މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ.
ދިވެހިރާއްޖެ
ސެޓިފައިޑް އިންޖިނިއަރުން ހޯދުމަށް

ރާއްޖޭގެ ކަންކޮޅުތަކުގައި އެމް.ޓީ.ސީ.ސީ ތަމްސީލުކުރާ އިންޖިނިއަރުންތަކެއް ކަނޑައެޅި، އިންޖިނިއަރުން މެދުވެރިކޮށް ކަސްޓަމަރުންނަށް ދެމުންގެންދާ ޚިދުމަތްތައް ފުޅާކޮށް، ކުންފުނިން ވިއްކަމުންގެންދާ އާލާތްތައް އިތުރަށް ވިއްކުމަށް ބާރުއެޅުމަށްޓަކައި ސެޓިފައިޑް އިންޖިނިއަރުން ހޯދުމަށް ބޭނުންވެއެވެ. މިއިންޖިނިއަރުންނަކީ ކުންފުނީގެ މުވައްޒަފުން ނޫންކަމާއި މިފަރާތްތައް ވާނީ ކަނޑައެޅޭ އަތޮޅުތަކުގައި ކުންފުނި ތަމްސީލުކުރާ ފަރާތްތަކެއްގެ ގޮތުގައެވެ.

  • ސެޓިފައިޑް އިންޖިނިއަރުން ހަމަޖެއްސުމަށް ހަމަޖެހިފައިވާ އަތޮޅު:

އަތޮޅު

ށ

މ

ތ

ސ

  

 

 

  • ސެޓިފައިޑް އިންޖިނިއަރުން ހޮވުމުގައި ބެލޭނެ ކަންތައް:
    • އިންޖިނިއަރުންގެ އުމުރަކީ 18 (އަށާރަ) އަހަރާއި 65 (ފަސްދޮޅަސް ފަސް) އަހަރާ ދެމެދުގެ އުމުރު
    • އެންމެ މަދުވެގެން އިންޖިނިއަރުންގެ ކިބައިގައި 3 (ތިން) އަހަރު ދުވަހުގެ ޢަމަލީ ތަޖުރިބާ ހުރުން.
    • އިންޖިނިއަރެއްގެ ގޮތުގައި ފުލްޓައިމްކޮށް އުޅޭ ފަރާތަކަށްވުން
    • ވާރކްޝޮޕެއް ނުވަތަ އެފަދަ ވަސީލަތްތަކެއް ހުރި ފަރާތްތަކަށް އިސްކަންދެވޭނެ
    • އިންބޯޑް އަދި އައުޓްބޯޑް މިދެބާވަތުގެ އިންޖީނު މަރާމާތުކުރަން ދަންނަ ފަރާތްތަކަށް އިސްކަންދެވޭނެ

ވީމާ، މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން އެމްޓީސީސީ ސޭލްސް އެންޑް މާކެޓިންގ ޑިޕާޓްމަންޓުން ދޫކުރާ އެޕްލިކޭޝަން ފޯމު ފުރުއްވުމަށްފަހު 30 މާރިޗު 2015 ވާ އާދީއްތަ ދުވަހުގެ 14:00 ގެ ކުރިން، އަތޮޅުތަކުގައި ދިރިއުޅުއްވާ ފަރާތްތަކުން އެރަށެއްގެ ކައުންސިލް އިދާރާތަކަށް ނޫނީ މިއިދާރާ އަށް ހުށަހެޅުއްވުން ނުވަތަ 3314050 މިނަންބަރަށް ފެކްސް ކުރެއްވުން ނުވަތަ [email protected] އީމެއިލް ކުރެއްވުން އެދެމެވެ. ސެޓިފައިޑް އިންޖިނިއަރުންކަމަށް އެދި ހުށަހަޅާ ފޯމު އެމްޓީސީސީގެ ވެބްސައިޓް (www.mtcc.com.mv) އިން ޑައުންލޯޑް ކުރެވެން ހުންނާނެއެވެ މީގެ އިތުރުން މިފޯމު ރަށްރަށުގެ ކައުންސިލް އިދާރާތަކުންނާއި ކަށަވަރު ޝޯރޫމުންވެސް ލިބެން ހުންނާނެ ވާހަކަ ދެންނެވީމެވެ. އިތުރު މަޢުލޫމާތު ހޯއްދެވުމަށް 7908484 އާ ގުޅުއްވުން އެދެމެވެ.

04 ޖުމާދަލްއާޚިރާ 1436

24 މާރިޗު 2015
ހޯދާ