ނިލަންދެއަތޮޅު ދެކުނުބުރީ ހުޅުދެލީ ކައުންސިލްގެ އިދާރާ
ދިވެހިރާއްޖެ
އަލަށް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ މިސްކިތް ސަރަޙައްދުގައި ހުރި ރުއްގަހުގެ ބަދަލުހަމަޖެއްސުމާބެހޭ

މިރަށުގައި އަލަށް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވާ މިސްކިތުގެ ބިމުގައި، ރަތް / ފިޔާތޮށި ކުލައިން (X) ޖަހާފައި ހުރި ރުއްގަސް ތަކުގެ ވެރިފަރާތުން 31 ޑިސެމްބަރ 2023 ގެ ނިޔަލަށް އެ ރުއްގަސްތަކުގެ ބަދަލުކަންތައް ހަމަޖެއްސުމަށް ދަންނަވަމެވެ. މި މުއްދަތުގައި ބަދަލުގެ ކަންތައް ހަމަނުޖައްސާ ހުރި ރުއްގަސް ތަކަކީ ރ.މ ތަކެތި ކަމުގައި ބަލައި، ކަނޑައެޅިފައިވާ އުސޫލުން އެތަކެތި ނައްތާލެވޭނެ ވާހަކަ ރައްޔިތުންގެ މައުލޫމާތަށްޓަކައި ދަންނަވަމެވެ. މިސަރަޙައްދުގައި ހުރި ރުއްގަސްތަކުގެ ތެރެއިން މިކައުންސިލްގައި ރަޖިސްޓްރީކޮށްފައިވާ ރުއްގަހަށް ސަރުކާރުން ހަމަޖައްސަވާފައިވާ އަގުން ވެރިފަރާތާއި ފައިސާ ޙަވާލުކުރެވޭނެއެވެ. ނަމަވެސް މިކައުންސިލުގައި  ރަޖިސްޓްރީ ނުކުރާ އެއްވެސް ރުއްގަހަކަށް، ބަދަލު ދެވެން ނޯންނާނެ ވާހަކަ ވެސް ދަންނަވަމެވެ.  

ވީމާ،މިކަން އާއްމުކޮށް އަންގާ އިޢުލާން ކުރީމެވެ.  

24 ޑިސެންބަރު 2023
ހޯދާ