ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒެމިނޭޝަން
ދިވެހިރާއްޖެ
ވަޒީފާގެ ފުރުޞަތު

އިޢުލާން

މި ޑިޕާޓްމަންޓުގެ، ތިރީގައިމިވާ މަޤާމްތަކަށް މުވައްޒަފުން ބޭނުންވެއްޖެއެވެ.

މަޤާމް

ޑޭޓާ ޕްރޮސެސިންގ އޮފިސަރ

ބޭނުންވާ އަދަދު:   1

މަޤާމުގެ ކްލެސިފިކޭޝަން: ޓެކްނިކަލް އޮފިސަރ ގްރޭޑް 1

ރޭންކް: އެމް. އެސް. 1

ސެކްޝަން: ފްރަންޓް އޮފީސް

މުސާރަ

-/5610 ރުފިޔާ

ސަރވިސް އެލަވަންސް

-/2000 ރުފިޔާ

އަސާސީ ޝަރުޠު

  1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛
  2. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 5 ގެ ސަނަދެއް ހާސިލްކޮށްފައިވުން. ނުވަތަ؛
  3. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 4 ގެ ސަނަދެއް ހާސިލްކޮށްފައިވުމާއެކު، ގުޅުންހުރި އެހެން ދާއިރާއަކުން ލެވެލް 4 ގެ ސަނަދެއް ނުވަތަ އެއަށްވުރެ މަތީ ސަނަދެއް ހާސިލުކޮށްފައިވުން.

މަޤާމުގެ މަސްއޫލިއްޔަތު

  •  މި ޑިޕާޓްމަންޓުން ބާއްވާ އިމްތިޙާނުތައް ހިންގުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމާއި، މި ޑިޕާޓްމަންޓުން ހިންގައި ބަލަހައްޓާ އިމްތިޙާނުތަކުގެ ތަފާސްހިސާބު އެއްކޮށް ބެލެހެއްޓުމާއި، މި ޑިޕާޓްމަންޓުގެ މަޢުލޫމާތު ވިޔުގަ (އިންފޮމޭޝަން ނެޓްވަރކް) ފަރުމާކޮށް ބެލެހެއްޓުމާއި، މަސައްކަތަށް ބޭނުންވާ ކޮމްޕިޔުޓަރ ސިސްޓަމްތައް ބެލެހެއްޓުން.

މަޤާމް

އެސިސްޓެންޓް އެގްޒަމިނޭޝަން އޮފިސަރ

ބޭނުންވާ އަދަދު

1

މަޤާމުގެ ކްލެސިފިކޭޝަން

އޮފިސަރ ގްރޭޑް 1

ރޭންކް

ޖީ. އެސް. 3

މުސާރަ

-/4465 ރުފިޔާ

ސަރވިސް އެލަވަންސް

-/1500 ރުފިޔާ

އަސާސީ ޝަރުޠު

1. މަޤާމުގެ މަސައްކަތާ ގުޅޭ ދާއިރާއަކުން ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑުގެ ލެވެލް 3 ގެ ސަނަދެއް ހާސިލުކޮށްފައިވުމާއެކު، މަޤާމުގެ މަސައްކަތުގެ ދާއިރާއެއްގައި 2 އަހަރު ދުވަހުގެ މަސައްކަތުގެ ތަޖުރިބާ ލިބިފައިވުން. ނުވަތަ؛

2. ސާނަވީ އިމްތިޙާނަކުން 2 މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، އޭގެ އިތުރުން، ސެކަންޑްރީ ސްކޫލް ސެޓެފިކެޓް އިމްތިޙާނުގައި 'ދިވެހި' މި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން.      

މަޤާމުގެ މަސްއޫލިއްޔަތު

- މި ޑިޕާޓްމަންޓުން އިންތިޒާމުކޮށް ހިންގާ އެސް.އެސް.ސީ އިމްތިޙާނާއި އެޗް.އެސް.ސީ އިމްތިޙާނު ބޭއްވުމަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ ކަންކަން ކުރުން.

- އިމްތިޙާނު ކަރުދާސްތައް ޗާޕްކުރުމުގެ މަސައްކަތުގައި އެހީތެރިވެދިނުން.

- ސުވާލު ކަރުދާސްތައް ކޮލޭޓްކުރުމާއި، ހީރަސްޖެހުމާއި، ބަންދުކުރުމުގައި އެހީތެރިވެދިނުން.

- ޖަވާބު ކަރުދާސްތަކުގައި ކޯޑުޖެހުމާއި، މާކުކުރުމަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ ކަންކަން ކުރުން.

- ރީޗެކް ކުރުމަށް ކުރާ އިދާރީ މަސައްކަތް ކުރުން.

- މިޑިޕާޓްމަންޓުން އިންތިޒާމުކޮށް ހިންގާ ޢާންމު އިމްތިޙާނު ބޭއްވުމަށްޓަކައި އިދާރީގޮތުން ކުރަންޖެހޭ ކަންކަން ކުރުން.

އުޖޫރައާއި ޢިނާޔަތްތައް

  • އިތުރުގަޑީގެ ފައިސާ: ސިވިލް ސަރވިސްގެ މުވައްޒަފުންނަށް ހަމަޖެހިފައިވާ އުޞޫލުން ހަމަޖެހޭނެއެވެ.
  • މަޤާމުގެ މަސައްކަތާ ގުޅިގެން ކަނޑައެޅިފައިވާ އެހެނިހެން އެލަވަންސްތައް ދެވޭނެއެވެ.

ވަޒީފާއަށް އެންމެ ޤާބިލް މީހެއް ހޮވުމަށް ބަލާނޭ ކަންތައް

ހ. ލިބިފައިވާ ތަޖުރިބާ

ށ. ޤާބިލްކަން ކަށަވަރުކުރުން

ނ. އިންޓަރވިއުކޮށްގެން

އިންޓަރވިއު ކުރުން

މި މަޤާމްތަކަށް މީހުން ހޮވުމަށް އިންޓަވިއު ކުރާނެ ތާރީޚާއި ތަން، އިޢުލާނުގެ މުއްދަތު ހަމަވާތާ، މަސައްކަތު 10 ދުވަހުގެ ތެރޭގައި އެންގޭނެއެވެ.

 

 


ހުށަހަޅަންޖެހޭ ލިޔުންތައް

 

ހ- ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމް (އެޕްލިކޭޝަން ފޯމު، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސްގެ ކައުންޓަރުން ލިބެން ހުންނާނެއެވެ. އަދި މި ޑިޕާޓްމަންޓުގެ ވެބްސައިޓުން (www.dpe.edu.mv ން) ޑައުންލޯޑް ކުރެވެން ހުންނާނެއެވެ.)

ށ- ތައުލީމީ ސެޓްފިކެޓްތަކުގެ ކޮޕީ (އެކްރެޑިޓްކޮށްފައިވާ ކޮޕީ)

ނ- ސަރުކާރުގެ ނުވަތަ ސިވިލް ސަރވިސްއަށް ޚިދުމަތްކުރުމަށް ބޮންޑެއްގައި ހުރި މުވައްޒަފެއްނަމަ މި ވަޒީފާއަށް ބަދަލުވުމުގެ އިޢުތިރާޒެއް ނެތްކަމުގެ ލިޔުން.

ރ- ވަޒީފާއެއް އަދާކުރާނަމަ ނުވަތަ ވަޒީފާއެއް އަދާކޮށްފައިވާނަމަ، އެ ވަޒީފާގެ މަސްއޫލިއްޔަތާއި، މަސައްކަތުގެ ތަޖުރިބާ އެނގޭ ލިޔުމެއް

ބ- ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ދެފުށުގެ ލިޔުންތައް ފެންނާނޭހެން، ލިޔެފައިވާ ލިޔުންތައް ކިޔަން އެނގޭގޮތަށް ސާފުކޮށް ނަގާފައިވާ ކޮޕީއެއް.

ޅ- ވަޒީފާއަށް ކުރިމަތިލާ ފަރާތުގެ ވަނަވަރު / ސީ.ވީ (ގުޅޭނެ ފޯނު ނަންބަރާއި އީމެއިލް އެޑްރެހާއެކު)

ނޯޓް:  ހުށަހަޅަންޖެހޭ ލިޔުންތައް ފުރިހަމަނުކޮށް ހުށަހަޅާ އެޕްލިކޭޝަންތައް ބާޠިލުކުރެވޭނެއެވެ.

ތަކެތި  ހުށަހަޅަންޖެހޭ އޮފީސް

- މި މަޤާމުތަކަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ، ޑިޕާޓްމަންޓް އޮފް ޕަބްލިކް އެގްޒޭމިނޭޝަންސް / ފިލާ ބިލްޑިންގ 2 ގެ (ބޮޑުތަކުރުފާނު މަގު) 2 ވަނަ ފަންގިފިލާގެ ކައުންޓަރަށް.

- ތަކެތި ހުށަހެޅުމުގެ ސުންގަޑިއަކީ، 2015 މާރިޗު 31 ވާ އަންގާރަ ދުވަހުގެ 14:30 ގެ ކުރިއެވެ.

ނޯޓް

 މި ޢިއުލާނުގައި ބަޔާންކޮށްފައިވާ މަޤާމްތަކަށް ކުރިމަތިލާ (ޝަރުޠުހަމަވާ) މީހުންގެ ތެރެއިން މަޤާމްތަކަށް މީހުން ކަނޑައެޅުމުގައި ތިރީގައި ބަޔާންކުރާ މަރުޙަލާތަކަށް ރިޢާޔަތް ކުރެވޭނެއެވެ.

ހ. މަޤާމުތަކަށް އެދޭ މީހުންގެ ތެރެއިން އެންމެ ގިނައިން ޕޮއިންޓް ލިބޭ 5 މީހުން ޝޯޓްލިސްޓް ކުރުން.

ށ. ޝޯޓްލިސްޓްކުރާ މީހުންނާ އިންޓަވިއުކުރުން.

އިތުރު މަޢުލޫމާތު

* މި އިޢުލާނާ ގުޅިގެން މަޢުލޫމާތު ސާފުކުރުމަށް ގުޅާނީ މި ޑިޕާޓްމަންޓުގެ 3009339 ނަންބަރު ފޯނާއެވެ.

27 ޖުމާދަލްއޫލާ 1436

18 މާރިޗު 2015
ހޯދާ