އިލެކްޝަންސް ކޮމިޝަން
ދިވެހިރާއްޖެ
މާލެ ސިޓީ ކައުންސިލްގެ މޭޔަރު، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުރު ދާއިރާ، މެދުހެންވޭރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު އިންތިޚާބު ކުރުމަށް ބާއްވަ ބައި-އިލެކްޝަން - ވޯޓު ފޮށިތަކުގެ ތެރެއިން ވޯޓުލާ ސަރަޙައްދުތަކާއި ވޯޓުފޮށި ބަހައްޓާ ތަނަށް އައިސްފައިވާ ބަދަލުތަކުގެ ތަފްޞީލް

(IUL)38-AC/38/2023/531 :ނަންބަރު

އިޢުލާން

މިކޮމިޝަނުގެ ނަންބަރު (IUL)38-AC/38/2023/503 ހަވާލާދީ ދަންނަވަމެވެ. 2024 ޖަނަވަރީ 13 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ މާލެ ސިޓީ ކައުންސިލްގެ މޭޔަރު، މާލެ ސިޓީ ކައުންސިލްގެ މާފަންނު ދެކުރު ދާއިރާ، މެދުހެންވޭރު ދާއިރާ، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު  އިންތިޚާބު ކުރުމަށް ބާއްވަ ބައި-އިލެކްޝަން އަދި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ބައި-އިލެކްޝަން 2024 ގައި ބެހެއްޓުމަށް އިޢުލާންކުރި ވޯޓު ފޮށިތަކުގެ ތެރެއިން ތިރީގައި މިދަންނަވާ ވޯޓު ފޮށިތަކުގެ ވޯޓުލާ ސަރަޙައްދު އަދި ވޯޓު ފޮށި ބަހައްޓާ ތަން އިޞްލާޙު ކުރެވިފައިވާތީ، މި ވޯޓުފޮށީގެ ކޯޑު، ވޯޓުފޮށީގެ ނަން، ވޯޓުލާ ސަރަޙައްދު އަދި ވޯޓުފޮށި ބަހައްޓާ ތަން ތިރީގައި މިދަންނަވަނީއެވެ.

ވޯޓުފޮށިބަހައްޓާ ރަށް/ތަން

ވޯޓުލާސަރަޙައްދު

ވޯޓުފޮށީގެނަން

ވޯޓުފޮށީގެކޯޑު

#

މާލެ،
 ޖަމާލުއްދީން ސްކޫލްގެ ހޯލުގެ ދެކުނު

މިފޮއްޓަށް ވޯޓުލާނީ މާލޭގެ، ނިކަގަސްމަގާއި މަޖީދީމަގާއި ގުޅޭ ނުކުތާއިން މަޖީދީމަގުން ހުޅަނގަށް، ދިލްބަހާރުމަގުން ދެކުނަށް، ކުދިރަތްމާގޯޅިން އިރަށް، ޗާންދަނީމަގުން ދެކުނަށް، ގުމްރީގޯޅިން އިރަށް، ނިކަގަސްމަގުން އުތުރަށް ގޮސް ނިކަގަސްމަގާއި މަޖީދީމަގާއި ގުޅޭ ނުކުތާއަށް ހުރި ގޭގޭގައި ރަޖިސްޓްރީވެފައިވާ މީހުންނާއި މައްޗަންގޮޅި މެދު ދާއިރާއަށް ނިސްބަތްވާ ދަފްތަރު ރަޖިސްޓްރީވެފައިވާ މީހުންނެވެ.

މައްޗަންގޮޅި މެދު-3

T11.3

1

މާލެ،
 ތާޖުއްދީން ސްކޫލްގެ ކްލާސް ރޫމް 4

މިފޮށްޓަށް ވޯޓުލާނީ ބޮޑުތަކުރުފާނުމަގާ ކަނބާއައިޝާރަނިހިނގުމާއި ގުޅޭނުކުތާއިން ކަނބާއައިޝާރަނިހިނގުމުން ދެކުނަށް، ހަވީރީހިނގުމުން އިރަށް، ގަނދަކޯޅިމަގުން އިރަށް، ހަނދުވަރީހިނގުމުން އުތުރަށް، ހަވީރީހިނގުމުން އިރަށް، ޗަނބޭލީމަގުން އިރަށް، ރަބީޢީހިނގުމުން އުތުރަށް، ހަވީރީހިނގުމުން އިރަށް، ނެރުމަތީހިނގުމުން އުތުރަށް، ބޮޑުތަކުރުފާނުމަގުން ހުޅަނގަށް ގޮސް ބޮޑުތަކުރުފާނުމަގާއި ކަނބާއައިޝާރަނިހިނގުން ގުޅޭ ނުކުތާއަށް ހުރި ގޭގޭގެ ރަޖިސްޓްރީވެފައިވާ މީހުންނާއި ހަނދުވަރީހިނގުމާއި ގަނދަކޯޅިމަގާ ގުޅޭ ނުކުތާއިން ގަނދަކޯޅިމަގުން ހުޅަނގަށް، ހަވީރީހިނގުމުން ހުޅަނގަށް، ކަނބާއައިޝާރަނިހިނގުމުން ދެކުނަށް، ފުލޫނިޔާމަގުން އިރަށް، ހަނދުވަރީހނގުމުން އުތުރަށް ގޮސް ހަނދުވަރީހިނގުމާއި ގަނދަކޯޅިމަގާއި ގުޅޭ ނުކުތާއަށް ހުރި ގޭގޭގެ ރަޖިސްޓްރީވެފައިވާ މީހުންނެވެ.

މާފަންނު ހުޅަނގު އުތުރު-1

T15.1

2

މާލެ،
 ތާޖުއްދީން ސްކޫލްގެ ކްލާސް ރޫމް 3

މިފޮށްޓަށް ވޯޓުލާނީ ޝާރިއުވަރުދީ އާއި ޗަނބޭލީމަގު ގުޅޭ ނުކުތާއިން ޗަނބޭލީމަގުން ހުޅަނގަށް، ހަވީރީހިނގުމުން ހުޅަނގަށް، ހަނދުވަރީހިނގުމުން ދެކުނަށް، ގަނދަކޯޅިމަގުން އިރަށް، ކަރނޭޝަންމަގުން ދެކުނަށް، ކުޅިދޮށުމަގުން އިރަށް، ޝާރިއުވަރުދީއިން އުތުރަށް ގޮސް ޝާރިއުވަރުދީއާއި ޗަނބޭލީމަގު ގުޅޭ ނުކުތާއަށް ހުރި ގޭގޭގެ ރަޖިސްޓްރީވެފައިވާ މީހުންނާއި އިރާކުމަގާއި ކަރނޭޝަންމަގާ ގުޅޭ ނުކުތާއިން ކަރނޭޝަންމަގުން ހުޅަނގަށް، ޝާރިއުވަރުދީއިން ދެކުނަށް، ކުޅިދޮށުމަގުން ހުޅަނގަށް، ކަރނޭޝަންމަގުން ދެކުނަށް، ކުއްޅަވަގޯޅިން އިރަށް، ޝާރިއުވަރުދީއިން ދެކުނަށް، މަޖީދީމަގުން އިރަށް، ފަރީދީމަގުން އުތުރަށް، ޖަހާމުގުރިގޯޅިން އުތުރަށް، ފުނަގޯޅިން އިރަށް، އިރާކުމަގުން އުތުރަށް ގޮސް އިރާކުމަގާއި ކަރނޭޝަންމަގާއި ގުޅޭ ނުކުތާއަށް ހުރި ގޭގޭގެ ރަޖިސްޓްރީވެފައިވާ މީހުންނެވެ.

މާފަންނު ހުޅަނގު އުތުރު-2

T15.2

3

މާލެ،
 ތާޖުއްދީން ސްކޫލް ހޯލްގެ މެދު

މިފޮށްޓަށް ވޯޓުލާނީ މަޖީދީމަގާއި ޝާރިއުވަރުދީއާއި ގުޅޭ ނުކުތާއިން ޝާރިއުވަރުދީއިން އުތުރަށް، ކުއްޅަވަގޯޅިން ހުޅަނގަށް، ކަރނޭޝަންމަގުން އުތުރަށް، ގަނދަކޯޅިމަގުން ހުޅަނގަށް، ހަނދުވަރީހިނގުމުން ދެކުނަށް، މުނިޔާމަގުން އިރަށް، ނެދުންގޯޅިން ދެކުނަށް، މަޖީދީމަގުން އިރަށް ގޮސް، މަޖީދީމަގާއި ޝާރިއުވަރުދީއާ ގުޅޭ ނުކުތާއަށް ހުރި ގޭގޭގެ ރަޖިސްޓްރީވެފައިވާ މީހުންނާއި މާފަންނު ހުޅަނގު އުތުރު ދާއިރާއަށް ނިސްބަތްވާ ދަފްތަރު ރަޖިސްޓްރީގައިވާ މީހުންނެވެ.

މާފަންނު ހުޅަނގު އުތުރު-3

T15.3

4

މާލެ،
 ހިރިޔާ ސްކޫލްގެ ކްލާސް ރޫމް (ވައިލެޓް ސްޓާރސް)

މި ފޮއްޓަށް ވޯޓު ލާނީ މާލޭގެ، ހަނދުވަރީހިނގުމާއި ސަބުދެލިމަގާއި ގުޅޭ ނުކުތާއިން ސަބުދެލިމަގުން ހުޅަނގަށް، ޝަޙީދުއަލީ ހިނގުމުން ދެކުނަށް، ބްލޫކިޔާމަގުން އިރަށް، ހަނދުވަރީހިނގުމުން އުތުރަށް ގޮސް، ހަނދުވަރީހިނގުމާއި ސަބުދެލިމަގާއި ގުޅޭ ނުކުތާއަށް ހުރި ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނާއި މާލޭގެ، އިއްޒުއްދީންމަގާއި މަޖީދީމަގާއި ގުޅޭ ނުކުތާއިން މަޖީދީމަގުން ހުޅަނގަށް، ކަނބާއައިޝާރަނި ހިނގުމުން ދެކުނަށް، އިރަމާމަގުން އިރަށް، ޝަޙިދުއަލީ ހިނގުމުން ދެކުނަށް، ސަބުދެލިމަގުން އިރަށް، އިއްޒުއްދީންމަގުން އުތުރަށް ގޮސް، އިއްޒުއްދީންމަގާއި މަޖީދީމަގާއި ގުޅޭ ނުކުތާއަށް ހުރި ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނެވެ.

މާފަންނު ހުޅަނގު-2

T16.2

5

މާލެ،
 ހިރިޔާ ސްކޫލް ސްކައުޓް ރޫމް

މިފޮށްޓަށްވޯޓުލާނީ މާލޭގެ ކޯރުކެނޑިމަގާއި އަމީނީމަގާއި ގުޅޭ ނުކުތާއިން ފެށިގެން ކޯރުކެނޑިމަގުން އުތުރަށް، އިސްކަންދަރުމަގުން ހުޅަނގަށް، ކޯރުކެނޑިމަގުން އުތުރަށް، އަލަމާގޯޅިން އުތުރަށް، މުއިވެޔޮމަގުން ހުޅަނގަށް، ޖަވާހިރުމަގުން ދެކުނަށް، އިސްކަންދަރުމަގުން ހުޅަނގަށް، ހިލާލީ މަގުން ދެކުނަށް، އަމީނީމަގުން އިރަށް ގޮސް އަމީނީމަގާއި ކޯރުކެނޑިމަގު ގުޅޭ ނުކުތާއަށް ހުރި ގޭގޭގެ ރަޖިސްޓްރީގައިވާ މީހުންނާއި މާލޭގެ އިސްކަންދަރުމަގާއި ޖަވާހިރުމަގާއި ގުޅޭ ނުކުތާއިން ފެށިގެން ޖަވާހިރުމަގުން އުތުރަށް، ދަކަނދާމަގުން ހުޅަނގަށް، އުނިގަސްމަގުން ދެކުނަށް، ނަސީމީހިނގުމުން ހުޅަނގަށް، ގުލްހަޒާރުގޯޅިން ދެކުނަށް، އިސްކަންދަރުމަގުން އިރަށް ގޮސް އިސްކަންދަރުމަގާއި ޖަވާހިރުމަގު ގުޅޭ ނުކުތާއަށް ހުރި ގޭގޭގެ ރަޖިސްޓްރިވެފައިވާ މީހުންނެވެ.

މާފަންނު ދެކުނު-1

T17.1

6

ވީމާ، މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ.

26 ޑިސެންބަރު 2023
ހޯދާ