އެންޓި-ކޮރަޕްޝަން ކޮމިޝަން
ދިވެހިރާއްޖެ
ނީލަން ކިޔުމާ ގުޅޭ

އިޢުލާނު

ނީލަން ކިޔުމާ ގުޅޭ

                                                ދައުލަތުގެ މުދާ އެއް އޮފީހުން އަނެއް އޮފީހަށް ބަދަލުކުރުމާއި، ބައުވެ ހަލާކުވެގެން ނުވަތަ ބޭނުންކުރެވެން ނެތިގެން ދައުލަތުގެ މުދާ ނީލަން ކިޔުމާއި ނައްތައިލުމުގައި ޢަމަލު ކުރާނެ ގޮތުގެ އުޞޫލުގެ ދަށުން، މި ކޮމިޝަނުގައި ބޭނުންކުރަމުން އައި ބައެއް ތަކެތި ނީލަމުގައި ވިއްކާލުމަށް ބޭނުންވެއެވެ. ވީމާ، މި ނީލަމުގައި ބައިވެރިވުމަށް ބޭނުންފުޅުވާ ފަރާތްތަކުން 04 ޖަނަވަރީ 2024 ވާ ބުރާސްފަތި ދުވަހު ހެނދުނު 11:00ގެ ކުރިން ސިޓީން އަގު ހުށަހެޅުއްވުމަށް ދެންނެވީމެވެ.  

            މި އިޢުލާނާއެކު ނީލަމުގައި ހިމެނޭ ތަކެތީގެ މަޢުލޫމާތާއި، ނީލަމުގައި ތަކެތި ވިއްކާލުމަށް ހަމަޖެހިފައިވާ އަގުގެ މަޢުލޫމާތު ޝީޓް އަދި ސިޓީން އަގު ހުށަހަޅާ ފޯމް އެއްހީރަސް ކުރެވިފައި ވާނެއެވެ. މިހެންވެ މިކަން ޢާންމުކޮށް އެންގުމަށްޓަކައި އިޢުލާން ކުރީމެވެ. އަދި މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރެއްވުމަށް މިކޮމިޝަނުގެ ނަންބަރު 3015223  ފޯނަށް ގުޅުއްވުމަށް ދަންނަވަމެވެ.


13 ޖުމާދުލްއާހިރާ 1445
26 ޑިސެމްބަރ 2023

26 ޑިސެންބަރު 2023
ހޯދާ