ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ
ދިވެހިރާއްޖެ
ޔުނިވަރސިޓީ ކައުންސިލަށް މެންބަރަކު ހޯދުން

އިޢުލާން

ޔުނިވަރސިޓީ ކައުންސިލަށް މެންބަރަކު ހޯދުން:

ޤާނޫނު ނަންބަރު 2011/3 (ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ޤާނޫނު) ގެ 7 ވަނަ މާއްދާގައިވާ ގޮތުން، ޔުނިވަރސިޓީ ކައުންސިލަކީ ޔުނިވަރސިޓީ ހިންގާ އެންމެ އިސްފަރާތެވެ. މި ކައުންސިލްގައި ހިމެނިވަޑައިގަންނަވާ މެންބަރެއް ވަކިވެވަޑައިގަތުމާ ގުޅިގެން، މެންބަރުކަމަށް އެދިވަޑައިގެން ކުރިމަތިލެއްވުމަށް އެދި ދަޢުވަތު އަރުވަމެވެ. ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީ ޤާނޫނުގެ 11 ވަނަ މާއްދާގައި، މެންބަރުންގެ ޝަރުޠުތައް ބަޔާންކުރެވިފައި ވެއެވެ.

މެންބަރަކު ޢައްޔަނުކުރުމުގައި ރާއްޖޭގެ ސަލާމަތްތެރިކަމާއި ދިފާޢާބެހޭ ދާއިރާއިން ތަޖުރިބާއާއި ތަޢުލީމު ލިބިވަޑައިގެންފައިވާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

ވީމާ، މިކަމަށް ކުރިމަތިލައްވަން ބޭނުންފުޅުވާ ފަރާތްތަކުން، 2015 އޭޕްރިލް 9 ވާ ބުރާސްފަތި ދުވަހުގެ މެންދުރުފަހު 3:00 ގެ ކުރިން، ޔުނިވަރސިޓީ ކައުންސިލުގެ މެންބަރަކަށް ވެވަޑައިގަންނަވަން ބޭނުންފުޅުވާ ސަބަބު ބަޔާންކުރައްވައި، ވަނަވަރާއެކު ސިޓީ ފޮނުއްވުން އެދެމެވެ. ޔުނިވަރސިޓީއާބެހޭ ޤާނޫނު، ޔުނިވަރސިޓީ ވެބްސައިޓުން (www.mnu.edu.mvން) ނާއި، ދިވެހި ސަރުކާރުގެ ގެޒެޓުގެ 13 ވަނަ (17 ޖަނަވަރީ 2011ގެ) އަދަދުން ފެނިވަޑައިގަންނަވާނެއެވެ. އިތުރު މައުލޫމާތު ބޭނުންފުޅުވާ ފަރާތްތަކުން 3345125 އާ ގުޅުއްވުމުން މަޢުލޫމާތު ސާފުވެވަޑައިގަންނަވާނެއެވެ.

26 ޖުމާދަލްއޫލާ 1436

17 މާރިޗު 2015
ހޯދާ