ފެލިދެއަތޮޅު ރަކީދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ޓީވީގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުން

ވ. ރަކީދޫގައި ޓީ.ވީގެ ޚިދުމަތްދޭނެ ފަރާތެއް ހޯދުމާއި ގުޅޭ

               ވ. ރަކީދޫ  ރައްޔިތުންނަށް ދަތިނުވެ، މީޑިއާ ނެޓުން ދޫކުރާ ހުރިހާ ޗެނަލްތަކާކާއިއެކު މި ރަށުގައި ޓީވީގެ ޚިދުމަތް ފޯރުކޮށްދޭނެ ފަރާތެއް ހޯދުމަށް ވަނީ ބޭނުންވެފައެވެ. އެހެންކަމުން މިކަމަށް ޝައުޤުވެރިވެލައްވާ ފަރާތްތަކުން ތިރީގައި މި ދަންނަވާ ލިޔުންތަކާއެކު މި އިދާރާއަށް 10 ޖަނަވަރީ 2024 ވާ (ބުދަ) ދުވަހުގެ 13:00ގެ ކުރިން ހުށަހަޅައި ދެއްވުން އެދެމެވެ.

ހުށަހަޅަން ޖެހޭ ތަކެތި؛

-        ވިޔަފާރި ރަޖިސްޓްރޭޝަން ކޮޕީ

-        ޖީއެސްޓީ ރަޖިސްޓްރޭޝަން ކޮޕީ

-        ވެރިފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީ

މި ކަމާއި ގުޅޭގޮތުން ބާއްވާ މަޢުލޫމާތު ދިނުމުގެ ބައްދަލުވުން އޮންނާނީ 04 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުމެންދުރު 13:00 ގައި ޒޫމް ލިންކް މެދުވެރިކޮށެވެ. އީ މެއިލް މެދުވެރިކޮށް ބީލަމުގައި ރަޖިސްޓްރީވުމަށް ބޭނުންވާނަމަ އެކަމަށް އެދޭ ފޯމް މެއިލް ކުރާނީ 04 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން  [email protected] އަށެވެ. އިޢުލާނާއި އެކު ބީލަމުގައި ރޖިސްޓްރީވުމަށްއެދޭ ފޯމް ގެޒެޓް ކުރެވިފައިވާނެއެވެ. ބީލަން ހުށަހަޅަން އޮންނަ ގަޑީގެފަހުން ހުށަހަޅާ ބީލަމާއި، ބީލަމުގައި ރަޖިސްޓްރީވުމަށް ދެވިފައިވާ މުއްދަތުގައި ރަޖިސްޓްރީ ނުކުރާ ފަރާތްތަކުން ހުށަހަޅާ އަންދާސީ ހިސާބުތަށް ބަލައި ނުގަނެވޭނެ ވާހަކަވެސް ދެންނެވީމެވެ. އިތުރު މައުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން ރަސްމީ ގަޑީގައި މިކައުންސިލްގެ ނަންބަރ 6700602 ނަންބަރ ފޯނާ ގުޅުއްވުން އެދެމެވެ.

ވީމާ، މިކަން އާއްމުކޮށް އެންގުމަށްޓަކައި އިޢުލާންކުރީމެވެ.

27 ޑިސެންބަރު 2023
ހޯދާ