މިލަދުންމަޑުލު ދެކުނުބުރީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
މަސްޖިދުއްނަޖާތުގެ ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރި އިޢުލާނުގެ މަޢުލޫމާތަށް ބަދަލުގެނެވި މުއްދަތު އިތުރުކުރުމާ ގުޅޭ

ނ. ކެނދިކުޅުދޫ / ކެނދިކޮޅު އަވަށު ، '' މަސްޖިދުއްނަޖާތު '' ގެ ބައެއް މަރާމާތުތައް ކޮށްދޭނެ ފަރާތެއް ހޯދުމަށް ކުރިން ކުރެވުނު އިޢުލާނު (ނަންބަރު (IUL)286-MP/286/2023/133)ގެ ބައެއް މަޢުލޫމާތުތަކަށް ބަދަލުގެނެވި، ކުރިން ކުރެވުނު އިޢުލާނުގެ މުއްދަތު އިތުރުކޮށް އަލުން އިޢުލާނު ކުރަމެވެ.

މި މަސައްކަތަށް ބީލަން ހުށަހެޅޭނީ، 2023 ޑިސެންބަރު 21 ވީ ބުރާސްފަތި ދުވަހުގެ 13:00ގައި ކެނދިކުޅުދޫ ކައުންސިލްގެ އިދާރާގައި ބޭއްވުނު މި މަސައްކަތުގެ މަޢުލޫމާތު ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ފަރާތްތަކަށް އެކަންޏެވެ.

މަސައްކަތަށް ގެނެވުނު ބަދަލުތައް :

މި މަސައްކަތަށް ބޭނުންވާ މައިގަނޑު ތަކެތި ފޯރުކޮށްދޭނީ ކެނދިކުޅުދޫ ކައުންސިލްގެ އިދާރާއިންނެވެ.

1-      މިސްކިތުގެ ފެންޑާ ބައިގެ ތަށިމުށި ބަދަލު ކުރުން

2-      މިސްކިތުގެ އިރުމަތީގެ ކޮޅުގެ ކުކުޅު އަހިކޮޅޫގެ ސީލިން ބަދަލު ކުރުން

3-      ވޯކްވޭގައި ހުރި ހުސްޖާގަތައް ފުރުމާއި ތަށިމުށި ބަދަލު ކުރުން

4-      މިސްކިތުގެ އިރުމަތީ ކޮޅު ބިތުގައި ތަށިމުށި ޖެހުން ( ސީލިންގާ ހަމައަށް )

5-      މިސްކިތުގެ ދެފަރާތު ފެންޑާގެ އެތެރެ ފާރުތަކުގެ ބިތުގައި މުށިޖެހުން ( ކުޑަ ދޮރުތަކުގެ އަރިމަތީކައިރިއާ ހަމައަށް ) 

6-      މިސްކިތުގެ ގުދަންބަޔާއި އިމާމު ކޮޓަރީގެ އެތެރޭގައި 5 ފޫޓް އުސްމިނަށް މުށިޖެހުން

މިސްކިތުގެ ތަޅުމުގެ ކުރެހުމާއި މި މަސައްކަތުގެ މަޢުލޫމާތު ކަރުދާސް މި އިޢުލާނާ އެކު ގެޒެޓްކުރީމެވެ.

 

ބީލަން ހުށަހެޅުން :

މި މަސައްކަތުގެ ބީލަން ހުޅުވުން އޮންނާނީ 2023 ޑިސެންބަރު 31 ވާ އާދީއްތަ ދުވަހުގެ 11:00ގައި ކެނދިކުޅުދޫ ކައުންސިލް އިދާރާގެ މީޓިން ރޫމުގައެވެ.

ވީމާ، މިކަން ޢާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.

13 ޖުމާދަލްއާޚިރާ 1445

26 ޑިސެންބަރު  2023  

26 ޑިސެންބަރު 2023
ހޯދާ