ފެނަކަ ކޯޕަރޭޝަން ލިމިޓެޑް
ދިވެހިރާއްޖެ
ސީނިއަރ އޮފިސަރ (ހެޑް އޮފީސް / މާލެ)

ނަންބަރު:FNK/A/IUL/2023/205   

ވަޒީފާގެ ފުރުޞަތު

މިކުންފުނީގެ ހެޑްއޮފީހަށް ތިރީގައި މިދަންނަވާ މަޤާމަށް މީހުން ހޯދުމަށް ބޭނުންވެއެވެ.

ސީނިއަރ އޮފިސަރ  

މަޤާމް:

02 (ދޭއް)    

ބޭނުންވާ އަދަދު:

ސެކްރެޓޭރިއެޓް ޑިޕާޓްމަންޓް

ޑިޕާޓްމަންޓް:

ހެޑް އޮފީސް / މާލެ  

މަސައްކަތް ކުރަންޖެހޭތަން:

10000ރ. އާއި 15000ރ. ދެމެދު   

މުސާރަ ރޭންޖު:

(ހ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، ސާނަވީ އިމްތިޙާނަކުން މަޤާމަށް ބޭނުންވާ ދާއިރާއާއި ގުޅޭ 2 (ދޭއް) މާއްދާއިން ދަށްވެގެން "ޑީ" ގްރޭޑް ލިބިފައިވުމާއިއެކު، ސެކަންޑްރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން، ނުވަތަ

(ށ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއިއެކު، މަސައްކަތުގެ ފެންވަރު ބެލުމުގެ ނިޒާމުން ވަޒީފާގެ ކުރިއެރުން ހައްޤުވާ މާރކްސްއެއް ލިބެމުން ދިއުމާއިއެކު، ޖީ.އެސް 2 (ދޭއް) ރޭންކުގެ ޝަރުތު ފުރިހަމަވެ، އެރޭންކުގައި މަޤާމުގެ މަސައްކަތާއި ގުޅޭ ދާއިރާއެއްގައި މަދުވެގެން 3 (ތިނެއް) އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ ލިބިފައިވުން، ނުވަތަ

(ނ) މަޤާމުގެ މަސައްކަތް ކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތު ކޮށްދިނުމާއި އެކު، ޖީ.އެސް 3 (ތިނެއް) ރޭންކް ނުވަތަ އެއަށްވުރެ މަތީ ރޭންކަކާއި އެއްފެންވަރުގެ ރޭންކެއްގައި، މަޤާމުގެ މަސައްކަތާއިގުޅޭ ދާއިރާއެއްގައި މަސައްކަތް ކުރަމުންދާ މީހެއް ކަމުގައިވުން.

(ރ) އުމުރާއި ސިއްހަތުގެ ގޮތުން އެކަށީގެންވާ، ގިނަ ވަގުތު މަސައްކަތުގައި އުޅެވޭނެ މުރާލި މީހަކު ކަމުގައިވުން.

ފެންވަރު ނުވަތަ ޝަރުތު:

  • ކުންފުންޏަށް އަންނަ ސިޓީ އަދި ކުންފުނިން އެކި ފަރާތްތަކަށް ފޮނުވާ ސިޓީތައް ސްކްރީންކޮށް، ސިޓީ ހަވާލުކުރަންޖެހޭ ޑިޕާޓްމަންޓަށް ސިޓީ ހަވާލުކުރުމާއި ޑިޕާޓްމަންޓަށް އަންނަ ސިޓީ ތަކަށް ޖަވާބުދޭތޯ ޗެކްކުރުން.
  • ކުންފުނީގެ ސިއްރު ލިޔުންތައް ރައްކާތެރިކަމާއިއެކު ބެލެހެއްޓުން އަދި ގަވާއިދުން ފައިލްކުރުން.
  • މެނޭޖިންގ ޑިރެކްޓަރ އެހެން ޑިޕާޓްމަންޓްތަކަށް ހަވާލުކުރައްވާ ހާއްސަ މަސައްކަތްތައް މޮނީޓަރކުރުން.
  • ކުންފުނީގެ މެނޭޖްމަންޓުން ނިންމަވާ ނިންމުންތައް ސަރކިއުލަރގެ ޒަރިއްޔާއިން މުވައްޒަފުންނަށް އެންގުން.
  • ޑިޕާޓްމަންޓްގެ އިތުރު އިދާރީ މަސައްކަތްތައް ކުރުން.
  • ކުންފުނީގައި ބޭއްވޭ ބައްދަލުވުންތަކުގެ އިންތިޒާމް ހަމަޖެއްސުން.
  • ކުންފުނީގައި އުފައްދާފައިވާ އެކިއެކި ކޮމެޓީތަކުގެ ސެކްރިއޭޓް މަސައްކަތް ބެލެހެއްޓުން (ބައްދަލުވުން ހަމަޖެއްސުން އަދި ބައްދަލުވުމުގެ ޔައުމިއްޔާ ބެލެހެއްޓުން)
  • ޤައުމީ ފެންވަރުގައި ހިންގޭ ޙަރަކާތްތަކާއި، ފާހަގަ ކުރަމުންއަންނަ ދުވަސްތަކާއި، ޤައުމަށް ދިމާވެދާނެ ކާރިޘާ ފަދަ ކަންކަމުގައި ކުންފުނީގެ ފަރާތުން މުވައްޒަފުންގެ އެހީތެރިކަމަށް ބޭނުންވެއްޖެ ހިނދެއްގައި އެކަންކަމުގައި ޢަމަލީ ގޮތުން ބައިވެރިވުމާއިއެކު އެއްބާރުލުން ދިނުން.
  • ކުއްލި ޙާލަތްތަކުގައާއި އެނޫންވެސް ޙާލަތްތަކުގައި ހަމަޖެހިފައިވާ ޤަވާއިދުގެ ދަށުން އެހެން ރަށްރަށުގެ ބްރާންޗްތަކުގައި މަސައްކަތް ކުރަން ދިއުން.

ވަޒީފާގެ މަސްއޫލިއްޔަތުތައް:

ވަޒީފާއަށް އެދި ހުށަހަޅާ އެޕްލިކޭޝަން ފޯމް މި ކުންފުނީގެ ހެޑް އޮފީހުން (ޕޯޓް ކޮމްޕްލެކްސް، 7 ވަނަ ފަންގިފިލާ) އަދި ވެބްސައިޓް މެދުވެރިކޮށް ރަސްމީ ދުވަސްތަކުގެ 08:00 - 15:00 އަށް ލިބެންހުންނާނެއެވެ. ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ ފަރާތެއް ނެތްނަމަ އިންޓަރވިއުއާއި، ތަޢުލީމީ ފެންވަރަށާއި މަސައްކަތު ތަޖުރިބާއަށް ބަލައި، އެންމެ އެކަށީގެންވާ ފަރާތަކަށް ވަޒީފާ ހަމަޖައްސާ ދެވޭނެއެވެ.

ވީމާ، ޝައުޤުވެރިވެލައްވާ ފަރާތްތަކުން 03 ޖަނަވަރީ 2024 ވާ ބުދަ ދުވަހުގެ 15:00 ގެ ކުރިން ތިރީގައި މިވާ އެޑްރެހަށް ނުވަތަ އީމެއިލްއަށް އެޕްލިކޭޝަން ފޯމާއިއެކު ސީ.ވީ، އައިޑެންޓިޓީ ކާޑުގެ ކޮޕީ، ތަޢުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ އަދި 3 މަސް ނުވާ ކުށުގެ ރިކޯޑް ލިޔުމެއް (ޕީ.ޖީ.އޯ އިން ދޫކުރާ) ހުށަހެޅުއްވުން އެދެމެވެ. އެޕްލިކޭޝަން ފޯމާއެކު ހުށަހަޅާ ލިޔެކިޔުންތަކުގެ ކޮންމެ ގަނޑެއްގެ ކަނާތްފަރާތުގެ ތިރީ ކަނުގައި ވަޒީފާއަށް ހުށަހަޅާ ފަރާތުގެ އިނގިލީގެ ނިޝާން އަދި އިނީޝިއަލް ސޮއި ޖައްސަވައި ދެއްވުން އެދެމެވެ.

ފެނަކަ ކޯޕަރޭޝަން ލިމިޓެޑް،

ޕޯރޓް ކޮމްޕްލެކްސް ބިލްޑިންގ، 7 ވަނަ ފަންގިފިލާ،

ހިލާލީމަގު/ މާލެ، 20307، ދިވެހިރާއްޖެ

އީމެއިލް އެޑްރެސް: [email protected]

ގުޅޭނެ ނަންބަރު: 3007555

ފެކްސް ނަންބަރު: 3327555

14 ޖުމާދަލްއާޙިރު 1445

27 ޑިސެމްބަރ 2023

27 ޑިސެންބަރު 2023
ހޯދާ