މުލަކު ސްކޫލް
ދިވެހިރާއްޖެ
މުލަކު ސްކޫލުގެ ކުނި އުކާލަދޭނެ ފަރާތެއް ހޯދުމާއި ބެހޭ

`

 

މުލަކު ސްކޫލް

މ.މުލައް،

ދިވެހިރާއްޖެ.                                      އިޢުލާން ނަންބަރު:GS166/IUL/2023/34

އިޢުލާން

 

2024 ވަނަ އަހަރަށް ސްކޫލުގެ ކުނި އުކާލަދޭނެ ފަރާތެއް ހޯދުން

                  2024 ވަނަ އަހަރު މި ސްކޫލުގެ ކުނި އުކާލަދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިޢުލާން ނަންބަރު (GS166/IUL/2023/34) އަށް އެއްވެސް ފަރާތަކުން ކުރިމަތި ލާފައި ނުވާތީވެ، އެ އިޢުލާނު ބާޠިލްކޮށް އަލުން ބީލަން ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުތުހަމަވާ ހުރިހާ ފަރާތްތަކަށް ހުޅުވާލަމެވެ. މިމަސައްކަތަށް ކުރިމަތިލާ ފަރާތްތަކުގައި ހުންނަންޖެހޭ ޝަރުތުތައް ބީލަންފޮތުގައި ބަޔާންކުރެވިފައިވާނެއެވެ. މި ބީލަން ހުޅުވާލެވިފައިވަނީ، ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރ: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރ: 19/2021) ގެ ދަށުން ރަޖިސްޓްރީ ކުރެވިފައިވާ ފަރާތްތަކަށެވެ.

      ވީމާ، މި މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވެލައްވާ ފަރާތްތަކުން 28 ޑިސެމްބަރ 2023 ވާ ބުރާސްފަތި ދުވަހުގެ 13:00 ގެ ކުރިން ރަޖިސްޓްރީ ކުރެއްވުން އެދެމެވެ. ރަޖިސްޓްރީ ކުރެއްވުމަށް ބޭނުންވާ ފަރާތުގެ/ކުންފުނި ނަން، ގުޅޭނެ ފަރާތުގެ ނަމާއި ގުޅޭނެ ނަންބަރު ހިމަނުއްވައި މިސްކޫލުގެ މެއިލް ނުވަތަ ނަންބަރަށް ގުޅުއްވައިގެން ނުވަތަ އޮފީސް ރަސްމީ ގަޑީގައި ސްކޫލަށް ވަޑައިގެންވެސް ރަޖިސްޓްރީ ކުރެވޭނެއެވެ. އަދި މީގެ އިތުރުން https://forms.gle/D17rffmWfWEvVWuh9 މިލިންކް މެދުވެރިކޮށްވެސްރަޖިސްޓްރީ ކުރެވޭނެއެވެ.

 އަންދާސީ ހިސާބު ހުށަހެޅޭނީ މިމުއްދަތުގައި ރަޖިސްޓްރީ ކުރާ ފަރާތްތަކަށެވެ. އަދި ތިރީގައިވާ ތާރީޚަށް މި ސްކޫލުގެ އޮފީހަށް ދުރުވެ އަންދާސީހިސާބު ހުށަހެޅުއްވުން އެދެމެވެ. އަންދާސީހިސާބު އޮންނަންވާނީ ސިޓީއުރައެއްގައި ބަންދުކުރެވިފައެވެ. އަންދާސީހިސާބު ބަލައިގަތުމާއި ކެނޑުން އޮންނާނީ ކަނޑައެޅިފައިވާ ތާރީޚުގައި އަންދާސީހިސާބު ހުށަހަޅުއްވާ ފަރާތްތަކުގެ ހާޒިރުގައެވެ. އަދި މީގެއިތުރުންމި ބީލަމާއި ގުޅިގެން އެއްވެސް ސުވާލެއްވާނަމަ 31 ޑިސެމްބަރ 2023 ވަނަ ދުވަހުގެ 14:00 ކުރިން މިސްކޫލަށް ގުޅުއްވުން އެދެމެވެ.

ނަންނޯޓް ކުރުމާއި، އަންދާސީހިސާބު ހުށަހެޅުން

މުލަކު ސްކޫލް އޮފީސް

ރަޖިސްޓްރީކުރުން

25 ޑިސެމްބަރ 2023 ން 28 ޑިސެމްބަރ 2023 ށް (13:00)

އަންދާސީހިސާބު ހުށަހެޅުމާއި، އަންދާސީހިސާބު ކެނޑުން

31 ޑިސެމްބަރ 2023 ވާ އާދިއްތަ ދުވަހުގެ 14:00 ގައި

މުލަކު ސްކޫލް

ޗާންދަނީމަގު، މ. މުލައް، ދިވެހިރާއްޖެ.

ފޯން:  7952903  ,  7988183      އީ-މެއިލް: [email protected]

12 ޖުމާދުލްއާޙިރް 1445ޙ.

                         25 ޑިސެމްބަރ 2023މ

25 ޑިސެންބަރު 2023
ހޯދާ