި 16 އޭޕްރީލް 2015 އާ ދެމެދު މާރަންދޫ ކައުންސިލް އިދާރާގައެވެ. ވުމާއެކު، ވަޒީފާއަށް ކުރިމަތިލާ ފަރާތްތަކުން، އެ ތާރީޚުތަކުގައި އިންޓަވިއުއަށް ތައްޔާރުވެގެން ތިބުން އެދެމެވެ. (ވަޒީފާއަށް ޝަރުޠު ހަމަވާ ފަރާތްތަކަށް، އިންޓަވިއު އޮންނާނެ ތާރީޚާއި ގަޑި ލިޔުމަކުން އެންގޭނެއެވެ.)

މަޤާމަށް އެދެންވީ ގޮތާއި ސުންގަޑި:

މި މަޤާމަށް ކުރިމަތިލުމަށް ބޭނުންވާ ފަރާތްތަކުން، "ސިވިލް ސަރވިސްގެ ވަޒީފާއަށް އެދޭ ފޯމް" ފުރިހަމަކުރުމަށްފަހު، 2015 އެޕްރީލް 12 ވާ އާދީއްތަ ދުވަހުގެ 14.30 ގެކުރިން، ވަޒީފާއަށް އެދޭ ފޯމާއި، އެ ފޯމާ ގުޅޭ ލިޔުންތައް، މާރަންދޫ ކައުންސިލްގެ އިދާރާއަށް ހުށަހެޅުން އެދެމެވެ. މި ފޯމް މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.

އުޖޫރައާއި ޢިނާޔަތްތައް:

1- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ޚިދުމަތް.

2- ދިވެހިރާއްޖޭގެ ޕެންޝަނާބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ކޮންޓްރިބިއުޝަން.

3- ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި އެހެނިހެން ޢިނާޔަތްތައް

ހުށަހަޅަންޖެހޭ ލިޔުންތައް:

1- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (މި ފޯމު، މި އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ.)

2- ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފު ވަޒީފާ އަދާކުރާ އޮފީހުގެ ލިއުމެއް.

3- މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީން ފެންވަރު ބަލާފައިވާ ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ. (އެކްރެޑިޓްކޮށްފައިވާ ސެޓްފިކެޓްގެ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމާއެކު، ކޯހުން ލިބޭ ސެޓްފިކެޓް ވަކިފެންވަރެއްގައި އެކްރެޑިޓް ކުރެވޭނެކަމަށް މޯލްޑިވްސް ކޮލިފިކޭޝަން އެތޯރިޓީން ދޫކޮށްފައިވާ ލިޔުމުގެ ކޮޕީ.)

4- ލިބިފައިވާ ތަޖުރިބާ ދަލީލްކޮށްދޭ ލިޔުންތަކުގެ ކޮޕީ (މަސައްކަތްކުރި ތަންތަނުން، މަސައްކަތްކުރި މުއްދަތާއި، މަޤާމާއި، މަސްއޫލިއްޔަތު ބަޔާންކޮށްފައިވާ)

5- ފުރިހަމަކޮށްފައިވާ ކުރު މުއްދަތުގެ ކޯސްތަކާއި ތަމްރީނުތަކުގެ ސެޓްފިކެޓްތަކުގެ ކޮޕީ.

6- ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހިރާއްޖޭގެ ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނެ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

7- ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލުމާތު ސާފުކުރުމަށް ގުޅާނީ، މި އިދާރާގެ 6500029 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6500061 އެވެ.

                     މިހެންވެ، މިކަން އާންމުކޮށް އަންގައި އިޢުލާންކުރީމެވެ.

3 ޖުމާދަލްއާޚިރާ 1436

23 މާރިޗު 2015
ހޯދާ