ކުއްލިއްޔަތުއްދިރާސާތިލްއިސްލާމިއްޔާ
ދިވެހިރާއްޖެ
އެސިސްޓެންޓް ލެކްޗަރަރ

އިޢުލާން

ވަޒީފާގެ ފުރުޞަތު:

މިދަންނަވާ ދާއިރާތަކުން ކޮންޓްރެކްޓް އުސޫލުން 2015 ވަނައަހަރު ކުއްލިއްޔާގައި ކިޔަވައިދެއްވާނެ އެސިސްޓެންޓް ލެކްޗަރަރއިން ބޭނުންވެއްޖެއެވެ.

މަޤާމު

އެސިސްޓެންޓް ލެކްޗަރަރ

ބޭނުންވާ އަދަދު

3 (ތިނެއް)

މުސާރަ

  1. 50 މިނިޓުގެ ގަޑިއަކަށް:  -/200 ރުފިޔާ
  2. އެސައިންމެންޓް: މާކުކުރާ އެސައިންމެންޓަކަށް -/15 ރުފިޔާގެ @
  3. ޕޭޕަރ މާރކިންގ: މާކުކުރާ ޕޭޕަރަކަށް -/15 ރުފިޔާގެ @

މަޤާމު އޮތް އޮފީސް

ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާ

މަސައްކަތް ހަމަޖެހިފައިވާ ތަން

ކުއްލިއްޔަތުއްދިރާސާތިލް އިސްލާމިއްޔާ/ މާލެ

ސެކްޝަން/ ޔުނިޓް

ފެކަލްޓީ އޮފް އިސްލާމިކް ސްޓަޑީޒް އެންޑް ހިއުމަން ސައިންސަސް

މަޤާމުގެ މަސްއޫލިއްޔަތާއި ވާޖިބުތައް

1- ކަނޑައެޅިފައިވާ ގޮތުގެމަތިން އެކި ފެންވަރުގެ ކޯސްތަކުގައި ކިޔަވައިދިނުން.

2- ކިޔަވައިދޭ މާއްދާތަކުގެ އިމްތިޙާން ކަރުދާސްތައް ތައްޔާރުކުރުމާއި އެސެސްކުރުން.

3- ކިޔަވައިދޭ ދަރިވަރުންނަށް ބޭނުންވާ ކިޔަވައިދިނުމުގެ ތަކެތި ތައްޔާރުކުރުން.

4- ޓިއުޓޯރިއަލާއި، ޢަމަލީ ކްލާސްތަކާއި، ޑެމޮންސްޓްރޭޝަންތަކާއި، ވަރކްޝޮޕްތަކާއި، ދަރިވަރުންގެ ފީލްޑް ވިޒިޓްތަކާއި، ކްލިނިކަލް  ސެޝަންތައް ހިންގުން.

5- ކިޔަވައިދޭ މާއްދާތަކާ ބެހޭގޮތުން ދަރިވަރުންނާއެކު މަޝްވަރާތައް ބޭއްވުން.

6- ދަރިވަރުންގެ އަޚްލާޤާއި އުޅުން ރަނގަޅުކުރުމަށް މަސައްކަތްކުރުމާއި، ނަފްސާނީ ދުޅަހެޔޮކަމަށާއި، ޖިސްމާނީ  ދުޅަހެޔޮކަމަށް އަޅައިލުން.

7- ކުއްލިއްޔާގެ ދަރިވަރުންނާ ގުޅޭ ކޯކަރިއުލަރއާއި އެކްސްޓްރާ ކަރިކިއުލަރ އެކްޓިވިޓީސްތައް ރާވައި ހިންގުމުގައި ކުއްލިއްޔާއަށް އެހީތެރިވުން.

މަޤާމުގެ ޝަރުޠުތައް

1- މަޤާމުގެ މަސައްކަތްކުރުމުގެ ހުނަރު / ޤާބިލްކަން ސާބިތުކޮށްދިނުމާއެކު، ކިޔަވައިދޭ މާއްދާ ނުވަތަ މާއްދާތަކުގައި ކިޔަވައިދޭ ބައިތަކާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 7 ގެ ސަނަދެއް ނުވަތަ ލެވެލް 8 ގެ ސަނަދެއް ހާސިލުކޮށްފައިވުން. ނުވަތަ؛

2- ކިޔަވައިދޭ މާއްދާ ނުވަތަ މާއްދާތަކުގައި ކިޔަވައިދޭ ބައިތަކާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ނުވަތަ ލެވެލް 6 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، ތަމްރީން ދިނުމުގެ ދާއިރާއެއްގެ ވަޒީފާގައި 3 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ  ލިބިފައިވުން. ނުވަތަ؛

3- ކިޔަވައިދޭ މާއްދާ ނުވަތަ މާއްދާތަކުގައި ކިޔަވައިދޭ ބައިތަކާގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު،  ތަމްރީން ދިނުމުގެ ދާއިރާއެއްގެ ވަޒީފާގައި 6 އަހަރު ދުވަހުގެ މަސައްކަތު ތަޖުރިބާ  ލިބިފައިވުން.

ބޭނުންވާ ދާއިރާއާއި، ބޭނުންވާ އަދަދު

މާއްދާ

ބޭނުންވާ އަދަދު

1- Introduction to History and philosophy of Early Childhood Education

2- Introduction to Childcare, Health and Nutrition

3- Introduction to Child Development

1

1

1

އެންމެ ޤާބިލު ފަރާތެއް ހޮވުމަށް ބެލެވޭނެ ކަންތައްތައް

- މަތީގައި ދެންނެވުނު ޝަރްޠުތަކުގެ އިތުރުން، ކިޔަވައިދިނުމުގެ ތަޖުރިބާ ހުރުން.

- ތަޢުލީމާއި ތަމްރީނު، މަސައްކަތުގެ ތަޖުރިބާ، ކޮމްޕިޔުޓަރަށް އަހުލުވެރިވެފައިވާ މިންވަރު.    

ހުށަހަޅަންޖެހޭ ތަކެތި

 

1. ފުރިހަމަކޮށްފައިވާ ރިސޯސް ލެކްޗަރަރުން ފުރިހަމަކުރަންޖެހޭ ފޯމް ( މި ފޯމު، ކުއްލިއްޔާގެ އިދާރާއިން ލިބިވަޑައިގަންނަވާނެއެވެ.)

2. ވަޒީފާއަށް އެދޭ ފަރާތަށް ލިބިފައިވާ ތަޢުލީމާއި ތަމްރީނު ދެނެގަތުމަށް ބޭނުންވާ ލިޔުންތައް (އެކްރެޑިޓްކޮށްފައިވާ ކޮޕީ)

3. މަސައްކަތުގެ ތަޖުރިބާ ދެނެގަތުމަށް، މަސައްކަތްކޮށްފައިވާ އިދާރާއަކުން ދޫކޮށްފައިވާ ލިޔުންތަކުގެ ކޮޕީ.

3- ކާކުކަން އަންގައިދޭ ކާޑުގެ ދެފުށް ފެންނާނޭ، ލިޔުންތައް ކިޔަން އެނގޭފަދަ ކޮޕީއެއް.

4-ވަނަވަރު (ސީވީ)

ވަޒީފާއަށް އެދޭ ފޯމް ފޮނުވަންވީ  ތާރީޚު

2015 އެޕްރީލް 7 ވާ އަންގާރަ ދުވަހުގެ 14:00 ގެ ކުރިން، ކުއްލިއްޔާގެ އިދާރާއަށް (މުއްދަތު ހަމަވުމުންވެސް މަޤާމުތަކަށް މީހުން ހަމަނުވާނަމަ، ފޯމް ބަލައިގަނެވޭނެއެވެ.)

އިތުރު މަޢުލޫމާތު

ސާފުކުރެއްވުމަށް ކުއްލިއްޔާގެ ނަންބަރު 3321295 އަށް ގުޅުއްވުން އެދެމެވެ.

04 ޖުމާދަލްއާޚިރާ 1436

24 މާރިޗު 2015
ހޯދާ