ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް
ދިވެހިރާއްޖެ
ޕަރސަނަލް އެސިސްޓަންޓް (ގްރޭޑް 1)

މަޤާމް: ޕަރސަނަލް އެސިސްޓަންޓް (ގްރޭޑް 1)

ބޭނުންވާ ޢަދަދު: 01 (އެކެއް)

މުސާރަ: -/6,185 ރުފިޔާ

ލިވިންގ އެލަވަންސް: -/3,000 ރުފިޔާ

ރިސްކް އެލަވަންސް: -/1,000 ރުފިޔާ

މަސައްކަތް ކުރަންޖެހޭ ތަން: މާލެ

މަޤާމުގެ މައިގަނޑު މަސްއޫލިއްޔަތު:  

1-ޕީޖީ ބިއުރޯގެ އެނުއަލް ބަޖެޓް ތައްޔާރުކުރުން.

2- އަހަރީ ރިޕޯޓަށް ބިއުރޯއިން ބޭނުންވާ މަޢުލޫމާތު ފޯރުކޮށްދިނުން.

3- ޕްރޮސިކިއުޓަރ ޖެނެރަލް ދެއްވާ އެޕޮއިންޓްމަންޓްތަކާއި އަދި ދަތުރުތަކުގެ ޚަބަރުތައް ޕްރޮސިކިއުޓަރ ޖެނެރަލްގެ އިރުޝާދުގެ ދަށުން އޮފީހުގެ ވެބްސައިޓަށްލުމަށް ކުރަންޖެހޭ މަސައްކަތްތައް އައިސީޓީ ސެކްޝަނާއި ގުޅިގެން ކުރުން.

4- ޕީޖީ ބިއުރޯއަށް އަންނަ ސިޓީތަކާއި އީ-މެއިލްތަކަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އިރުޝާދުގެ ދަށުން ޖަވާބުދިނުން.

5- ޕްރޮސިކިއުޓަރ ޖެނެރަލްގެ އެޕޮއިންޓްމަންޓްތަކާއި އެހެނިހެން ބައްދަލްވުންތަކާއި ޕްރޮސިކިއުޓަރ ޖެނެރަލަށް އަންނަ ދަޢުވަތުތަކުގެ ހުރިހާ ކަންކަން ބެލެހެއްޓުން.

6- ޕީޖީ ބިއުރޯގެ ލިޔެކިޔުންތައް ފައިލްކޮށް ބެލެހެއްޓުން.

7- ޕީޖީ ބިއުރޯއަށް އަންނަ ލިޔެކިޔުންތަކުގެ އެންޓްރީ ބެލެހެއްޓުން.

8- ޕްރޮސިކިއުޓަރ ޖެނެރަލް އޮފީހުގެ އިސްމުވައްޒަފުންނާއި ޙަވާލުކުރައްވާ މުހިއްމު މަސައްކަތްތައް ކުރިއަށް ދާމިންވަރު ބަލާ، ޙަވާލުކުރެވިފައިވާ މަސައްކަތްތަކުގެ ލިސްޓެއް މެއިންޓެއިންކޮށް ދުވަހުން ދުވަހަށް އަޕްޑޭޓްކުރުން.

9- ޕީޖީ ބިއުރޯގެ އެހެނިހެން މަސައްކަތާ ގުޅިގެން ކުރަންޖެހޭ އެންމެހައި މަސައްކަތްތަކުގައި އެހީތެރިވެދިނުން.

10- މީގެ އިތުރުންވެސް އޮފީހުގެ މަސައްކަތާއި ގުޅިގެން ޙަވާލުކުރާ އެހެނިހެން މަސައްކަތްކުރުން.

ފެންވަރު ނުވަތަ ޝަރުޠު: ޖީ.ސީ.އީ. އޭ ލެވެލް ނުވަތަ އެފެންވަރުގެ އިމްތިޙާނަކުން 3 މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުމާއެކު، އެސް.އެސް.ސީ އިމްތިޙާނުން "ދިވެހި" މި މާއްދާއިން ދަށްވެގެން "ސީ" ގްރޭޑް ލިބިފައިވުން.

އިތުރު އެލަވަންސް: މި މަޤާމަށް ލީގަލް ސަޕޯޓް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ 35 އިންސައްތަ އާއި، ޙާޟިރީ އެލަވަންސްގެ ގޮތުގައި އޮފީހަށް ޙާޟިރުވާ ކޮންމެ ދުވަހަކަށް -/120 ރުފިޔާގެ ރޭޓުން އެލަވަންސް ލިބޭނެއެވެ. އަދި އިތުރުގަޑީގައި މަސައްކަތްކުރައްވާނަމަ ހަމަޖެހިފައިވާ އުޞޫލުން އިތުރުގަޑީގެ ފައިސާ  ލިބޭނެއެވެ.

ވީމާ، މި މަޤާމަށް އެދިވަޑައިގަންނަވާ ފަރާތްތަކުން 4 ޖަނަވަރީ 2024 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން ތިރީގައިވާ ލިންކް މެދުވެރިކޮށް ހުށަހެޅުއްވުން އެދެމެވެ. އިތުރު މަޢުލޫމާތު ސާފުކުރެއްވުމަށް މިއޮފީހުގެ ނަންބަރު: 3003289 ފޯނާ ގުޅުއްވުން އެދެމެވެ.

ލިންކް: https://online.pgo.mv/applications/jobs

ނޯޓް:

1- މަޢުލޫމާތު ފުރިހަމަނުވާ ފޯމްތަކާއި މަޤާމުގެ ޝަރުޠު ފުރިހަމަނުވާ ފޯމުތައް ބަލައިނުގަނެވޭނެ ވާހަކަ ދެންނެވީމެވެ.

2- މި މިމަޤާމަށް މީހަކު ހޮވުމަށް ބޭއްވޭ އިންޓަވިއު އޮންނާނީ 5 ޖަނަވަރީ 2023 – 4 ފެބުރުވަރީ 2024 އާ ދެމެދު މާލޭގައެވެ.

ފޯމާއެކު ހުށަހަޅަންޖެހޭ ތަކެތި:

1- ތަޢްލީމީ ސެޓްފިކެޓްތަކުގެ ކޮޕީ ޓްރާންސްކްރިޕްޓާއެކު (ރާއްޖެއިން ބޭރުގެ ޔުނިވަރސިޓީއަކުންނަމަ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއިން އެކްރެޑިޓް ކުރެވިފައިވާ ކޮޕީ) ނުވަތަ: ސެޓްފިކެޓު ނެތް ހާލަތްތަކުގައި، ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި، މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީން ދޫކޮށްފައިވާ އެމް.ކިއު.އޭ އެސެސްމެންޓް ރިޕޯރޓްގެ ކޮޕީ އަދި ޓްރާންސްކްރިޕްޓްގެ ކޮޕީ

2- މަތީ ތައުލީމުދޭ ރާއްޖޭގެ މަރުކަޒަކުން ދޫކޮށްފައިވާ ތައުލީމީ ސެޓުފިކެޓުތަކުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ؛ ނުވަތަ ކޯސް ފުރިހަމަކުރިކަމުގެ ލިޔުމުގެ ކޮޕީއާއި ޓްރާންސްކްރިޕްޓްގެ ކޮޕީ.

3- ވަނަވަރު

4- ދރއ. ކާޑުގެ ކޮޕީ

5- ލިބިފައިވާ މަސައްކަތު ތަޖުރިބާ ދަލީލުކޮށްދޭ ލިއުން

 

12 ޖުމާދަލްއާޚިރާ 1445

 

25 ޑިސެންބަރު 2023
ހޯދާ