ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މަޤާމް:                  ޕްލޭނިންގ އޮފިސަރ

މަޤާމުގެ ނަންބަރު:            226686

މަޤާމުގެ ރޭންކް:             އެމް. އެސް. 1 (މެނެޖީރިއަލް ސަރވިސް 1)

މަޤާމުގެ ކްލެސިފިކޭޝަން:        ޓެކްނިކަލް އޮފިސަރ ގްރޭޑް 1

އޮފީސް/ އިދާރާ:            ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާ

ސެކްޝަން:               އިކޮނޮމިކް، ސޯޝަލް އެންޑް މުނިސިޕަލް ސަރވިސް

ވަޒީފާ އަދާކުރަންޖެހޭ ތަން:      ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާ

މުސާރަ:                 މަހަކު 5،610.00 ރުފިޔާ

ސަރަވިސް އެލަވަންސް:        މަހަކު 2000.00 ރުފިޔާ.

ބޭނުންވާ އަދަދު:            1 (އެކެއް)             

މަޤާމުގެ ޝަރުޠުތައް: 

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރުދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ރަށު ކައުންސިލުން ތައްޔާރުކުރަންޖެހޭ ޕްލޭންތަކާއި ޕްރޮޖެކްޓްތައް ތައްޔާރުކޮށްފައި ފޮނުވަންޖެހޭ ތަންތަނަށް ފޮނުވުން.
  2. ދިވެހިރާއްޖޭގެ ބިމާބެހޭ ޤާނޫނާ އެއްގޮތްވާގޮތުގެމަތިން އަދި ރަށުގެ ލޭންޑް ޔޫސް ޕްލޭނަށް ރިޢާޔަތްކުރެވިގެން ރަށުގެ ބިން ހެޔޮގޮތުގައި ބޭނުންކުރުމަށް ކުރަންޖެހޭ ދިރާސާތައް ކުރުމާއި، އެ ޕްލޭން ތަންފީޒުކުރުމަށް ކުރަންޖެހޭ ކަންކަން ކުރުން.
  3. ސަރުކާރާއި ރައްޔިތުންނާއި އަމިއްލަ ފަރާތްތަކުން ހިންގާ ތަރައްޤީގެ އެކިއެކި މަޝްރޫޢުތައް ހިނގާ ނުހިނގާގޮތް ބެލުމާއި، ފަންނީގޮތުން ލަފާދިނުމާއި، އެފަދަ ކަންކަން ހިނގާގޮތް މޮނިޓަރ ކުރުން.
  4. ރަށު ކައުންސިލުން އެކުލަވާލައި ފޮނުވާ ތަރައްޤީގެ ޕްލޭނަށް ރިޢާޔަތްކުރެވިގެން ސަރުކާރުން އެކަށައަޅާ މަޝްރޫޢުތަކުގެ ތެރެއިން ރަށު ކައުންސިލުން ތަނފީޒުކުރުމަށް ރަށުކައުންސިލާ ސަރުކާރުން ހަވާލުކުރާ ތަރައްޤީގެ މަޝްރޫޢުތައް ޤާނޫނުގައިވާގޮތުގެމަތިން ތަންފީޒުކުރުމުގައި ދޭންޖެހޭ އެއްބާރުލުމާއި އެހީތެރިކަން ދިނުން.
  5. ބަނދަރާއި ފެރީ ޓަރމިނަލްގެ ކަންކަން ބެލެހެއްޓުން.
  6. ރަށުގައިހުރި ތިމާވެށީގެ މައްސަލަތައް ބަލައި ސަރުކާރުގެ ކަމާބެހޭ ފަރާތްތަކަށް ފޯރުކޮށްދޭންޖެހޭ މަޢުލޫމާތު ފޯރުކޮށްދިނުން.
  7. މިނޫނަސް މުވައްޒަފު ނިސްބަތްވާ ޑިވިޜަން/ ޔުނިޓުން ކުރަންޖެހޭ ފަންނީ މަސައްކަތާއި އިދާރީ މަސައްކަތްތައް ކުރުމާއި، އެ މަސައްކަތްތަކަށް އެހީތެރިކަމާއި އެއްބާރުލުން ދިނުން.
  8. ރަށުގެ ތަރައްޤީއަށް ކުރެވޭ އެކިއެކި މަސައްކަތްތަކުގައި، ރަށުގެ ވެރިން އަންގާގޮތެއްގެމަތިން ޢަމަލީގޮތުން ބައިވެރިވުން.

މަޤާމް:                  މަސައްކަތު

މަޤާމުގެ ނަންބަރު:            228206

މަޤާމުގެ ރޭންކް:             އެސް. އެސް. 1 (ސަޕޯޓް ސަރވިސް 1)

މަޤާމުގެ ކްލެސިފިކޭޝަން:        ސަޕޯޓް ސްޓާފް ގްރޭޑް 1

އޮފީސް/ އިދާރާ:             ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާ

ސެކްޝަން:                ކޯޕަރޭޓް އެފެއާޒް

ވަޒީފާ އަދާކުރަންޖެހޭ ތަން:       ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާ

މުސާރަ:                  މަހަކު 3،100.00 ރުފިޔާ

ސަރަވިސް އެލަވަންސް:       މަހަކު 1000.00 ރުފިޔާ.

ބޭނުންވާ އަދަދު:           1 (އެކެއް)             

މަޤާމުގެ ޝަރުޠުތައް: ލިޔަން ކިޔަން ދަތުމާއެކު، މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު/ ޤާބިލްކަން ލިބިފައިވުން.

މަޤާމުގެ މަސްއޫލިއްޔަތުތަކާއި ވާޖިބުތައް:

  1. ސްޕަވައިޒަރު އަންގާ ގޮތެއްގެ މަތީން އޮފީހަށް ހާޒިރުކުރަންޖެހޭ މީހުން އޮފީހަށް ހާޒިރުވުމަށް ދެންނެވުމާއި، ރައްޔިތުންނަށް ގޮވުން.
  2. ކައުންސިލްގެ އިދާރާއާއި އިދާރާގެ ގޯތިތެރެއާއި މަގުމަތި ވިނަނޮޅައި ސާފުކޮށް ބެލެހެއްޓުން.
  3. ކައުންސިލް އިދާރާގެ ފާޚާނާތައް ސާފުކުރުމާއި، ވަޅުދިޔަހިއްކުމާއި، ދޮންނަންޖެހޭ ތަކެތި ދޮވެ އިސްތިރިކުރުން.
  4. ކައުންސިލް އިދާރާއިން އެކިއެކި ފާރާތްތަކަށް ފޮނުވަންޖެހޭ ތަކެއްޗާއި ލިޔެކިޔުންތައް ރައްކާތެރިކަމާއެކު ރައްދުކުރުން.
  5. ކައުންސިލް އިދާރާއިން އެހެނިހެން ފަރާތްތަކުގެ އިޢުލާންތަކާއި ލިޔުންތައް، ސްޕަވައިޒަރު އަންގާ ގޮތެއްގެ މަތިން ބެހެއްޓުން.
  6. ކައުންސިލް އިދާރާގެ ގޯތިތެރެއާއި ބަގީޗާ ވިނަނޮޅައި ސާފުކޮށް ބެލެހެއްޓުން.
  7. ކައުންސިލް އިދާރާގެ ގޯތިތެރޭގައި ސުޕަވައިޒަރ އަންގާގޮތެއްގެމަތިން ގަސް އިންދުމާއި ފެންދީ ބެލެހެއްޓުން.
  8. ކައުންސިލް އިދާރާއަށް ގެންނަ ތަކެތި އިދާރާއިން އަންގާ ގޮތެއްގެ މަތީން ގެނައުމުގެ އިންތިޒާމް ހަމަޖެއްސުން.
  9. ކައުންސިލްގެ ބެލުމުގައިވާ މުދަލާއި ތަކެއްޗާއި ތަންތަން ބެލެހެއްޓުމަށް ކުރަންޖެހޭ ކަންކަން ސްޕަވައިޒަރ އަންގާ ގޮތެއްގެމަތިން ކުރުން.
  10. އޮފީހުން ކުރިއަށްގެންދާ ޚާއްޞަ މަސައްކަތްތަކުގައި ބައިވެރިވުމާއި، އޮފީހުގެ މަސައްކަތުގެ ދާއިރާގެ ތެރެއިން ހަވާލުކުރެވޭ އެހެނިހެން ކަންތައްތައް ކުރުން.

ވަޒީފާއަށް އެންމެ ޤާބިލް ފަރާތެއް ހޮވުމަށް ބެލޭނެ ކަންތައްތައް:

  1. ތަޢުލީމާއި ތަމްރީން
  2. މަސައްކަތުގެ ތަޖުރިބާ
  3. މަސައްކަތުގެ ހުނަރާއި، ފެންވަރާއި، ޤާބިލުކަމާއި، ސިފަތައް
  4. ގިނަވަގުތު މަސައްކަތުގައި އުޅެވޭ ފަރާތަކަށްވުން

އިންޓަވިއުއާއި ޕްރެކްޓިކަލްސް އޮންނާނެ ތަނާއި މުއްދަތު:

މި މަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ، ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލުގެ އިދާރާގައެވެ. އިންޓަރވިއުއަށް ހާޒިރުވާންޖެހޭ ގަޑިއަކީ، 2015 އެޕްރީލް 7 ވާ ހޯމަދުވަހުގެ 10:00 އެވެ.

މަޤާމަށް އެދެންވީގޮތާއި ސުންގަޑި:

2015 އެޕްރީލް 1 ވާ އަންގާރަ ދުވަހުގެ 15:00 ގެ ކުރިން، ތިލަދުންމަތީ ދެކުނުބުރީ އަތޮޅު ކައުންސިލްގެ އިދާރާއަށް ނުވަތަ ތިލަދުންމަތީ ދެކުނުބުރީ ހިރިމަރަދޫ ކައުންސިލްގެ އިދާރާއަށެވެ.

އުޖޫރައާއި ޢިނާޔަތްތައް:  

  1. ދިވެހި ސިވިލް ސަރވިސްގެ މުއައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ބޭސްފަރުވާގެ ކަންތައްތައް ހަމަޖައްސައިދެވޭނެއެވެ.
  2. ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން އިތުރުގަޑީގެ ފައިސާއާއި ބަންދު ދުވަސްތަކުގައި މަސައްކަތް ކުރަން ޖެހިއްޖެނަމަ، ބަންދު ދުވަސްތަކުގެ ފައިސާ ދެވޭނެއެވެ.
  3. މީގެ އިތުރުންވެސް، ދިވެހި ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުސޫލުން ދެވޭ އެހެނިހެން ޢިނާޔަތްތައް ދެވޭނެއެވެ.

ހުށަހަޅަންޖެހޭ ލިޔުންތައް:

  1. ފުރިހަމަކޮށްފައިވާ ދިވެހި ސިވިލް ސަރވިސް ވަޒީފާއަށް އެދޭ ފޯމް (މި ފޯމު، މި ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mvން) ޑައުންލޯޑް ކުރެވޭނެއެވެ.)
  2. ފުރިހަމަކޮށްފައިވާ ސިވިލް ސަރވިސްގެ ވަޒީފާއަށް އެދި ހުށަހަޅާ ލިޔުންތައް ލިބުނުކަން ކަށަވަރުކުރާ ފޯމް (މި ފޯމު، މި ކައުންސިލްގެ އިދާރާގެ ކައުންޓަރުން ލިބެންހުންނާނެއެވެ. އަދި ސިވިލް ސަރވިސް ކޮމިޝަނުގެ ވެބްސައިޓުން (www.csc.gov.mvން) ޑައުންލޯޑް ކުރެވޭނެއެވެ.)
  3. ސިވިލް ސަރވިސްއަށް / ސަރުކާރަށް ޚިދުމަތްކުރުމުގެ އެއްބަސްވުމެއް އޮތް މުވައްޒަފުން ކުރިމަތިލާ މަޤާމަށް ހޮވިއްޖެނަމަ، އަދާކުރަމުންދާ ވަޒީފާއިން ވީއްލުމާމެދު އިޢުތިރާޒެއް ނެތްކަމަށް، އެ މުވައްޒަފަކު ވަޒީފާ އަދާކުރާ އޮފީހުގެ ލިޔުމެއް.
  4. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީން ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ)
  5. ވަޒީފާއަށް އެދޭ ފަރާތުގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނަ، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް. 
  6. ވަޒީފާއަށް އެދޭ ފަރާތުގެ ވަނަވަރު (ސީވީ)

އިތުރު މަޢުލޫމާތު:

މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ، މި އިދާރާގެ 6520047 ނަންބަރު ފޯނާއެވެ. ފެކްސް ނަންބަރަކީ 6520047 އެވެ. އީމެއިލްކުރާނީ [email protected]  ނުވަތަ [email protected] އަށެވެ.

3 ޖުމާދަލްއާޚިރާ 1436

23 މާރިޗު 2015
ހޯދާ